Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއިލް ހަނގުރާމަ

އިސްރާއިލް ޓޭންކްތަކުން ޣައްޒާގެ އުތުރުގައި ހުރި ހަމައެކަނި ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި

އެހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ ތެރޭގައި ސީރިއަސް ހާލަތުގައި ތިބި 250ށް ވުރެ ގިނަ ބަލިމީހުން އެބަ ތިބި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ނޮވެމްބަރު 2023 | ހޯމަ 12:15
އިސްރާއިލް އަސްކަރިއްޔާގެ ޓޭންކްތައް ވަނީ ޣައްޒާގެ ދެކެނުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ވަށާލައިފަ

އިސްރާއިލް އަސްކަރިއްޔާގެ ޓޭންކްތައް ވަނީ ޣައްޒާގެ ދެކެނުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ވަށާލައިފަ

މިހާރު ޣައްޒާގެ އުތުރުގައި ހުރި ހަމައެކަނި ހޮސްޕިޓަލަށް އިސްރާއިލް އަސްކަރިއްޔާއިން ހަމަލާދޭން ފަށައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން، އިސްރާއިލް އަސްކަރިއްޔާގެ ޓޭންކްތައް ވަނީ ޣައްޒާގެ ދެކެނުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ވަށާލައިފައެވެ. އިސްރާއިލްގެ ޓޭންކުތައް އެހޮސްޕިޓަލް ވަށާލާފައި ވަނީ ވައިގެ މަގުންވެސް ހޮސްޕިޓަލަށް ހަމަލާތަކެއް ދިނުމަށްފަހު ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިހަމަލާތަކުގައި ފަލަސްތީންގެ 12 މީހަކު މަރުވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ހާލަތު ވަރަށް ގޯސްކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއިލް އަސްކަރިއްޔާއިން އެ ހޮސްޕިޓަލް ވަށާލިއިރު، ހޮސްޕިޓަލްގައި 700އެއްހާ މީހުން ތިބިކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރޭގައި ހޮސްޕިޓަލްގެ ސްޓާފުންނާ، ބަލިމީހުންވެސް ހިމެނެއެވެ. އެހޮސްޕިޓަލްގެ ސްޓާފުން ދަނީ، ހޮސްޕިޓަލްގައި ތިބި ބަލި މީހުންނަށް ފަރުވާދޭން އެމީހުން މަޑުކާރެނެކަމަށް ބުނަމުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ ތެރޭގައި ސީރިއަސް ހާލަތުގައި ތިބި 250ށް ވުރެ ގިނަ ބަލިމީހުން އެބަ ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން އިސްރާއިލް އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ސްޓާފުން ވަނީ އެހޮސްޕިޓަލްގައި ހަތިޔާރުއެޅި އެއްވެސް ބައެއް ހަރަކާތްތެރިވަމުން ނުދާކަމަށް ބުނެފައެވެ.

އިންޑޮނޭޝިއަން ހޮސްޕިޓަލަށް އިސްރާއިލުން ހަމަލާދޭން ފަށާފައި މިވަނީ، ޣައްޒާގެ އުތުރުގައި ހުރި ޝިފާ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދުވަސް ނުފުރާ ވިހާފައިވާ 31 ތުއްތުކުދިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިސްވެ އޮވެ، ދެކުނުގެ އެހެން ހޮސްޕިޓަލަކަށް ބަދަލުކުރިތާ އެއް ދުވަސް ފަހުންނެވެ.

ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. އެހޮސްޕިޓަލުގައި ތިބި މީހުންނަށް ބަޑިން ބިރުދައްކާ އެމީހުން އެތަނުން ފޮނުވާލަމުން މިދަނީ އެތައް ދުވަހެއް ވަންދެން ހޮސްޕިޓަލް ވަށާލައި އިސްރާއިލް އަސްކަރިއްޔާއިން އެހޮސްޕިޓަލް ހިސާރުކޮށްގެން ތިބުމަށްފަހުއެވެ.

ޝިފާ ހޮސްޕިޓަލްގައި ޣައްޒާގެ 7،000އެއްހާ މީހުން ތިއްބެވެ.

އދ. އިން ވެސް ވަނީ އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ގެއްލުން ލިބުމުގެ ސަބަބުންނާ، އެސަރަހައްދަށް ބޭސް ފަރުވާގެ ސާމާނާ ތެޔޮ ނުވެދެއްތީ، ބޭސްފަރުވާދޭ އެތައްތަނެއް މަސައްކަތްނުކުރެވި ބަންދުކުރަން މަޖުބޫރުވެފައިވާކަމަށް ބުނެފައެވެ.

އިސްރާއިލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާދެމުންދަނީ ހޮސްޕިޓަލްތަކުގެ އަޑީގައި ހަމާސް ޖަމާއަތުގެ އަސްކަރީ ބޭސްތައް ގާއިމުކޮށްފައިވާކަމަށް ބުނެއެވެ. ނަމަވެސް ޣައްޒާގެ މެޑިކަލް އޮފިސަރުންނާއި ހަމާސުންވެސް ދަނި މިވާހަކަތައް ދޮގުކުރަމުންނެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 13،000ން މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާ އަންހެނުންނެވެ.

ޣައްޒާފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު