Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނުގެ ސަފީރު

ފަލަސްތީނުގެ ސަފީރުގެ އިލްތިމާސް ދިވެހިންނަށް: ދޭ އެހީ ޙައްގު ފަރާތްތަކަށް ފޯރާތޯ ޔަގީންކުރޭ

15 ނޮވެމްބަރު 2023 | ބުދަ 09:06

މިނިވަން ޖައްވަކުން އަދި ދިވެހިންނަށް ފަލަސްތީނުން މަރުހަބާ ކިޔާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ނޮވެމްބަރު 2023 | ބުދަ 09:06
ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު

ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހިންގެ ފަރާތުން ފޯރުކޮށްދޭ އެހީ އޭގެ ޙައްގުވެރި ފަރާތްތަކާ ހަމައަށް ފޯރާތޯ ޔަގީން ކުރުމަށް ހުރިހާ ދިވެހިންނަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އަބޫ އަލީ އިލްތިމާސް ކުރައްވައިފިއެވެ.

ފަލަސްތީނުގެ މިނިވަންދުވަހާ ގުޅިގެން "ރާއްޖެ ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ޤައުމުގެ ސަފީރު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކުގައި ތިބޭ ބައެއް ކަމަށާއި ފަލަސްތީނާއި އެ ޤައުމުގެ ރައްޔިތުންނަށް މި ވަގުތު ދިވެހިންގެ ތާއީދާއި އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއެކުގައި އެގޮތުގައި ސާބިތުކަންމަތީ ތިބުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ދިވެހިން ފަލަސްތީނާއެކު ތިބިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ މިނިވަން ޖައްވެއްގައި ދިވެހިންނަށް ފަލަސްތީނުން މަރުހަބާ ކިޔާނެ ދުވަސް އަންނާނެ ކަމަށެވެ.

ދިވެހިންގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ އެހީ ފޯރުކޮށްދެވޭނެ ގޮތް ބަލައިލެވޭނެ ކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެހީ ފޯރުކޮށްދޭއިރު އެ އެހީ ޙައްގު ފަރާތްތަކަށް ފޯރުކޮށްދެވޭތޯ ޔަގީން ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މިގޮތަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ ބައެއް ޤައުމުތަކުގައި އެހީ ފޯރުކޮށްދިނުމަށް ކަމަށް ބުނެ މިފަދަ ދަނޑިވަޅުތަކުގައި ފައިދާ ނަގަމުންދާކަން ފާހަގަކުރެވޭތީއެވެ.

އެމަނިކުފާނު ވަނީ މިހާރު ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ ރައްޔިތުން އަމިއްލަ ގެދޮރު ދޫކޮށް ޣައްޒާގެ ދެކުނަށް ދާން މަޖުބޫރުވެފައިވާ ކަމަށާއި އެގޮތަށް ބަދަލުވަމުންދިޔަ އާއްމުންނަށް ވެސް އިސްރާއީލުން ހަމަލާދެމުންދާކަން ފާހަގަކުރެއްވިއެވެ.

އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައި ސަފީރު ވިދާޅުވީ ޣައްޒާގައި އިސްރާއީލުން މަރާލި މީހުންގެ އަދަދު 12،000 އަށްވުރެ މައްޗަށް އަރާ ކަމަށާއި 5،000 އެއްހާ ކުޑަކުދިން މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި އިސްރާއީލުން ހިންގަމުންދާ އެ ގަތުލުއާއްމު ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައި ފެއިލްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިސްރާއީލުން ހަމަލާ ދެނީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ސަފީރު ވަނީ މިހާތަނަށް ޝަހީދު ކޮށްލާފައިވާ ހުރިހާ ކުޑަކުދިންނަކީ ހަމާސްގެ މެމްބަރުންތޯ ސުވާލު އުުފައްދަވާފައެވެ. އިސްރާއީލުން ފަތުރަން އުޅޭ ޕްރޮޕެގެންޑާ މުސްލިމުން ގަބޫލު ނުކުރާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް މިނިވަން ކަމާއެކު ދިރިއުޅުމުގެ ޙައްގު ލިބިދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަލަސްތީނާއެކުފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
18 ނޮވެމްބަރު 2025

އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު

18 ނޮވެމްބަރު 2025
އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް