Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ.އިން ފާސްކުރި ޤަރާރު

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ހުޅުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފި

16 ނޮވެމްބަރު 2023 | ބުރާސްފަތި 02:30

އިސްރާއީލުން ބުނަމުން ދަނީ ހަމާސް އިން އިސްރާއީލުގެ ރައްޔިތުން ބަންދުކޮށްގެން ތިބޭހާ ހިނދަކު، ހަނގުރާމަ ހުއްޓައި ނުލެވޭނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 16 ނޮވެމްބަރު 2023 | ބުރާސްފަތި 02:30
އދ. ގެ ސެކިއުރިޓީ ކައުންސިލް

އދ. ގެ ސެކިއުރިޓީ ކައުންސިލް

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ހުޅުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފި އެވެ.

މި ޤަރާރުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ މަގެއް ތަނަވަސްކޮށްދޭންޖެހޭއިރު ޣައްޒާގައި ތިބި ބަލިމީހުން އެތަނުން ނެރެވޭނެ ސަލާމަތްތެރި މަގެއް ތަނަވަސްކުރުމަށް ވަނީ ގޮވާލާފައެވެ.

މަލްޓާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ޤަރާރުގައި މުޅި ޣައްޒާގައި އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

އަދި އެކަމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ގޮވާލާފައިވާއިރު ހަމާސްގެ އަތްދަށުގައި ތިބި އަސީރުން އެއްވެސް ޝަރުތެއްނެތި ދޫކޮށްލުމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ.

15 މެންބަރު ޤައުމު ހިމެނޭ ސަލާމަތީ މަޖިލީހުގެ 12 ޤައުމުން މި ޤަރާރާއި އެއްކޮޅަށް ވޯޓުދިންއިރު އެއްވެސް ޤައުމަކުން އެކަމާ ދެކޮޅަށް ވޯޓެއް ނުދެއެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދެނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ރަޝިޔާއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ބުދަ ދުވަހުގެރޭ ފާސްކުރި މި ޤަރާރަށް އިސްރާއީލުން ބޯލަނބާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެގޮތުން އިސްރާއީލުން ވަނީ މި ޤަރާރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ނެރުނު މި ބަޔާނުގައި ވަނީ އިސްރާއީލުގެ އދ.ގެ ސަފީރު މި ޤަރާރާ ދެކޮޅަށް މީގެ ކުރިން ދެއްކި ވާހަކަތަކަށް އިޝާރާތްކޮށްފައެވެ. އެގޮތުން ޣައްޒާގައި ބަންދުކޮށްފައިވާ އިސްރާއީލުގެ ޤައިދީން ދޫކޮށްލުމަށް ހަމާސްއަށް ބައިނަލްއަޤްވާމީގޮތުން ޕްރެޝަރު ކުރުމަށް ގޮވާލާފައިވެއެވެ.

ޤާނޫނީ ގޮތުން އިސްރާއީލުން އަމަލުކުރުމަށް ލާޒިމުކުރާ މި ޤަރާރު ސީދާ ދޮގުކުރޭތޯ ނުވަތަ ޕްރެޝަރުގައި ވަގުތީ ހަމަނުޖެހުންތައް ތަންފީޒު ކުރެވިދާނެކަމާމެދު ވަނީ އިސްރާއީލްގެ ބަޔާނުގެ ސަބަބުން ސުވާލު އުފެދިފަ އެވެ. އިސްރާއީލުގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އދ.އިން މީގެ ކުރިން ހުށަހެޅި ޤަރާރުތަކަށް ވެސް އިސްރާއީލުން ތަބާވެފައެއް ނުވެއެވެ.

ހަނގުރާމަހުއްޓާލުމަށް އެމެރިކާއިން އިސްރާއީލަށް ޕްރެޝަރު ކުރާ މިންވަރު ވެސް އަދި ސާފެއް ނުވެއެވެ. އިސްރާއީލުން މި ޤަރާރަށް ފާޑުކިޔަމުން ދާއިރު، އެ ޤައުމުގެ އޮޕަރޭޝަންތައް ކުރު މުއްދަތަކަށްނަމަވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ބުނެފައެއް ނުވެ އެވެ. އިސްރާއީލުން ބުނަމުން ދަނީ ހަމާސް އިން އިސްރާއީލުގެ ރައްޔިތުން ބަންދުކޮށްގެން ތިބޭހާ ހިނދަކު، ހަނގުރާމަ ހުއްޓައި ނުލެވޭނެ ކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 12،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން އުއްމީދު ކުރަނީ އިސްރާއީލުން މި ޤަރާރަށް ބޯލެނބުމުގެ ގޮތުން ކޮންމެވެސް ވަރެއްގެ ލުޔެއްދޭނެކަމަށެވެ. ނަމަވެސް އިސްރާއީލުގެ ސާފުބުނުމެއް މިކަމުގައި އަދި ނެތުމުގެ ސަބަބުން އދ.ގެ ޤަރާރަކީ ހަޤީޤީ ބަދަލެއް ގެނެވޭނެ ޤަރާރެއްކަމާ މެދު ޝައްކު އުފެދެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

10 ސެޕްޓެމްބަރު 2017
މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި
04 ސެޕްޓެމްބަރު 2017

މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!

04 ސެޕްޓެމްބަރު 2017
މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!
29 ޖުލައި 2017

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ

29 ޖުލައި 2017
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް