Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޒިޓާ އިކޮނޮމީ ކައުންސިލް

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށް "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަވައިފި

ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ޑައިވާރސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2023 | ހޯމަ 03:24
ރައީސްގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ

ރައީސްގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން "ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަވައިފިއެވެ.

މިކައުންސިލް ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މައި އަސާސަކީ ފަތުރުވެރިކަން ކަމަށާއި، ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމުގެ ގޮތުން ވިޒިޓަރ އެކޮނޮމިކް ކައުންސިލެއް އުފައްދަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ޑައިވާރސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފެއްދެވިއިރު، ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޗެއަރކުރައްވާ ގޮތަށް ސޯޝަލް ކައުންސިލާއި އިކޮނޮމިކް މިނިސްޓަރު ޗެއަރކުރައްވާގޮތަށް އިކޮނޮމިކް ކައުންސިލް ވެސް ވަނީ އުފައްދަވައިފައެވެ.

ިވިޒިޓާ އިކޮނޮމީ ކައުންސިލް ފިރުޒުލް އަބްދުﷲ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2023

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު

20 ނޮވެމްބަރު 2023
ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު
20 ނޮވެމްބަރު 2023

މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާ ގޮތަށް: ރައީސް އޮފީސް

20 ނޮވެމްބަރު 2023
މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާ ގޮތަށް: ރައީސް އޮފީސް
20 ނޮވެމްބަރު 2023

ސަރުކާރަށް ބޭނުންވާ އެއްބާރުލުން މަޖިލީހުން ލިބޭނެކަމުގެ އިތުބާރު އެބައޮތް، މިތިބީ ޕޮޒިޓިވްކޮށް - ފިރުޒުލް

20 ނޮވެމްބަރު 2023
ސަރުކާރަށް ބޭނުންވާ އެއްބާރުލުން މަޖިލީހުން ލިބޭނެކަމުގެ އިތުބާރު އެބައޮތް، މިތިބީ ޕޮޒިޓިވްކޮށް - ފިރުޒުލް
20 ނޮވެމްބަރު 2023

އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ، މަސައްކަތް ކުރިއަށް ދާނީ އޮމާންކޮށް- ފިރުޒުލް

20 ނޮވެމްބަރު 2023
އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ، މަސައްކަތް ކުރިއަށް ދާނީ އޮމާންކޮށް- ފިރުޒުލް
02 ނޮވެމްބަރު 2023

ވެމްކޯގެ މާލީ އޮޑިޓްތައް 2020ން ފެށިގެން ނުހަދާކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

02 ނޮވެމްބަރު 2023
ވެމްކޯގެ މާލީ އޮޑިޓްތައް 2020ން ފެށިގެން ނުހަދާކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު