Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާންމުންގެ ފާޑުކިޔުން ގާސިމްއަށް

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

ގާސިމްގެ މި ވާހަކަ އަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔާފަ

ރާއްޖެ އެމްވީ | 22 ޖުލައި 2024 | ހޯމަ 12:16
ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ސަރުކާރު ކޯލިޝަންގައި ހިމެނުނު ޕާޓީއެއް

ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ސަރުކާރު ކޯލިޝަންގައި ހިމެނުނު ޕާޓީއެއް

ރައްޔިތުން އިނދަ ޖައްސާލައި ގަރުދިޔަ އާއި ބަތް ކާން ޖެހޭ ނިކަމެތި ހާލަތަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޯމަ ދުވަހު މަޖިލީހުގައި ވިދާޅުވުމުން ގާސިމް އަކީ ކުރީ ސަރުކާރުގެ ބައިވެރި އެއް ކަން ގިނަ ބަޔަކު ގާސިމް އަށް ހަނދާން ކޮށްދީފިއެވެ.

ގާސިމްގެ މި ވާހަކަ އަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔާފައެވެ.

Advertisement - newsAdvertisement

ގިނަ ބަޔެއްގެ ކޮމެންޓްގައި ގާސިމް އަށް ހަނދާން ކޮށްދީފައިވަނީ ގާސިމް އަކީ ކުރީ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމަށާއި، ސަރުކާރުން އެންމެ ގިނަ ފައިދާ ހޯއްދެވި ފަރާތަކީ ގާސިމް ކަމުގައެވެ. އެގޮތުން ގާސިމްގެ ވަޒީރުން ސަރުކާރުގައި ތިއްބެވި ކަމަށާއި، އޭގެ ތެރޭގައި ޚުދު ގާސިމްގެ އަނބިކަނބަލުން ހިމެނޭ ކަމަށް ވެސް ފާޑުކީ މީހުން ބުނެފައިވެއެވެ.

ރައީސް ސާލިހްގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރި އެއްގެ ގޮތުން ވެރިކަމުގެ ދައުރު ނިމެންދެން ޖުމްހޫރީ ޕާޓީ ގެ ވަޒީރުން އެ ސަރުކާރުގައި ތިބި އިރު، ރައީސް ސާލިހްގެ ސަރުކާރު ގައި ނުރަނގަޅު ކަމެއް ހިނގި ނަމަވެސް އަކަމުގެ ޒިންމާ ގާސިމް ވެސް އުފުއްލަވަން ޖެހޭނެ ކަމަށް ސޯޝަލް މީޑިއާ ގައި އެތައް ބަޔަކު ބުނެފައިވެއެވެ.

ރާއްޖޭން މެލޭޝިއާ އަށް ކަނޑައަޅުއްވާފައި ހުންނެވި ކުރީގެ ސަފީރު ދާތޯ ޒަކީ އެކްސް ގައި ވިދާޅުވީ، ގާސިމް އަކީ ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ހޯއްދެވި ފަރާތެއް ކަމަށާއި، ކޮންމެ ސަރުކާރަކުން ޙިއްސާ ގަނެ ފައިދާ ހޯދުމަށް ފަހު އައު ސަރުކާރާއި ގުޅި، ގޮވާނީ ގުދޯ ގުދޯ ކަމަށް ޒަކީ ލިޔުއްވާފައިވެއެވެ.

"ހިހޫތަނުން ކައިގެން ތަނަވަސްކަން ހޯދައިގެން އުޅޭމީހުން އަބަދުވެސް ތިބޭނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ސަނާ ކިޔަން،" ގާސިމްގެ ވާހަކަ އަށް ކޮމެންޓު ކުރަމުން ގާނޫނީ ވަކީލް ޝާހިދު އަބްދުއްސަމަދު އެކްސް ގައި ލިޔުއްވާފައިވެއެވެ.

ދިވެހިން ގަރުދިޔަ އާއި ބަތާ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވެ ގާސިމް، ހޯމަ ދުވަހު، ވާހަކަ ދެއްކެވީ، ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ގަފޫރު މޫސާ މަޖިލީހުގައި ދެއްކެވި ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުން ނިޒާމީ ނުކުތާ ނަންގަވައިގެންނެވެ.

މެމްބަރު ގަފޫރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔަ އިރު ގައުމުގެ އިގްތިސާދު އޮތީ ރަނގަޅަށް ކަމަށާއި، އަދި އިގްތިސާދަށް މި އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން ޖެހޭނެ ބަދަލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައާ އެކު، ގާސިމް ވިދާޅުވީ ހަނިމާދޫ ދާއިރާގެ މެމްބަރު އެ ވިދާޅުވީ "ކަނޑައެޅިގެން ހަގީގަތާ ޚިލާފް" ވާހަކަ އެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޑރ. މުއިއްޒުގެ އަމިއްލަ ގެކޮޅު ހެއްދެވި ގޮތާއި ތަނަވަސްކަން ހޯއްދެވި ގޮތާ ބެހޭ ގޮތުން ތުހުމަތު ތަކެއް ކުރައްވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި ގާސިމް، މިހާރު ހުންނެވީ ޑރ މުއިއްޒުގެ ސަރުކާރާ އެކުގައެވެ.

މަޖީލީހުގައި ޑރ. މުއިއްޒުގެ ސަރުކާރު ދިފާއު ކުރައްވާ ގާސިމް ވިދާޅުވީ، އިގްތިސާދަށް މި ހާލަތު ދިމާވީ މައިގނޑުގެ ގޮތެއްގައި އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމުގައެވެ.

ޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހީމްމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

02 ޖުލައި 2024
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް

ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް

10 ޖޫން 2024

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު