Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓްރީ އޮފް ޑިފެންސް

ސިފައިންގެ އިސް މަޤާމެއްގައި ހުރެ ބޭއަދަބީކޮށް މުޚާތަބުކުރުމުން ވަޒީފާއިން ވަކި ކުރި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވެއްޖެ

19 ނޮވެމްބަރު 2023 | އާދީއްތަ 07:44

ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ނޮވެމްބަރު 2023 | އާދީއްތަ 07:44
އެމްއެންޑީއެފްގެ މޭޖަރެއް ބޭއަދަބީކޮށް މުޚާތަބު ކުރުމުން ވަޒީފާއިން ވަކިކުރި މައްސަލަ

އެމްއެންޑީއެފްގެ މޭޖަރެއް ބޭއަދަބީކޮށް މުޚާތަބު ކުރުމުން ވަޒީފާއިން ވަކިކުރި މައްސަލަ

ސިފައިންގެ އިސް މަޤާމެއްގައި ހުރެ ބޭއަދަބީކޮށް މުޚާތަބުކުރުމުން ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ނޫންކަމަށް ބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްްސަލައިގައި ދައުލަތުން ޖަވާބުދާރީވެއްޖެއެވެ.

މިއީ އަބްދުލް މުޙުސިން މުޙައްމަދުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ރައްދުވާގޮތަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ޑިފެންސް މިނިސްޓްރީ ތަމްސީލު ކުރަނީ ބަންޑާރަނައިބުގެ (އޭޖީ) އޮފީހުންނެވެ.

Advertisement - newsAdvertisement

މުހުސިންއަކީ 8 އޭޕްރީލް 1995ން ފެށިގެން 30 މެއި 2018 ގެ ނިޔަލަށް އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ. އޭނާ އެމްއެންޑީއެފްގެ މޭޖަރެއްގެ ރޭންކުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެމްއެންޑީއެފްގެ ސަދަރން އޭރިއާގެ ކޮމާންޑަރާއި ދިމާލަށް ބޭއަދަބީކޮށް، ހަޑިހުތުރު ބަހުން މުޚާތަބުކޮށްފައިވާ އޯޑިއޯ ކްލިޕެއް ވަނީ ލީކުވެފައެވެ.

އެ އޯޑިއޯ ކްލިޕު ލީކުވުމާއި ގުޅިގެން މިލިޓަރީ ފުލުހުން ހިންގި ތަހުގީގަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެ ތަހުގީގަށްފަހު އެކުލަވާލި ރިޕޯޓުގައި މައިގަނޑު 2 ކަމެއް ފާހަގަކޮށްފައިވެއެވެ.

އެއްކަމަކީ ދިވެހި ސިފައިންގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ "ހަރުދަނާ އުސޫލުތަކާއި އެއްގޮތަށް ސިފައިންގެ ނަފްސާއި ޖިސްމު ތަރުތީބު ކުރުމަށް" އޮންނަ މާއްދާއާ އޭނާ ޚިލާފުވެފައިވާކަމެވެ.

ދެވަނަ ކަމަކީ ސިފައިންގެ އާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ "ސިފައިގެން އަސްކަރީ އަހުލާޤު އެންމެ މަތީގައި ހިފެހެއްޓިފައި ނެތުމުން"، ޚާއްސަކޮށް ސިފައިންގެ ސީނިއަރ އޮފިސަރުންގެ ހުންނަންޖެހޭ އަހުލާޤާއި ސުލޫކާ އޭނާ ޚިލާފުވެފައިވާކަމެވެ.

އެ ރިޕޯޓުގައި ވަނީ އޭނާ ޑީމޯޓުކޮށް، ވަޒީފާއިން ވަކި ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައެވެ. އެގޮތުގެ މަތިން އޭނާ 31 މެއި 2018 ގައި ކެޕްޓަނެއްގެ މަޤާމަށް ދަށް ކުރުމަށްފަހު، ހަމަ އެ ތާރީޚުގައި އޭނާ ވަަޒީފާއިން ވަކިކޮށްފައިވެއެވެ.

ވުމާއެކު، އޭނާގެ ފަރާތުން ވަނީ ވަޒީފާ އިޔާދަކޮށް، ގެއްލުމުގެ ބަދަލު ދިނުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. އެ މައްސަލަ ނިމުނީ އޭނާއާ ދެކޮޅަށެވެ.

ދެން އޭނާ ދިޔައީ ހައިކޯޓަަށެވެ. ހައިކޯޓުންވެސް ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅުކަމަށެވެ. ވުމާއެކު، އޭނާ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީއެވެ.

މި މައްސަލައިގައި އެންމެ ފަހުން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި މުހުސިންގެ ފަރާތުން ވަނީ އިސްތިއުނާފު ހުށައަޅާފައެވެ. އެގޮތުން 3 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވެއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވުން ކުރިއަށް ގެންގޮސްފައެވެ. އަދި ފަނޑިޔާރުންގެ ބައެއް ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައިވެއެވެ.

ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކުށުގެ ކުޑަބޮޑު މިނަށް ބަލައި، "އަދަބެއް" ނުވަތަ "އަދަބުތަކެއް" ދެވިދާނެކަން ސިފައިންގެ އިދާރީ ފިޔަވަޅު އެޅުމާބެހޭ ޤަވާއިދުން އެނގޭކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އަދަބު މާފުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށައެޅުމުން، އަދަބު މާފުކޮށްދެވެން ނެތްކަމަށް ޗީފް އޮފް ޑިފެންސް ފޯސްވެސް އޭރު ނިންމަވާފައިވާކަމަށެވެ.

އެ ނިންމެވުމާއެކު، އޭނާ ވަޒީފާއިން ވަކި ކުރެއްވުމުގެ ނިންމެވުމުގައި ޑިފެންސް މިނިސްޓަރ ސޮއި ކުރައްވައި އޭނާ ވަޒީފާއިން ވަކި ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ފަނޑިޔާރުންގެ އިތުރު ސުވާލުތަކާއި ގުޅިގެން ދައުލަތުން ބައެއް ކަންކަން ސާފުކޮށްދީފައިވެއެވެ.

ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައިވެސް ދެފަރާތަށް ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފުރުސަތު ދެވިގެންދާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު މާހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް