Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކިޑްނެޕްކުރުމުގެ މައްސަލަ

ބިދޭސީއެއް ކިޑްނެޕްކުރި ބިދޭސީއަކު ބަންދުކޮށްފި

މީހަކު ރަހީނުކޮށް އަނިޔާކޮށްފައިވާކަމަށް ހެކި ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ނޮވެމްބަރު 2023 | ހޮނިހިރު 13:43
ބިދޭސީންތަކެއް އެއްވެފައި އޮތްތަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ބިދޭސީންތަކެއް އެއްވެފައި އޮތްތަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ބިދޭސީއެއް ކިޑްނެޕްކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ބިދޭސީ މީހާ ކިޑްނެޕްކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާރިފް ހޮސައިން (37އ) ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުކުރަން ނިންމާފައިވަނީ ރިމާންޑް ޖަލެއްގައި ޝަރީއަތް ނިމެންދެންނެވެ. އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވާކަމަށް ފެންނަ ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ބަޔާންތަކުންނާއި، އަނިޔާލިބުނު ފަރާތާއި ސީނުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށެވެ.

އަދި ކުށުގެ އަމަލު ހިންގުމުގައި އިތުރުބަޔަކާއެކު އޭނާ ބައިވެރިވެފައި ވުމުންނާއި، އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް އަނިޔާލިބުނު ފަރާތާމެދު ހިންގާފައިވާ ކަމަށް ބެލެވޭތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެންނަކަމަށް ބަންދުގައި ބަހަށްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރު އޭނާއަކީ ގަވާއިދާ ހިލާފަށް އުޅޭ ފަރާތެއްކަމަށްވާތީ ފިލައިގެން ދިއުމުގެ އިހްތިމާލުވެސް އޮތްކަމަށް ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލްކްރިމިނަލް ކޯޓްބަންގްލަދޭޝްރަހީނުކުރުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު