ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 07:08
ޙިޒުބުﷲގެ ލީޑަރު ޝައިޚް ސައްޔިދު ޙަސަން ނަޞްރުﷲ
ޙިޒުބުﷲގެ ލީޑަރު ޝައިޚް ސައްޔިދު ޙަސަން ނަޞްރުﷲ
ރޮއިޓާސް
ޙިޒްބުﷲ ހަނގުރާމައިގައި ދެމިއޮންނާނެ
އައު ހަތިޔާރުތަކެއް އުފައްދައި، ހަނގުރާމައިގެ މައިދާނުގައި ދެމިއޮންނާނެ ކަމަށް ހިޒްބުالله އިން ބުނެފި
 
ހިޒްބުالله އުފެދުނީ އިސްރާއީލުން ލުބުނާނުގެ ދެކުނު ހިސޯރުކުރުމާ ދެކޮޅަށް ހިންގުނު ދެކޮޅުވެރިކަމުގެ ހަރަކާތެއްގެ ގޮތުގައި

ލުބްނާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން އިސްރާއީލާ ދެކޮޅަށް އައު ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ، ދުޝްމަނުންނާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެމި އޮންނާނެ ކަމަށް ބުނެފި އެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށުނު ފަހުން ހޮނިހިރު ދުވަހު ދެއްވި ދެވަނަ ތަގުރީރުގައި ސައީދު ހަސަން ނަސްރުالله ވިދާޅުވީ ޙިޒްބުﷲ ޖަމާއަތަށް އޮޕަރޭޝަންތަކާއި ޓާގެޓްތަކުގެ އަދަދު "ކުއަންޓިޓޭޓިވް އިމްޕްރޫވްމަންޓް" އައިސްފައިވާ ކަމަށެވެ.

ނަސްރުالله ވިދާޅުވީ އިސްރާއީލުގެ އުތުރުގެ އަވަށެއް ކަމަށްވާ ކިރިޔަތު ޝްމޯނާއަށް ފުރަތަމަ ފަހަރަށް އެ ޖަމާއަތުން ހަމަލާދީފައިވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން އަންހެން ކުދިންނާއި އެ ކުދިންގެ ދައްތަ ޝަހީދުވުމާ ގުޅިގެން ކަމަށެވެ.

ނަސްރުالله ވިދާޅުވީ އެ ޖަމާއަތުން ފުރަތަމަ ފަހަރަށް 300-500 ކިލޯގެ އެކްސްޕްލޯސިވް ޕެލޯޑެއް ބޭނުންކޮށްގެން ހަތިޔާރު އެޅި ޑްރޯންތަކާއި "ބުރުކަން" މިސައިލެއް ވެސް ބޭނުންކޮށްފައިވާ ކަމަށެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށުނީއްސުރެ ހިޒްބުالله އާއި އިސްރާއީލާ ދެމެދު ލުބުނާން-އިސްރާއީލު ބޯޑަރު ސަރަހައްދުގައި ކުރިމަތިލުންތައް ހިނގަމުންދާއިރު، ސަރަހައްދީ ހަމަނުޖެހުންތައް ފުޅާވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ލުބުނާނުގައި ޙަރަކާތްތެރިވާ ޝީއީ ސިޔާސީ އަދި އަސްކަރީ ޖަމާއަތެއް ކަމަށްވާ ހިޒްބުالله އަކީ ލުބުނާނުގެ އިޖުތިމާއީ ސިޔާސީ މާހައުލުގައި ވަރަށް ދުރު ތާރީޚެއް އޮތް ޖަމާޢަތެކެވެ.

ލުބުނާނުގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު 1980ގެ އަހަރުތަކުގެ ކުރީކޮޅު އުފެދުނު ހިޒްބުالله އުފެދުނީ އިސްރާއީލުން ލުބުނާނުގެ ދެކުނު ހިސޯރުކުރުމާ ދެކޮޅަށް ހިންގުނު ދެކޮޅުވެރިކަމުގެ ހަރަކާތެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރުގަދަ ސިޔާސީ އަދި އަސްކަރީ ބާރަކަށް ތަރައްޤީވެ، ލުބުނާނުގެ ދާޚިލީ ކަންކަމުގައި ބޮޑު ނުފޫޒެއް ފޯރުވާފައިވެއެވެ.

އީރާނާއި ސީރިއާގެ ތާއީދާއެކު ހިޒްބުالله އިން ވަނީ ވަރުގަދަ އަސްކަރިއްޔާއެއް ތަރައްގީކޮށް، 2006 ވަނަ އަހަރު އިސްރާއީލާ އެކު ލުބުނާނުން ހިނގި ހަނގުރާމަ ފަދަ ހަމަނުޖެހުންތަކުގައި ބައިވެރިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް