Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދައުލަތުގެ ބަޖެޓު

ޚަރަދު ކުޑަކުރުމަށްޓަކައި، މުސާރަ ބޮޑުކުރުން އަހަރުތަކަށް ބަހާލަނީ

ސަބްސިޑީތަކުން 1.1 ބިލިއަން ސަލާމަތްކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2023 | ހޯމަ 12:11
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އަހަރުތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހިމަނާފައި ވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންނަ އަހަަށް ދައުލަތުން ލަފާކުރާ ބަޖެޓު ދިރާސާކުރާ، ބަޖެޓު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން، ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، އާމްދަނީން ރިކަރަންޓް ޚަރަދު ފޫބެއްދުމަކީ ފިސްކަލް އެންކަރެއް ކަމަށެވެ. އޭނާ ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަންކަން ހާސިލްކުރުމަށްޓަކައި ޚަރަދު ރިފޯމްކުރަން ހިމަނާފައި ވާނެކަމަށެވެ. އެގޮތުން ޚަރަދުން 2.5 ބިލިއަން ރުފިޔާ ސޭވްކުރަން ބަޖެޓުގައި އަމާޒު ހިފާފައި ވާނެކަމަށެވެ. އެ ޚަރަދުކުރުމުގެ ފިޔަވަޅު ނާޅައިފިނަމަ ބަޖެޓް 49.6 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ދާނެކަމަށް ސަރުވަޝް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އަަންނަ އަހަރުގެ މެދުތެރެއިން ފަށައިގެން ފިޔަވަޅުތައް އެޅުމުގެ ނިޔަތުގައި ބަޖެޓު ތަންފީޒުކުރުމަށް ރާވާފައި ވާކަމަށެވެ. އޭގެ ތެރޭގައި؛ ސަބްސިޑީ ރިފޯމް ކުރުމުގެ ތެރެއިން ކާޑާއި ކަރަންޓާއި ތެޔޮ އަދި ނަރުދަމާގެ ސަބްސިޑީ ފޭސްއައުޓް ކުރުމަށްފަހު، 1 ޖުލައިން ފެށިގެން ޓާގެޓެޑް ކޭޝް ޓްރާންސްފަރއެއް ދީގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ސަރުވަޝް ވިދާޅުވިއެވެ. އެގޮތަށް ހެދުމުން ޓާގެޓެޑް ކޭޝް ޓްރާންސްފަރ ހެދުމުން 600 މިލިއަން ރުފިޔާ އިތުރުވިނަމަވެސް ޖުމްލަ 1.1 ބިލިއަން ރުފިޔާ ސަބްސިޑީތަކުން ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ ވެލްފެއަރ ޚަރަދު އިތުރުވަމުންދާތީ، ޚަރަދުތައް ކުޑަކުރުމަށް އުސޫލަށް ބަދަލު ގެނެސް، 100 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ބަޖެޓުގައި ވިސްނާފައި ވާނެކަމަށާއި، ސަބްސިޑީ ރިފޯމާއެކު އާސަންދައިންވެސް ބަދަލުތަކެއް ގެނެސް، ބަލްކް ޕްރޮކިއުމެންޓާއެކު ޚަރަދު ކުޑަކުރެވިގެން ދާނެކަމަށެވެ. މީގެ އިތުރުން ޕޭހަރމަނައިޒޭޝަންގެ މަސައްކަތްވެސް އަހަރުތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ބަޖެޓުގައި ހިމަނާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވީ އަންނަ އަހަރު ހިލޭ އެހީއަށް ވަރަށް ބޮޑު އުއްމީދެއް ކުރެއްވޭ ކަމަށެވެ. އެގޮތުން ސަރުކާރު ބަދަލުވެގެން އަންނައިރު އަވައްޓެރި ރަހުމަތްތެރި ގައުމުތަކުންވެސް އިތުރު ބާރެއް ދީ، އެހީތެރިވުމުގެ ގޮތުން ހިލޭ އެހީދެމުން ދާކަމަށެވެ. އެގޮތުން ކުރިއަށްވުރެ ރަނގަޅު އެހީތެރިކަމެއް އަންނަ އަހަރު ލިބޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް 200 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭނުންވާ ކަމަށެވެ. އަދި އެ އަދަދު ހާސިލްވާނެ ކަމަށާއި، އަންނަ މަސް ފެށޭއިރު ޑޮލަރު އިންފްލޯއެއް ލިބޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.

2024 ވަނަ އަހަރުގެ ބަޖެޓްރާއްޖޭގެ ބަޖެޓްފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު