Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ހާލަތު

ޣައްޒާގެ އުތުރުގައި އުޅޭ މީހުން ސަލާމަތްވާން އޮތް ހަމައެކަނި މަގު: ފުރާނަ އަތްމައްޗަށް ލައިގެން ފައިމަގުގައި ފަސްގަޑިއިރުގެ ދަތުރެއްކުރުން

11 ނޮވެމްބަރު 2023 | ހޮނިހިރު 03:01

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ޣައްޒާގެ އުތުރުން 100،000 އެއް ހާ މީހުން ވަނީ ދެކުނަށް ބަދަލުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ނޮވެމްބަރު 2023 | ހޮނިހިރު 03:01
ޣައްޒާގެ އުތުގައި އުޅޭ އެތައް ހާސް ރައްޔިތުންނެއް ހިނގާފައި ދެކުނަށް ބަދަލުވަނީ

ޣައްޒާގެ އުތުގައި އުޅޭ އެތައް ހާސް ރައްޔިތުންނެއް ހިނގާފައި ދެކުނަށް ބަދަލުވަނީ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް އެތައް ހާސް ރައްޔިތުންނެއް ފައިމަގުގައި ޣައްޒާގެ ދެކުނަށް ބަދަލުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާ ހިފުމަށް ކުރާ މަސައްކަތުގައި މިހާރު އިސްރާއީލު ސިފައިންގެ ފައުޖުތައް އޮތީ ޣައްޒާ ސިޓީ ވަށާލާފައެވެ. އުތުރުގައި އިސްރާއީލު އަސްކަރިއްޔާ އޮތީ ޝާތީ ރެފިޔުޖީ ކޭމްޕުގައެވެ. އަދި އިރުމަތިން ޣައްޒާގެ މެދުގައި އޮންނަ ޣައްޒާ ސިޓީ އަށް ވަނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މީހުން ދިރިއުޅެމުން އަންނަ ތަންތަނާއި އެތައް ހާސް ބަލި މީހުންނާއި ބޯހިޔާވަހިކަން ހޯދަމުން އަންނަ ހޮސްޕިޓަލުތައް އިސްރާއީލުގެ ޓޭންކަރުތަކުން ވަށާލާފައިވާއިރު އެތައް ހަމަލާތަކެއް އަންނަނީ ހޮސްޕިޓަލްތަކަށް ދެމުންނެވެ. ބައެއް ހޮސްޕިޓަލުތަކުގައި ތިބި އެތައް ސަތޭކަ ބަލި މީހުންނާއި ބޯހިޔާވަހިކަން ހޯދަމުން އަންނަ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން އެތަން ދޫކޮށްދާން އިސްރާއީލުން އަންނަނީ އަންގަމުންނެވެ. އެއާއެކު ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ ފުރާނަ ސަލާމަތްކުރުމަށް ޣައްޒާގެ ދެކުނަށް ބަދަލުވާށެވެ.

ހުކުރު ދުވަހު އިސްރާއީލުގެ އެއްގަމު މަގުގެ ހަމަލާތައް ވަރުގަދަ ވެފައިވާއިރު އެތައް ހާސް ރައްޔިތުންނެއް ވަނީ ޣައްޒާގެ ދެކުނަށް ފައިމަގުގައި ގޮސްފައެވެ. ޣަައްޒާގެ މައި މަގުން ފަސް ގަޑިއިރު ހިނގާފައި މީހުން ދަނީ ހުދަ ދިދަ ނަގައިގެން އަމާން ދިންކަން ހާމަކުރަމުންނެވެ. އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނާއި ކުޑަކުދިންނާއި އިސްރާއީލުން ދިން ހަމަލާތަކުގައި ބޮޑެތި ޒަޚަމްތައް ލިބިފައިވާ މީހުންވެސް އަންނަނީ ދެކުނަށް ބަދަލުވަމުންނެވެ.

ބޮޑެތި އޮޕަރޭޝަންތައް ކޮށްފައި ތިބި މީހުން ވީލް ޗެއަރގައި އެމީހުންގެ އާއިލާތަކުން ގެންދާއިރު މުސްކުޅިން އަތުލަފިކޮށްގެންނާއި ވީލް ޗެއަރގައި ގެންދާ މަންޒަރު ފެނެއެވެ. އެމީހުން ގެންދަނީ ހަމައެކަނި ކޮންމެހެން ބޭނުންވާ އެއްޗިއްސެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ޣައްޒާގެ އުތުރުން 100،000 އެއް ހާ މީހުން ވަނީ ދެކުނަށް ބަދަލުވެފައެވެ. އަނެއްކޮޅުން ފައިމަގުގައި ހިނގާފައިދިޔަ މީހުންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހަމަލާދީފައެވެ. އަދި އިސްރާއީލުގެ ޗެކްޕޮއިންޓްތަކުން މީހުން ބަލާފާސްކުރަމުންދެއެވެ.

ޣައްޒާގެ މިހާރު ހާލަތާއި ގުޅޭގޮތުން އދ ގެ ހިޔުމަނިޓޭރިއަން އޮފީހުން ބުނެފައިވަނީ ޣައްޒާގެ އުތުރަށް އެހީގެ ތަކެތި ފޯރުކޮށް ނުދެވޭކަމަށެވެ. އަދި ޣައްޒާ އަކީ މިހާރު ދުނިޔެ މަތީގެ ނަރަކައިގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އދން ބުނެފައިވާ ގޮތުގައި ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން 1.5 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. ގިނަ އަދަދެއްގެ ބަޔަކު ޣައްޒާގެ ދެކުނަށް ބަދަލުވިނަމަވެސް އިސްރާއީލުން އަންނަނީ ޣައްޒާގެ ދެކުނަށް އަމާޒުކޮށްވެސް ހަމަލާދެމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
28 ފެބުރުއަރީ 2017

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް