Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އިތުރު ވަގުތުގެ ޕެނަލްޓީން، ސިޓީ އަތުން ޗެލްސީ އަށް ޕޮއިންޓެއް!

13 ނޮވެމްބަރު 2023 | ހޯމަ 00:50

މެޗު އެއްވަރުވީ 4-4 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ނޮވެމްބަރު 2023 | ހޯމަ 00:50
ކޯލް ޕަލްމާ ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު: ފޮޓޯ-ރޮއިޓަރސް

ކޯލް ޕަލްމާ ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު: ފޮޓޯ-ރޮއިޓަރސް

އިތުރު ވަގުތުގެ ޕެނަލްޓީން ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ އެއްވަރުވުކޮށް, ޗެލްސީން ޕޮއިންޓެއް ހޯދައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ޕްރިމިއަރ ލީގުގެ މެޗު އެއްވަރުވީ 4-4 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސިޓީން ކުރި ހޯދީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ހާލަންޑެވެ. މިއީ ކުކުރޭލާ ހާލަންޑަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެކަމަކު ތިން މިނިޓްގެ ތެރޭގައި ބްރެޒިލްގެ ޑިފެންޑަރ ތިއާގޯ ސިލްވާ ލަނޑު ޖަހާ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި ގިނައިރެއް ނުވެ ސިޓީގެ ކުރީގެ ފޯވާޑް ސްޓާލިންގ ލަނޑު ޖަހާ ޗެލްސީ އަށް ކުރިހޯދައިދިނެވެ. އެލީޑްގައި ޗެލްސީ އަށް އޮވެވުނީ އެންމެ އަށް މިނިޓެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ބާނާޑޯ ސިލްވާ ނެގި ހުރަސް ގޯލަށް ފޮނުވާލައިގެން އަކަންޖީ ޖެހި ލަނޑާއެކު ހާފް ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި އަލުން ކުރިހޯދީ ސިޓީންނެވެ. އެއީ އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުޞަތުން ހާލަންޑް ޖެހި ލަނޑުންނެވެ. އެކަމަކު ހާފްގެ ކުރީކޮޅު ނިކޮލަސް ޖެކްސަން ލަނޑު ޖަހާ ޗެލްސީން އަލުން އެއްވަރުކުރިއެވެ. 86 ވަނަ މިނިޓްގައި ރޮޑްރީ ލަނޑު ޖެހުމުން މެޗުން ސިޓީ މޮޅުވީކަމަށް ބެލެވުނެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ އަކުން ސިޓީ އަތުން ޗެލްސީން ޕޮއިންޓެއް ހޯދިއެވެ. ރުބެން ޑިއާޒް ކުރި ފައުލަށް, އިތުރު ވަގުތުގެ ފަސްވަނަ މިނިޓްގައި ދިން ޕެނަލްޓީ ކާމިޔާބުކުރީ މިސީޒަންގައި ސިޓީން ޗެލްސީ އަށް ބަދަލުވި ޒުވާން ފޯވާޑް ކޯލް ޕަލްމާއެވެ.

މެޗުން މޮޅުނުވިޔަސް ސިޓީ އޮތީ ލީގު ތާވަލްގެ އެއްވަނާގައެވެ. ނަމަވެސް ދެވަނާގައިވާ ލިވަޕޫލާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

ޕްރިމިއަރ ލީގުޗެލްސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް