Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައްޝިފާ ހޮސްޕިޓަލް

އޮޕަރޭޝަނެެއް ކަމަށްބުނެ ޔަހޫދީ ހަރުކަށި ސިފައިން އައްޝިފާ ހޮސްޕިޓަލަށް ވަދެގަނެފި

ހޮސްޕިޓަލަށް ވަދެގަތީ ހަމާސްގެ މުޖާހިދުން އެތަނުގައި ތިބިކަމަށް ބުނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2023 | ބުދަ 07:33
އައްޝިފާ ހޮސްޕިޓަލް

އައްޝިފާ ހޮސްޕިޓަލް

އޮޕަރޭޝަނެެއް ކަމަށްބުނެ ޔަހޫދީ ހަރުކަށި ސިފައިން, ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އައްޝިފާ ހޮސްޕިޓަލަށް ވަދެގަނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އައްޝިފާގެ ތެރޭގައި ހަމާސްއާ ދެކޮޅަށް އެގައުމުގެ ސިފައިން ބުދަ ދުވަހު އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޖާސޫސީ މައުލޫމާތާއި އޮޕަރޭޝަނަލް ނެސިސިޓީއެއްގެ މައްޗަށް ބިނާކޮށް އައިޑީއެފްގެ ސިފައިން ދަނީ ޝިފާ ހޮސްޕިޓަލުގެ ވަކި ސަރަހައްދެއްގައި ހަމާސްއާ ދެކޮޅަށް ސީދާ އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ.

އަސްކަރިއްޔާއިން ބުނީ އައިޑީއެފްގެ ބާރުތަކުގެ ތެރޭގައި މެޑިކަލް ޓީމުތަކާއި އަރަބި ބަހުން ވާހަކަ ދައްކާ މީހުން ހިމެނޭއިރު، އެ ކޮމްޕްލެކްސް އަދި ނާޒުކު މާހައުލަށް ހޭނުމަށް ވަކި ތަމްރީނުތަކެއް ދީފައި ކަމަށާއި، އާންމުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

މިހާތަނަށް އައި އިރު ހަމާސްގެ އެއްވެސް އޮޕަރޭޝަނެއް އައްޝިފާ ހޮސްޕިޓަލުގައި ހިނގާކަމުގެ އެއްވެސް ހެތްކެއް ލިބިފައިނުވާކަމަށް އަލަޖްޒީރާގައި ވަނީ ރިޕޯޓްކޮށްފައެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު މުހައްމަދު ޒަޤޫތު ފޯނުން އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ އިސްރާއީލުގެ ސިފައިން އިމާރާތްތަކަށް ވަދެގަތުމުން ކުޑަކުދިން ހިމެނޭ ގޮތަށް ބަލިމީހުން ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އެ ހޮސްޕިޓަލް ތެރޭގައި ގާތްގަނޑަކަށް 2،500 މީހުން އެބަތިއްބެވެ.

އޭގެ ތެރޭގައި މެޑިކަލް ޓީމުތަކާއި، ބަލިމީހުންގެ ތެރޭގައި ޒަޚަމްވި 600 މީހުންނާއި 36 ކުޑަކުދިން ހިމެނޭ އިރު ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދާފައިވާ ގެދޮރު ގެއްލިފައިވާ މީހުން ހިމެނެއެވެ.

ޝިފާހޮސްޕިޓަލްޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު