Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!

ރަކައިން ސްޓޭޓްގައި ހަރަކާތްތެރިވަނީ އދގެ ރެފިއުޖީ އޭޖެންސީ އާއި، ޔޫއެންއެފްޕީއޭގެ އިތުރުން ޔުނިސެފް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 4 ސެޕްޓެމްބަރު 2017 | ހޯމަ 23:51
މިޔަންމާގެ ރަކައިން ސްޓޭޓުގައި ހާލުގައިޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ ބައެއް

މިޔަންމާގެ ރަކައިން ސްޓޭޓުގައި ހާލުގައިޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ ބައެއް

މިޔަންމާގެ ސިފައިން ޤަތުލުއާންމެއް ހިންގަމުންދާ ރަކައިން ސްޓޭޓްގައި ތިބި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދޭ އދ ގެ ހުރިހާ ޖަމާޢަތްތަކަށް މިޔަންމާގެ ސަރުކާރުން ހުރަސްއަޅައިފިއެވެ.

އދ އިން ހާމަކޮށްފައިވާ ގޮތުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެ ޖަމުޢިއްޔާގެ އެކިއެކި ޖަމާޢަތްތަކުން ފޯރުކޮށްދެމުންދިޔަ ކާބޯތަކެއްޗާއި، ފެނާއި، ބޭސް ފޯރުކޮށްދިނުން މިޔަންމަ ސަރުކާރުން ވަނީ ހުއްޓުވާފައެވެ.

އދ އިން ބުނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވީހާވެސް އަވަހަށް އަލުން ފެށޭތޯ މިޔަންމާގެ ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މިޔަންމާ ސަރުކާރުން ހުރަސްއެޅި ނަމަވެސް، ރަކައިން ސްޓޭޓްގެ އެހެން ހިސާބުތަކަށް އެހީފޯރުކޮށްދިނުމަށް ސަރުކާރުން ހުރަސް ނާޅާތީ އެ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އދ އިން ބުނެއެވެ.

އދ އިން އިތުރަށް ބުނެފައިވަނީ، މިޔަންމާގައި މިވަގުތު ހަރަކާތްތެރިވަމުންދަނީ، އދގެ ރެފިއުޖީ އޭޖެންސީ އާއި، ޔޫއެންއެފްޕީއޭގެ އިތުރުން ޔުނިސެފް ކަމަށާ، އެފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތެއް ނުކުރެވި ތިބޭތާ ހަފްތާއަކަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށެވެ.

މިޔަންމާ ސަރުކާރުން، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީ ލިބުމަށް ހުރަސް އަޅާފައިވާއިރު، މިޔަންމާގެ ސިފައިން ދަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ލާއިންސާނީ އެތައް ހަމަލާއެއް ދެމުންނެވެ. އެގޮތުން ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ އަންހެނުން ރޭޕްކޮށް، އެ ދަރިކޮޅުގެ އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުން މަރައި، އެމީހުން ދިރިއުޅޭ ގެތަކުގައި މިޔަންމާ ސިފައިން ދަނީ ހުޅުޖަހަމުންނެވެ.

މި ޖަރީމާތަކަށް ފިލުމަށް މަސައްކަތްކުރާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން، ފިލައިގެން މިޔަންމާއަށް ދިއުން ހުއްޓުވުމަށް މިޔަންމާ-ބަންގްލަދޭޝް ބޯޑަރު ކައިރީގައިވެސް މިޔަންމާ ސިފައިން ހަރަކާތްތެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު