Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާގެ މަސްލަހަތާ ފުށުއަރާ ކަމެއް: ޤާސިމް

ޑިމޮކްރެޓްސްގެ މީހުން ނުކުމެ، މުޅި މަޖިލީސް ތެރޭގައި ހަޅުތާލުކުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2023 | ހޯމަ 09:56
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ގެ މަސްލަހަތާ ފުށުއަރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ޖަލްސާގައި ޤާސިމް ވަނީ މަޖިލީހުގެ ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް ފުރުސަތު ނުދެއްވާ ޑިމޮކްރެޓްސްގެ މެންބަރުން ނުކުމެ މުޅި މަޖިލީސް ތެރޭގައި ހަޅުތާލުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ރިޔާސަތުން ފައިބައި ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުުމަށް ފުރުސަތު ދެއްވުމަށް ވެސް ހޯމަ ދުވަހުގެ ޖަލްސާގައި ޤާސިމް އެދިވަޑައިގަތެވެ.

އާދިއްތަ ދުވަހުގެ ޖަލްސާ ރަނގަޅަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މަޖިލީހުގެ ދެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކުރިއެވެ. އެއީ ބަޖެޓު ހުށަހެޅުމާއި ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވާތީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ކުރިއަށް ނުގެންދެވުނެވެ. ނަޝީދުގެ ގަރާރު އެޖެންޑާ ކުރި ޖަލްސާ ފެއްޓުމާއެކު އެތައް ފަހަރެއްގެ މަތިން އީވާ ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ. އެންމެ ފަހުން ވަގުތު ހަމަވިކަމަށް ވިދާޅުވެ 14:30 ގައި އީވާ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ. އަދި އަންގާރަ  ދުވަހުގެ ޖަލްސާގައި ވެސް ބަޖެޓު ހުށަހެޅުމާއި ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން މިހާރު ވަނީ އީވާގެވެސް އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް، 50 މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024
މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

02 ޖުލައި 2024

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު