Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުލީއާގެ ޖިމް

3 މިލިއަން ރުފިޔާ ހަރަދުކޮށްގެން މުލީއާގޭގައި ޖިމެއް ހެދުން - ސަރުކާރުން އެކަން ދޮގުކުރޭ

މުލިއާގޭގެ ޖިމެއް ހަދަން ނުވަތަ ކުރިން ހުރި ޖިމެއް މަރާމާތު ކުރުމަށް ވެސް އިއުލާނެއް ކޮށްފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އެޕްރީލު 2025 | ބުދަ 08:25
މުލިއާގޭގައި 3 މިލިއަން ހަރަދުކޮށްގެން ޖިމެއް ވަނީ ހަދާފައި

މުލިއާގޭގައި 3 މިލިއަން ހަރަދުކޮށްގެން ޖިމެއް ވަނީ ހަދާފައި

3 މިލިއަން ރުފިޔާ ހަރަދުކޮށްގެން މުލިއާގޭގައި ޖިމެއް ހެދިކަން ހާމަވެއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް، އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މުލީއާގޭގައި ކުރިން ހުންނަ ޖިމުގެ ބަދަލުގައި އައު ޖިމެއް ހަދަން ބަޔަކާއި ހަވާލުކޮށް މިދިޔަ ހަފްތާގައި އެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި އެކަމަށް 3 މިލިއަން ރުފިޔާ ހަަރަދުކޮށްފައިވާ ކަމަށާއި، ޖިން ހަދާފައިވަނި ޒަމާނާި ވަސީލަތްތަކާއެކު ކަމަށެވެ.

މި މަސައްކަތް ނިންމާލާފައިވާއިރު، މުލިއާގޭގެ ޖިމެއް ހަދަން ނުވަތަ ކުރިން ހުރި ޖިމެއް މަރާމާތުކުރުމަށްވެސް އިއުލާނެއް ކޮށްފައި ނުވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ގުޅާލުމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ފޯނު ރިންގުވުމުން ވޮއިސްމެއިލްއަށް ކޯލް ފޯވާޑްކޮށްލާފައެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިލް ހަލީލަށް ގުޅުމުން ވަނީ އެ މައުލުމާތު ސާފުކޮށްދެއްވާފައެވެ.

ހަލީލު ވިދާޅުވީ މި ސަރުކާރު ފެށުނު ފަހުން މުލީއާގޭގައި ހުރި ޖިމެއް ތަރައްގީ ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، އެއްވެސް ހޭދައެއްވެސް ނުކުރާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމުނު އިރު މުލީއާގޭގައި ޖިމެއް ހުރިކަމަށް ހަލީލު ވިދާޅުވިއެވެ. މިއީ އެއިރަކު ހުންނަވާ ރައީސަކު ކަސްރަތު ކުރައްވަން މުލީއާގޭގައި ގާއިމްކޮށްފައި ހުންނަ ތަނެކެވެ.

ނަމަވެސް ރާއްޖެެއެމްވީ އިން ހަލީލު އާއި ކުރި ސުވާލުގެ ސީދާ ޖަވާބެއް ދެއްވާފައި ނުވެއެވެ. ހަލީލު އާއި ސުވާލުކުރެވުނީ ރައީސްގެ ރަސްމީ ގެކޮޅުގައި ޖިމެއް ގާއިމް ކުރި ވާހަކައާއި އެ ޖިމަށް 3 މިލިއަން ހަރަދުވި ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަން ކަށަވަރު ކޮށްދެއްވުމަށެވެ. ނަމަވެސް މި ސުވާލުގެ ސީދާ ޖަވާބެއް ނުދެއްވާ ހަލީލު ވިދާޅުވެފައިވަނީ އެތަނުގައި ހުރި ޖިމެއް މަރާމާތު ނުކުރާ ވާހަކައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ހަރަދު ކުޑަކުރައްވާނެކަމަށް ވިދާޅުވުމަށްފަހު، މުލީއާގެއަށް ވަޑައިގަންނަވަން އެތަން މަރާމާތު ކުރެއްވުމަށް އެކަނި ވެސް އެތައް މިލިއަން ރުފިޔާއެއް ވަނީ ހަރަދުކޮށްފައެވެ. އަދި އެފަހުން މުލީއާގެއަށް ކަރޯކޭ ސިސްޓަމާއި، ޖަކޫޒީ ފަދަ ބައެއް ސާމާނު ގެނެސް ވެއްދި ވާހަކަތައް މުލީއާގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އަޑު އިވިފައި އެބަހުއްޓެވެ. ނަމަވެސް ސަރުކާރުން މި ހުރިހާ ކަމެއް ވެސް ދޮގުކުރެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު