Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އިއްތިހާދު

އަލް އިއްތިހާދުގެ ކޯޗަކަށް އާޖެންޓީނާގެ ގަލާޑޯ

އަލް އިއްތިހާދާ އެކު ގަލާޑޯ ސޮއި ކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2023 | ބުރާސްފަތި 00:35
އަލް އިއްތިހާދުގެ ކޯޗަކަށް ހަމަޖައްސާ އާޖެންޓީނާގެ ގަލާޑޯ

އަލް އިއްތިހާދުގެ ކޯޗަކަށް ހަމަޖައްސާ އާޖެންޓީނާގެ ގަލާޑޯ

ހުސްވެފައިވާ އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމަށް އާޖެންޓީނާގެ މާސެލޯ ގަލާޑޯ ހަމަޖައްސަން ނިންމައިފި އެވެ.

އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ މަގާމުން ވަކި ކުރުމާއެކު އެވެ. އޭގެ ފަހުން އަލް އިއްތިހާދުން ގެންނަން ބޭނުންވި ކޯޗުންގެ ލިސްޓުގައި އޮތީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިދާން، ރޯމާގެ މިހާރުގެ ކޯޗު މޮރީނިއޯ އަދި ސެވިއްޔާގެ ކުރީގެ ކޯޗު ލޮޕެޓެގީ އެވެ. މީގެ ތެރެއިން ލޮޕެޓެގީ އާއެކު އަލް އިއްތިހާދުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ނަމަވެސް، އޭނާ ވަނީ އެ ކުލަބާ ހަވާލުނުވާން ނިންމައިފަ އެވެ.

އެއާއެކު އަލް އިއްތިހާދުން ދެން މަޝްވަރާ ކުރީ އާޖެންޓީނާގެ، އުމުރުން 47 އަހަރުގެ ގަލާޑޯ އާއެވެ. އޭނާ އާއެކު އެކުލަބުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ރަސްމީކޮށް އެކަން ނިންމައި، އަލް އިއްތިހާދުން ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ އެވެ. އަލް އިއްތިހާދާ އެކު ގަލާޑޯ ސޮއި ކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަަބަށް އިރުޝާދު ދޭނެ އެވެ. މީގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން، އިތުރު 18 މަސް ދުވަހަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ގަލާޑޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު އުރުގުއޭގެ ނަސިއޯނެލް އިންނެވެ. އެ ކުލަބަށް އެއް އަހަރު ދުވަހު އިރުޝާދު ދިނުމަށްފަހު، އޭނާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ. އޭގެ ދެ އަހަރު ފަހުން 2014 ވަނަ އަހަރު ގަލާޑޯ ހަވާލުވީ އާޖެންޓީނާގެ ރިވާ ޕްލޭޓަށެވެ. އެ ކުލަބު އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން ގަލާޑޯ ހުރީ ދުވަސްކޮޅަކަށް ބްރޭކަށް ނަގަައިގެންނެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު