Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް

އަންނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

14 ނޮވެމްބަރު 2023 | އަންގާރަ 09:17

މިއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު 382 މިލިއަން ރުފިޔާގެ އިތުރުވުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2023 | އަންގާރަ 09:17
އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކުރަނީ: ފައިލް ފޮޓޯ

އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކުރަނީ: ފައިލް ފޮޓޯ

2024 ވަނަ އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލްތަކަކީ ދައުލަތް ހިންގުމުގައި ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ އިތުރުން، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކައުންސިލްތަކަށް ދޫކުރަމުން އަންނަނީ ބްލޮކް ގްރާންޓް ކަމަށާއި، ބްލޮކް ގްރާންޓް ކަނޑައަޅަނީ ފިސްކަލް ފޯމިއުލާއެއް މެދުވެރިކޮށް، އާބާދީ އާއި ރަށުގެ ބޮޑުމިނާއި، މާލެ އާއި ރަށާއި ހުރި ދުރުމިނާއި، އަތޮޅުގެ ވެރިކަން ކުރާ ރަށާހުރި ދުރުމިނާއި ކައުންސިލްގެ އިދާރީ ޕާރފޯމަންސާއި މާލީ ޕާރފޯމަންސަށް ބަލައިގެން، އިންސާފުވެރި ގޮތެއްގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މި ފޯމިއުލާއަށް ކައުންސިލްތަކުން އާމްދަނީ ހޯދާ ނިސްބަތް އިތުރުކުރެވިފައިވާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ އެންމެ ފުރަތަމަ ކައުންސިލުން އާމްދަނީ ހޯދުމަށް ބާރުއެޅުން ކަމަށެވެ.

އަދި ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީން ލިބޭ އާމްދަނީ ވެސް އެ އުޅަނދެއް ދުއްވާ ރަށެއްގެ ކައުންސިލަށް ލިބުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން ދަރަންޏަށް ފައިސާ ނަގައިގެން މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމުގެ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކައުންސިލްކައުންސިލްތަކުގެ ބްލޮކް ގްރާންޓް ފައިސާފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
21 ނޮވެމްބަރު 2025

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް