Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދުލު އިންސާފު ޤާއިމްކުރުން

އަދުލު އިންސާފު ޤާއިމްކުރުމަކީ އުޑުހާ ބަރު ބުރައެއް އުފުލަން ޖެހޭ ކަމެއް، ފަހަތު ފަޔަށް ބަރު ވެގެން ނުވާނެ : އުއްތަމަ ފަނޑިޔާރު

އިންސާފަކީ ހަމައެކަނި ކޯޓުތަކުގެ ފަނޑިޔާރުންނަށް އެކަނި އޮތް ޒިންމާ އެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ނޮވެމްބަރު 2023 | ހުކުރު 14:11
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން

އަދުލު އިންސާފު ޤާއިމްކުރުމަކީ އުޑުހާ ބަރު ބުރައެއް އުފުލަން ޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އައްޔަންކުރާ ފަނޑިޔާރުން ހުވާކުރުމާއި ފަތްކޮޅު ދެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލު އިންސާފު ޤާއިމްކުރުމުގައި ފަހަތުފަޔަށް ބުރަވެގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެމަނިކުފާނު ފުރަތަމަ އައްޔަންކުރެވުނީ 2010 ވަަނަ އަހަރު ކަމަށާއި އެއީ ދާއިމީ ސުޕްރިމް ކޯޓު ޤާއިމްކުރެވުނު އިރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި ކުރެވުނު ތަޖުރިބާތައް އެމަނިކުފާނު ވަނީ ހިއްސާކޮށްދެއްވާފައެވެ.

އެގޮތުން އެންމެ މުހިންމު ކަމަކީ ދައުލަތް އެކުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށާއި ދައުލަތުގެ ތިން ބާރު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނު އަސާސީ ނަގަހައްޓާ ހިފެހެއްޓުމުގައި އެ ތިން ބާރުގެ ޒިންމާ ބޮޑު ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުބާރާއި އިޚުތިރާމް ޤާއިމްކޮށް ދަމަހައްޓަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ކޯޓުތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެކަމަށް ހަމަޖެހިފައިވާ ކޮމިޝަންތަކާއި ދައުލަތުގެ ތިން ބާރުން މަސައްކަތްކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯޓުތައް ހިންގުމާއި، ފަނޑިޔާރުން އައްޔަންކުރުން އަދި އިދާރީ ހިންގުމަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. އަދި އަދުލު އިންސާފަކީ ހަމައެކަނި ކޯޓުތަކުގެ ފަނޑިޔާރުންނަށް އެކަނި އޮތް ޒިންމާ އެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެންމެން އެކުގައި މަސައްކަތްކޮށް ޒިންމާ ނުނަގާ ރަނގަޅަށް ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޯޓުތަކުގެ މަރުހަލާގައި މަސައްކަތް ކުރާ އެންމެންގެ މަސައްކަތް އިންތިޒާމްވެގެން ކުރުން މުހިންމު ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ އިންސާފު ޤާއިމްކުރުމަށް ލޯޔަރުންގެ ދައުރު ވެސް މުހިންމު ކަމަށް ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުޑީޝަރީގެ އިތުބާރު ގާއިމްކުރުމަކީ ވަކި މީހެއް، ނުވަތަ ވަކި މުއައްސަސާއެއްގެ އެކަނި ޒިންމާއެއް ކަމަށް ދެކިގެން ނުވާނެކަމަށާއި، ޖުޑީޝަރީގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ކޯޓުތަކާއި ފަނޑިޔާރުންގެ އަތްމަތީގައި ކަމަށް، ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު