Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޒިޓަރސް އިކޮނޮމިކް ކައުންސިލް

މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް

މި ކައުންސިލުގެ މަޤްސަދަކީ އިޤްތިސާދު ޑައިވަރސިފައިކުރުންކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ނޮވެމްބަރު 2023 | ހޯމަ 09:05
ވިޒިޓަރސް އިކޮނޮމިކް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވިޒިޓަރސް އިކޮނޮމިކް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި" ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކުލަވާލާފައިވާ ވިޒިޓަރސް އިކޮނޮމިކް ކައުންސިލުން ބުނެފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވިދާޅުވީ، މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި" ކަމަށެވެ.

މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި އަމާޒުތަކަކީ އެހެނިހެން ސަރުކާރުތަކާ ތަފާތު، ރައްޔިތުންނަށް ފައިދާކުރާ އަމާޒުތަކެއް ހިމެނިފައިވާ މެނިފެސްޓޯއެއްކަން ޚަލީލް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މި ކައުންސިލަކީ ތަރައްޤީގެ ވިޝަން ހާސިލު ކުރެއްވުމަށް މުއިއްޒު އެކުލަވާލައްވާފައިވާ ކައުންސިލެއްކަމަށެވެ.

މިއީ ރާއްޖެ ކަަހަލަ ޤައުމަކަށް މުހިއްމު ދައުރެއް އަދާކުރާނެ ކައުންސިލެއްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، މި ކައުންސިލުގެ މަޤްސަދަކީ އިޤްތިސާދު ޑައިވަރސިފައިކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އިޤްތިސާދު އިތުރަށް ފުޅާ ކުރެއްވުންކަމަށެވެ.

މި ކައުންސިލަކީ ވަކި އަމާޒުތަކެއް ދެވިގެން ކުރާ މަސައްކަތްތަކެއް ވިލަރެސްކޮށް ތަންފީޒުކުރާ ކައުންސިލެއްކަން ސައީދު ފާހަގަ ކުރެއްވިއެވެ. މިސާލަކަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުން ފަދަ ކަންކަން ހިމެނޭކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން، މިސާލަކަށް ދުނިޔޭގެ ފެންވަރުގެ މެންޓަލް ހެލްތް ހޮސްޕިޓަލެއް ހުރިކަމުގައިވާނަމަ، އެތަނަކަށް ބޭރުން އަންނަ މީހުން ގެނެވޭނެ މަގު ފަހިވެގެންދާނެކަމަށް ސައީދު އިތުރު މިސާލުތައް ދައްކަވަމުން ވިދާޅުވިއެވެ. އަމާޒަކީ ބޭރު ޤައުމުތަކުން އަންނަން ބޭނުންވާ މީހުންނަށް އެކި ދާއިރާތަކުން ރާއްޖެއަށް އައުމަށް ޝައުޤުވެރި ކުރުވާނެ ކަންކަން ތައާރަފް ކުރުންކަމަށް ސައީދު ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ދެކޮޅުޖެހޭ އާމްދަނީއެއް ޤައުމުގައި ހިފެހެއްޓުންކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން މި ކައުންސިލުގެ މައިގަނޑު އަމާޒަކީ ފަތުރުވެރިކަން ސިންދަފާތުކޮށް، އާމްދަނީ 6 ބިލިއަނަށް އިތުރު ކުރުންކަމަށް ވިދާޅުވިއެވެ.  

މިއީ އެހެނިގެން ބައެއް ޤައުމުތަކުގައިވެސް އިޤްތިސާދު ފުޅާ ކުރުމަށް އެކުލަވާލައި ހިންގަމުންދާ ކައުންސިލެއްކަމަށް ސައީދު ވިދާޅުވިއެވެ.

ވިޒިޓަރ އިކޮނޮމީ ކައުންސިލް ޗެއަރ ކުރައްވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒެވެ. ކޯ ޗެއަރ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

އޭގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރާއި، ހެލްތު މިނިސްޓަރާއި، ސްޕޯޓްސް މިނިސްޓަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު، ދިވެހި ލެންގުއޭޖް މިނިސްޓަރު، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މި ކައުންސިލުގައި ހިމެނިވަޑައިގަންނަވައެވެ.

އިކޮނޮމިކް މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒުޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު