Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ ކުޑަކުދިންނަށް ރައްކާތެރިކަމެއް ނެތް

ޣައްޒާގައި 700،000 އަށް ވުރެ ގިނަ ކުޑަކުދިން ގެދޮރު ގެއްލިފައިވާތީ އިންސާނީ ކާރިސާ އިތުރަށް ދަނީ ގޯސްވަމުން: ޔުނިސެފް

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީން އިންޒާރު ދީފައި ވަނީ ޣައްޒާއަށް ތެޔޮ ސަޕްލައި ކުރުން ހުއްޓިއްޖެ ނަމަ ބުދަ ދުވަހުގެ ނިޔަލަށް ހުރިހާ އޮޕަރޭޝަންތައް މުޅިން ހުއްޓިގެން ދާނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 02:57
ޣައްޒާގެ އެއްވެސް ކުޑަކުއްޖަކަށް ރައްކާތެރިކަމެއް ނެތް : ޔުނިސެފް

ޣައްޒާގެ އެއްވެސް ކުޑަކުއްޖަކަށް ރައްކާތެރިކަމެއް ނެތް : ޔުނިސެފް

އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ހަތް ލައްކައަށް ވުރެ ގިނަ ކުޑަކުދިން ގެދޮރު ގެއްލިފައިވާތީ ޣައްޒާގައި އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުން އަންނަ ކަމަށް އދ.ގެ ކުޑަކުދިންގެ އިދާރާ ޔުނިސެފުން ބުނެފި އެވެ.

ޣައްޒާގެ އުތުރުގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި ބުދަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ކުޑަކުދިންނާއެކު 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ. ކެނޑިނޭޅި ދެމުންދާ ބޮމުގެ ހަމަލާތަކަށް އާއިލާތަކުން ފިލައިގެން ދާއިރު ބިރުވެރިކަމާއި ނާމާންކަމުގެ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީން އިންޒާރު ދީފައި ވަނީ ޣައްޒާއަށް ތެޔޮ ސަޕްލައި ކުރުން ހުއްޓިއްޖެ ނަމަ ބުދަ ދުވަހުގެ ނިޔަލަށް ޣައްޒާގައި ހިންގަމުންދާ މުހިންމު އޮޕަރޭޝަންތައް މުޅިން ހުއްޓިގެން ދާނެ ކަމަށެވެ. މެޑިކަލް އިންފްރާސްޓްރަކްޗާއަށް ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތައް މިހާރުވެސް ވަނީ ބަންދުކުރަން މަޖުބޫރުވެފައެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު އިސްރާއީލުން ހަމަލާދޭން ފެށި ފަހުން ފަލަސްތީނުގެ 11،200 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އދއިން ދަނީ ހަނގުރާމަ ހުއްޓާލުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމުންނެވެ. ޔުނިސެފުން ބުނީ އިސްރާއީލުގެ ވައިގެ ހަމަލާތަކާއި އާޓިލަރީ ހަމަލާތަކުގެ ތެރޭގައި ހަތް ލައްކައަށް ވުރެ ގިނަ ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކުގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

އިސްރާއިލުން ދަނީ ޣައްޒާގެ ސިއްހީ ފަރުވާދޭ ތަންތަނަށާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އަދި ޣައްޒާއަށް ތެޔޮ އެތެރެކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުންނާއި ތެޔޮ ނެތުމުގެ ސަބަބުން، ކަރަންޓުކެނޑި ހޮސްޕިޓަލްތައް ބަންދުކުރަން ދަނީ މަޖުބޫރުކުރުވަމުންނެވެ.

އދ. އާއި ސިއްހީ ޚިދުމަތްދޭ ޖަމާއަތްތަކުން ވެސް ވަނީ ޣައްޒާގެ ހޮސްޕިޓަލްތައް އޮތީ އެކީއެކަށް ހުއްޓުމަކަށް އައުމުގެ މަގުމަތީގައި ކަމަށްބުނެ އިންޒާރު ދީފައެވެ.

ޣައްޒާޔުނިސެފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު