Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ މުލީއާގެ ސަރަހައްދުގެ ސެކިއުރިޓީ

މުލީއާގެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފި

16 ޖުލައި 2024 | އަންގާރަ 13:30

މުލީއާގެ އާއި އެ ސަރަހައްދުގައި ވެސް ސަލާމަތީކަންކަން އިތުރަށް ވަރުގަދަކޮށްފައި ނުވާ ކަމަށާއި އެ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޖުލައި 2024 | އަންގާރަ 13:30
މުލިއާގެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވުން

މުލިއާގެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވުން

މުލީއާގެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށްފަ ނުވާނެ ކަމަށް ގައުމީ ދިފާއީ ބާރު އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖޭގެ މީޑިއާއަކުން ވަނީ މުލީއާގެ ސަރަހައްދުގައި އާއްމުކޮށް ހަރަކާތްތެރިވާ ވަރަށް ވުރެ ގިނަ އަދަދަކަށް ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

އަދި މުލީއާގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވެސް ވަނީ ޚަބަރުފެތުރިފައެވެ.

އެކަމާއި ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެ ސަރަހައްދުގައި ޚާއްސަކަމެއް ނުވަތަ އާދަޔާއި ޚިލާފު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

އަދި މުލީއާގެ އާއި އެ ސަރަހައްދުގައި ވެސް ސަލާމަތީކަންކަން އިތުރަށް ވަރުގަދަކޮށްފައި ނުވާ ކަމަށާއި އެ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މުލީއާގެ ސަރަހައްދުގެ ސަަލާމަތީކަންކަން ވަރުގަދަކުރިކަމަށް އަޑު ފެތުރިފައި ވަނީ މާލޭގެ ގޯޅިއެއްގެ ތެރޭގައި ހުރި ޕިކަޕެއްގައި އެއްޗެއް ގޮވިކަމަށް ތުހުމަތުކުރެވިގެން ސިފައިން ދާދިފަހުން ހަރަކާތްތެރިވެފައި ވަނިކޮށެވެ.

ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން އުޅޭކަމަށް ބެލެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވީ 9 ޖުލައިގައެވެ.

އެހެންނަމަވެސް ސިފައިން ބެލި ބެލުމުން ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ޙާދިސާއެއް ނޫންކަން ސިފައިން ބެލި ބެލުމުން އެނގިފައިވާ ކަމަށާއި، އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ވެފައިވާ ކަމަށެވެ. އެހެންކަމުން ސީން ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.

ފުލުހުން ވެސް ވަނީ މި ޙާދިސާގައި އިވިފައިވަނީ ނުރައްކާތެރި އެއްޗެއް ގޮވުމުގެ އަޑެއް ނޫންކަން އެމްއެންޑީއެފުން ފުލުހުންނަށް ޔަޤީން ކޮށްދީފައިވާކަމަށް ބުނެފައެވެ.

އާއްމުކޮށް ނުރައްކާތެރި ހާދިސާ އެއް ހިނގާފާނެ ކަމުގެ ބިރު އޮތް ނަމަ މުލީއާގެ ފަދަ ސަރުކާރުގެ އިސް ވެރިން އުޅުއްވާ އިމާރާތްތަކާއި ގްރީންޒޯންގެ ސަލާމަތީ ކަންކަން ވަރުގަދަކުރެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް