Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓް

ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

17 ނޮވެމްބަރު 2023 | ހުކުރު 00:26

ގެދޮރުވެރިން ޕޯޓަލް އަށް ފޯރމް ހުށައަޅާފައިވާ ފަރާތެއް، ލިސްޓްގައި ހިމެނިފައިނުވާނަމަ އެކަމުގެ ޝަކުވާ 30 ނޮވެމްބަރ ގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެދިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ނޮވެމްބަރު 2023 | ހުކުރު 00:26
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކަނީ

ބިންވެރިޔާ ސްކީމު ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމް ފޭސް 2 އަށް  ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯރމް ހެށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފޯރމް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ގެދޮރުވެރިން ޕޯޓަލް އަށް ފޯރމް ހުށައަޅާފައިވާ ފަރާތެއް، ލިސްޓްގައި ހިމެނިފައިނުވާނަމަ އެކަމުގެ ޝަކުވާ 30 ނޮވެމްބަރ ގެ 14:00 ގެ ކުރިން gedhoruverin@planning.gov.mv އަށް ހުށަހެޅުމަށް އެދޭކަމަށެވެ.

Advertisement - newsAdvertisement

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށް އެދި 19،347 ފޯމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދި 21،247 ފޯމް ހުށަހަޅާފައިވެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500އަށްވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށް ހުކުރު ދުވަހު ހުވާކުރައްވާ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފިނަމަ އެ ގެންދިޔަ ހިސާބަކުން މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެކަން ފާހަގަކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ އައު ސަރުކާރުގެ ވެސް އެންމެ މުހިންމު އެއް މަޝްރޫއަކީ ގެދޮރުވެރިކުރުވުމުގެ މަޝްރޫއު ކަމަށެވެ. އެގޮތުން ގެދޮރަށް އެދި ހުށަހަޅާފައިވާ އެއްވެސް ފޯމެއް އަލުން ހުށަހަޅަންޖެހޭ ގޮތަކަށް ކަންތައްނުކުރާނެ ކަމުގެ ޔަގީންކަން އިންތިޚާބީ ރައީސް ދެއްވިއެވެ. ނަމަވެސް ކަންކަން ބައްޓަންކުރަން ބޭނުންވަނީ މިހާރަށް ވުރެ ގިނަ ރައްޔިތުންނަށް ފައިދާ ވާގޮތަށް އިންސާފުވެރިކޮށް ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މާލޭ ސަރަހައްދުން އެކަނި 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް