Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިފްކޯ ހިންގުން

ރައީސްގެ ވިސްނުންފުޅަކީ މިފްކޯ ހިންގަން ރާއްޖެއިން ބޭރުން ތަޖުރިބާކާރެއް ގެނައުން

ވެރިކަމަށް އައި އިރު ކުންފުނިތައް ހުރީ ބަނގުރޫޓުވާ ހާލަތުގައި ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖުލައި 2024 | ހުކުރު 20:10
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މިފްކޯ ހިންގަން ރާއްޖެއިން ބޭރުން ތަޖުރިބާކާރެއް ގެނައުންކަމަށް އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

ރައީސް މުއިއްޒު އެކަން ހާމަކުރެެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ސަރުކާރުން ވެރިކަމަށް އައި އިރު ކުންފުނިތަކުގެ ހާލަތު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުންފުނިތައް ހުރީ ބަނގުރޫޓުވާ ހިސާބުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން ވަނީ ކުންފުނިތައް ރިފޯރމްކުރުމަށް މަސައްކަތްކޮށްފައި ކަމަށާއި އެންމެ ބޮޑަށް ރިފޯމްކުރުމަށް މަސައްކަތްތަކެއް ކުރެވުނީ މިފްކޯގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިފްކޯ ވަކިން ހިންގާ ކުންފުންޏަކަށް ބަދަލުކުރީ ވެސް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެ ނިންމުން ނިންމީ ރާއްޖޭގެ އެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މީހަކާއި ގުޅިފައި ނެތް ނުފޫޒެއް ނެތް މީހަކު އެ މަޤާމަށް އައްޔަންކުރުމަށް ކަަމަށެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާވެސް މިހާރު ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ މާރކެޓް އަގާއި ހަމައަށް މަހުގެ އަގު ގެނައުމުން ބައެއް ފަހަރު 28 ރުފިޔާ އަށް ވުރެ މަހުގެ އަގު ބޮޑުވާނެ ކަމަށާއި ބައެއް ފަހަރު މަހުގެ އަގު ކުޑަ ވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަހުގެ އަގު ދުނިޔޭގެ މާރކެޓް ރޭޓުގައި ބެހެއްޓުމަކީ ރަނގަޅު ގޮތެއް ކަމަށް ރައީސް ވަނީ ސިފަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު