Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްޠީނާއި އަޤްސާ މިސްކިތް

އަލްއަޤްސާ އަކީ މާތްﷲ މި އުއްމަތަށް ހަވާލުކުރައްވާފައިވާ އަމާނާތެއް: ހުކުރު ޚުތުބާ

ފަލަސްޠީނުގައިވާ އަލްމަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ އަޤީދާ އާއި ދީނާ ގުޅިފައިވާ މާތްﷲ ގެ ގެކޮޅު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ނޮވެމްބަރު 2023 | ހުކުރު 08:33
ހުކުރު ނަމާދު

ހުކުރު ނަމާދު

އަލްއަޤްސާއަކީ މާތްﷲ މި އުއްމަތަށް ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ފަލަސްޠީނާއި އަޤްސާ މިސްކިތް މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ފަލަސްޠީނަކީ އިސްލާމީ އެތައް ޒަޢީމުންނެއް އެ ބިމަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބިމެއް ކަމަށެވެ. އަދި އެ ބިމުގެ މިނިވަންކަމަށްޓަކައި އިސްލާތީ އެތައް ބަޠަލުންނެއް ޝަހީދު ވެވަޑައިގެންފައިވާ ބިމެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޚުތުބާގައި ބުނީ އައްސުލްޠާނުލް ޢާދިލް މަހްމޫދު ނޫރައްދީން ޒިންކީ ވިދާޅުވިއެވެ.

"ބައިތުލް މަޤްދިސް އަޅުވެތިކަމުގައި އޮއްވާ ހިނިތުންވުމަށް އަހުރެން ލަދުވަތިވަމެވެ."

ޚުތުބާގައި ބުނީ ސަލާހުއްދީނުލް އައްޔޫބީ ސަލީބީންގެ ވަކިތަކުން މުސްލިމުންގެ ބިންތައް މިނިވަން ކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވި މައިގަނޑު ސަބަބަކީ މަސްޖިދުލް އަޤްސާ އާއި ފަލަސްތީން މިނިވަން ކުރެއްވުމަށް ކަމަށެވެ.

އެގޮތުން ސަލީބީން ބަލިކުރައްވާ މާތްﷲ އެކަލޭގެފާނަށް ނަސްރު ދެއްވި ކަމަށެވެ. އެހެނަސް އެކަލޭގެފާނު އެއްވެސް އަންހެނަކު އެއްވެސް ކުޑަ ކުއްޖަކު އެއްވެސް މުސްކުޅިއަކު ޤަތުލެއް ނުކުރައްވާ ކަމަށާއި އެއްވެސް ގެއެއް، ފައްޅިއެއް ފުނޑުފުނޑެއް ނުކުރައްވާ ކަމަށެވެ.

ފަލަސްޠީނުގައިވާ އަލްމަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ އަޤީދާ އާއި ދީނާ ގުޅިފައިވާ މާތްﷲ ގެ ގެކޮޅެއް ކަމަށާއި ޣައްޒާ އަކީ މާތް ރަސޫލާ އިސްރާ ކުރެއްވި މަސްޖިދުލް އަލްއަޤްސާ ހުންނަ ފަލަސްޠީނުގެ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ.

ފަލަސްޠީނުގެ މުޤައްދަސް މިސްކިތާ ކުޅޭ މީހުންނާއި މި މިސްކިތްތަކުގެ ހުރުމަތްކަނޑާ މީހުންގެ ކިބައިން މިސްކިތް ރައްކާތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތު މި އުންމަތުގެ ކިބައިގައި އެޅިފައިވާކަމަށް ވެސް ޚުތުބާގައި ބުންޏެވެ. ޚުތުބާއި ބުނީ އެއީ މުސްލިމުންގެ އީމާންކަމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ހޭލުންތެރިކަން މިނެދޭ ތަރާދެކެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު