Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ސްކީމް

ގެދޮރުވެރިޔާގެ ލިސްޓުތަކަށް އިހްތިރާމެއް ނުކުރާނަން، ރިވިއު ކުރާނަން: ހައިދަރު

20 ނޮވެމްބަރު 2023 | ހޯމަ 13:48

އެއްވެސް ފްލެޓެއް އަދި ގޯއްޗެއް އަތުނުލައްވާނެ ކަމަށް ޑރ. މުއިއްޒު ކުރިން ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 20 ނޮވެމްބަރު 2023 | ހޯމަ 13:48
އަމާން އުދަރެސް ފްލެޓެއް

އަމާން އުދަރެސް ފްލެޓެއް

ކުރީގެ ރައީސް، އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަވާލުކޮށްފައިވާ ފްލެޓް ލިސްޓުތަކަށް އިހްތިރާމް ނުކުރައްވާނެ ކަމަށާއި، އެ ލިސްޓުތައް އަލުން ރިވިއުކުރައްވާނެ ކަމަށް، އައު ސަރުކާރުގެ ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހައިދަރު މިފަދައިން ވިދާޅުވީ، ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގެދޮރުވެރިޔާގެ މަޝްރޫއުގެ މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުއްޓާލުމަށް އަންގާފައިވާ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން ފްލެޓްތަކުގެ ތެރެއިން، 4،000 ފަރާތުގެ ލިސްޓަށް މި ސަރުކާރުން އިހްތިރާމު ނުކުރާނެ ކަމަށެވެ.

އޭގެ ސަބަބެއް ކަމުގައި މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއަކީ މިދިޔަ އިންތިގާލީ މަރުހަލާގެ ތެރޭގައި، އޭރު އިންތިޚާބީ ރައީސެއްގެ މަގާމުގައި ހުންނެވި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑުޖައްސާލަން އެދިވަޑައިގެންނެވި ކަމަކަށް ވާތީއެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ، އޭސީސީން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް އަމުރު ނެރުނީ، އެ މަޝްރޫއުުގައި ގިނަ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ ލިބުމުން ކަމަށާއި، އެހެންކަމުން މި ސަރުކާރުން އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު އަލުން ރިވިއުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން މި މަޑުކުރަނީ އޭސީސީން އެކަމާބެހޭގޮތުން ލަފައެއް ދެންދެން. އަޅުގަނޑުމެން ބަލާނަން މައްސަލައަކީ ކޮބައިތޯ. ބަލާފަ ރިވިއުކުރަން އަޅުގަނޑުމެން އޮތީ ނިންމާފަ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން އެއްވެސް ފްލެޓެއް އަދި ގޯއްޗެއްވެސް އަތުނުލައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ކެމްޕޭނުގެ ތެރޭގައި ދެއްވިއެވެ.

އެގޮތުން ރައީސް ސާލިހުގެ ސަރުކާރުން ހިންގި އެއްވެސް މަޝްރޫއެއް، އަދި ފަށަން ނިންމާފައިވާ، އަދި ފެށި އެއްވެސް މަޝްރޫއެއް ހުއްޓަވައިނުލައްވާނެ ކަމުގެ ޔަގީންކަން އޭރު ރައީސް މުއިއްޒު ދެއްވިއެވެ.

އެހެން ނަމަވެސް، އޭސީސީގެ ލަފަޔަށްފަހު އެ ލިސްޓު ރިވިއުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމާ ގުޅިގެން، އެ ލިސްޓަށް ބަދަލުތަކެއް އައުންވެސް އެކަށީގެންވެއެވެ. އެފަދައިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓަށްވެސް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

ހައުސިންގް މިނިސްޓްރީގެދޮރުވެރިޔާ ސްކީމްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް