Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ވޮލީ މުބާރާތް

އިންޓަ ސްކޫލް ވޮލީ މުބާރާތް: 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ކެޔޮދޫ ސްކޫލަށް

ކެޔޮދޫ ސްކޫލުން ފައިނަލް މެޗު ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2023 | އާދީއްތަ 10:59
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ކެޔޮދޫ ސްކޫލް

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ކެޔޮދޫ ސްކޫލް

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ކެޔޮދޫ ސްކޫލުން ހޯދައިފިއެވެ.

ކެޔޮދޫ ސްކޫލުން ޗެމްޕިއަންކަން ހޯދީ، ފައިނަލްގައި މ އަތޮޅު މަދަރުސާގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު މ އަތޮޅު މަދަރުސާއިން ހޯދީ 22-25ންނެވެ. ނަމަވެސް ކެޔޮދޫ ސްކޫލުން ވަނީ ޖެހިގެން އައި ތިން ސެޓުވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-14، 25-12 އަދި 25-14އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ސްކޫލުގެ އާމިނަތު ރައިޝާ އިބްރާހީމެވެ.

މިބައިގެން އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ، ޗެމްޕިއަން ކެޔޮދޫ ސްކޫލުގެ ނަޚްވާ ނޫޙު މުޙައްމަދު، އާމިނަތު ރައިޙާނަތު ފާއިޒު، މަރިޔަމް ނަޖުވާ ނިޒާރު، އާމިނަތު ރައިޝާ އިބްރާހީމް، މ އަތޮޅު ސްކޫލުގެ ފާތިމަތު އިބާ ޠާހިރު އަދި ސީއެޗްއެސްއީގެ މަނާލް އިސްމާއީލް ރަޝީދުއެވެ. މި ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ކެޔޮދޫ ސްކޫލުގެ އަޙުމަދު ޢަބްދުލްކަރީމެވެ.

މިއަހަރުގެ މުބާރާތުގައި ވަނީ 19 ސްކޫލަކުން ވާދަކޮށްފައެވެ. އެއީ އަތޮޅު ތެރެއަށް ނިސްބަތްވާ ނުވަ ސްކޫލުގެ އިތުރުން މާލޭ ސަރަހައްދުން 10 ސްކޫލެކެވެ. މުބާރާތުގައި ޖުމުލަ 42 ޓީމެއް ވާދަކުރެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން އިންޓަ ސްކޫލް ވޮލީ މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު