Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިކެޓް ވޯލްޑްކަޕް

އިދިކޮޅު ޕާޓީތަކުގެ ތާއީދާއެކު ލަންކާ ކްރިކެޓް ބޯޑު އުވާލަން ޕާލިމެންޓުން ފާސްކޮށްފި

ލަންކާގެ މިހާރުގެ ކްރިކެޓް ބޯޑާއި ޗެއާމަން ޝައްމި ސިލްވާގެ މެނޭޖްމަންޓަށް އިތުބާރެއް ނެތް: އިދިކޮޅު ލީޑަރު ސަޖިތު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2023 | ހުކުރު 06:59
ލަންކާ ކުޅުންތެރިން ވޯލްޑްކަޕުގައި: ސެމީ އަށް ނުގޮސް ވަނީ ކަޓާފައި

ލަންކާ ކުޅުންތެރިން ވޯލްޑްކަޕުގައި: ސެމީ އަށް ނުގޮސް ވަނީ ކަޓާފައި

ސްރީލަންކާގެ ކްރިކެޓް ބޯޑު އުވާލަން އެ ގައުމުގެ ޕާލަމެންޓް (ގާނޫނު ހަދާ މަޖިލީހުން) ގަރާރެއް ފާސްކޮށްފި އެވެ.

މި ގޮތަށް ނިންމީ ކްރިކެޓް ވޯލްޑްކަޕުގައި ލަންކާ ދެއްކި ދަށް ކުޅުމާއި މާއަވަހަށް މުބާރާތުން ކެޓުމުން ކުޅިވަރާ ބެހޭ ވަޒީރު ރޯޝަން ރަނަސިންހާ ގައުމީ ކްރިކެޓް ބޯޑު އުވާލަން ނިންމެވި ނިންމުމަށް ކޯޓުން ދެކޮޅު ހެދުމުންނެވެ. މީގެ ދެ ދުވަސް ކުރިން ކޯޓް އޮފް އެޕީލްއިން ނިންމީ ބޯޑު އުވާނުލެވޭނެ ކަމަށެވެ.

މިއާއެކު ލަންކާގެ ޕާލިމެންޓުން ބޯޑު އުވާލަން ނިންމީ ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ ތާއީދާއެކުގަ އެވެ. އެއީ ކްރިކެޓް ބޯޑު އިސްތިއުފާ ދިނުމަށް ގޮވާލުމާއެކުގަ އެވެ. ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތް ޕްރެމަދާސާ ވިދާޅުވީ ބޭނުންވަނީ ލަންކާގެ ކްރިކެޓްގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަން ހުއްޓުވައި ސަޕޯޓަރުންނަށް ރަނގަޅު ގޮތުގައި ލަންކާ ކްރިކެޓްގެ ހައިބަތު ދައްކައިދިނުމަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޯޓް އޮފް އެޕީލްއިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ލަންކާގެ މިހާރުގެ ކްރިކެޓް ބޯޑާއި އެބޯޑުގެ ޗެއާމަން ޝައްމި ސިލްވާގެ މެނޭޖްމަންޓަށް އިތުބާރެއް ނެތް ކަމަށާއި އެއަށްވުރެ މާބޮށް އިހުމާލުވެފައިވާ ކަމަށެވެ.

ލަންކާ ގައުމީ ޓީމު އިއްޔެ ވަނީ ވޯލްޑްކަޕަށް ފަހު އެނބުރި ލަންކާ އަށް ގޮސްފަ އެވެ. ޓީމު ލަންކާއަށް ދިއުމާ ދިމާކޮށް ޗީފް ސެލެކްޓަރު ބުނެފައިވަނީ ޓީމު ތެރޭގައި ކުދިކުދި ގްރޫޕްތައް ވެސް ހިމެނޭ ކަމަށާއި ގޮތްނޭނގޭ ރޭވުންތަކެއް ރާވާފައިވާ ކަމަށެވެ. އަދި ލަންކާ މާ އަވަހަށް މުބާރާތުން ކެޓީ އެއް ފެންވަރެއްގައި ޓީމުގެ ކުޅުން ދެމެހެއްޓިފައިނުވާތީ ކަމަށެވެ.

މިދިޔަ މެއި މަހު ދެ އަހަރު ދުވަހަށް އިންތިހާބުކުރި ކްރިކެޓް ބޯޑުގެ ހުރިހާ މެންބަރުން މަގާމުން ވަކިކުރިކަން ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ރޯޝަން ރަނަސިންހާގެ އެންގެވީ ރަސްމީ ސިޓީއަކުންނެވެ. އޭނާ ވަނީ އައު ބޯޑެއް އިންތިހާބު ކުރުމަށް ހަތް މެންބަރުންގެ އިންޓަރިމް ކޮމިޓީއެއް އައްޔަންކުރައްވާފަ އެވެ.

މިކަން ލަންކާ ސަރުކާރުން ވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އާ ވެސް ހިއްސާކޮށްފަ އެވެ. ދުނިޔޭގެ ކްރިކެޓް ޖަމާއަތުގެ ކިބައިން ސްޕޯޓްސް މިނިސްޓަރު އެދިވަޑައިގަތީ އޭނާގެ މި ނިންމުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނުބެލުމަށެވެ. އަދި މިއީ ލަންކާގެ ކްރިކެޓް "ކޮރަޕްޝަން ހާއްޔަކަށްވުމުން،" ކަންކަން ރަނގަޅު ކުރުމަށް ގެނައި ބަދަލެއް ކަމުން، މިކަން ގަބޫލުކޮށް، ލަންކާ ސަރުކާރަށް އެއްބާރުލުން ދިނުމަށެވެ. ސަރުކާރުގެ ނުފޫޒު ކްރިކެޓަށް ވަންނަކަމުގައިވާނަމަ އެ ގައުމެއް އައިސީސީން ސަސްޕެންޑްކުރެ އެވެ. ނަމަވެސް ލަންކާގެ މި ނިންމުމާމެދު އައިސީސީން އަދި ވަކިއެއްޗެއް ނުބުނެ އެވެ.

އޭނާ ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ލަންކާގެ ކްރިކެޓް ބޯޑުގެ މެންބަރުން މަގާމުގައި ދެމިތިބުން އެކަށީގެންނުވާ ކަމަށެވެ.

ސްރީލަންކާގެ ކްރިކެޓްގައި ކޮރަޕްޝަން އުޅޭކަމަށް ތުހުމަތުކޮށް ސްޕޯޓްސް މިނިސްޓަރު ވަނީ އެކަން ތަހުގީގުކުރަން މިދިޔަ މަހު ތިން މެންބަރުންގެ ކޮމިޓީއެއް ވެސް ނަގައިފަ އެވެ. ނަމަވެސް މިކަން ނުކުރެވޭނެ ކަމަށާއި މިއީ ސަރުކާރުގެ ނުފޫޒުވަނުން ކަމަށް ބުނެ އެކަން ހުއްޓާލަން އައިސީސީން ލަންކާ ސަރުކާރަށް އެއިރު ޕްރެޝަރުކުރި އެވެ.

ލަންކާގެ ކްރިކެޓްގެ އައު އިންތިހާބު ބާއްވަން ސަޕޯޓްސް މިނިސްޓަރު ނެގި އިންޓަރިމް ކޮމިޓީގެ ޗެއާމަނަކީ 1996ގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަރުޖުނާ ރަނަތުންގާ އެވެ. އަދި ކޮމިޓީގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ވެސް ހިމެނެ އެވެ.

ކިރިޔަކިރިޔާ ވޯލްޑްކަޕަށް ކޮލިފައިވި ލަންކާ މުބާރާތުގައި ދައްކާފައިވަނީ ވަރަށް ދަށް ކުޅުމެކެވެ. އަދި އިންޑިޔާ އަތުންވި ބައްޔަކީ ކްރިކެޓްގައި ޓީމަކުން ހަތަރުވަނަ އަށް ހެދި އެންމެ ދަށް ސްކޯ އެވެ. މިކަމާ ލަންކާ ރައްޔިތުން ވަނީ ކްރިކެޓް ބޯޑުގެ އޮފީސް ދޮށަށް އެއްވެ މުޒާހަރާވެސް ކޮށްފަ އެވެ. އަދި މިކަން ހުއްޓުވަން ލަންކާ ސަރުކާރަށް ފުލުހުން ވެސް ނެރެ، ފޯރިއަށް ބައިތިއްބަން ޖެހުނެވެ.

މިހިސާބަށް ދިއުމުން ލަންކާގެ ކްރިކެޓްގެ ނާކާމިޔާބީގެ ވާހަކަ އާއި ކްރިކެޓް ބޯޑުގެ މައްސަލަތަކުގެ ވާހަކަ ޕާލިމެންޓް މެންބަރުން ވަނީ ޗެމްބަރުގައި ދައްކަން ފަށައިފަ އެވެ. އިންޓަރިމް ކޮމިޓީގެ ޗެއާމަންގެ ބޭބެ އަދި ލަންކާގެ ކެބިނެޓް މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ މިދިޔަ އޮގަސްޓްމަހު ޕާލިމެންޓްގައި ވިދާޅުވީ 96ގައި ވޯލްޑްކަޕް ކާމިޔާބުވުމަށްފަހު ލަންކާގެ ކްރިކެޓް ބޯޑުގައި ފައިސާގެ އޮއިވަރު ހިނގަން ފެށި ކަމަށާއި މިއީ ވައްކަންކުރަން ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު ހަރިން ފެނާންޑޯ އަކީ ހަރުކަށި އެންޓި ކޮރަޕްޝަން ގާނޫނެއް 2019 ވަނަ އަހަރު ތައާރަފް ކުރެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ އައިސީސީން ވެސް ދެކޭ ގޮތުގައި ކްރިކެޓް ކުޅޭ ގައުމުތަކުގެ ތެރެއިން ލަންކާ އަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް އެއް ގައުމުކަމަށެވެ.

ލަންކާގެ މި ނިންމުން ރާއްޖެ އަށް މިސާލަކަށް ވަނީ ރާއްޖޭގައި ވެސް ކުޅިވަރުގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެފިލިއޭޓްވެފައިވާ އިންޓަނޭޝަނަލް ޖަމާއަތްތަކުން ކުޅިވަރު ގައުމީ ޓީމަށް ނުކުޅެވޭގޮތަށް ސަސްޕެންޝަނެއްގެ ބިރު ކަމަށްވާތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

28 މެއި 2017
ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް

ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް

22 މެއި 2017
 ލަންކާއާ ވާދަކޮށް އިންޑިއާއިން ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި

ލަންކާއާ ވާދަކޮށް އިންޑިއާއިން ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި

21 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: ފަހަތުން އަރާ ލަންކާގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދައިފި

ސާބާ ޗެމްޕިއަންޝިޕް: ފަހަތުން އަރާ ލަންކާގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދައިފި

20 މެއި 2017
ލަންކާ އަތުން ބަލިވެ ރާއްޖެ ރޭންކިންގެ މެޗުތަކަށް

ލަންކާ އަތުން ބަލިވެ ރާއްޖެ ރޭންކިންގެ މެޗުތަކަށް

09 މެއި 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު