Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެއަރ ސޮސައިޓީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދެވެންޖެހޭ: ކެއަރ ސޮސައިޓީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަކީ ކެއަރ ސޮސައިޓީގެ އަމާޒު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ނޮވެމްބަރު 2023 | ބުރާސްފަތި 06:19
ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަޙްމަދު އާތިފް

ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަޙްމަދު އާތިފް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދެވޭނެ ގޮތެއް ހޯދަންޖެހޭކަމަށް ކެއަރ ސޮސައިޓީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ، މީގެ 25 އަހަރު ކުރިން ގެއެއްގެ ސިޓިންގ ރޫމުން ފެށުނު މި މަސައްކަތް މިހާރު ނުހަނު ފުޅާވެ މިހިސާބަށް އައިސްފައިވާއިރު، މިހާރު ކެއަރ ސޮސައިޓީ ހިންގަމުންދަނީ މުސްތަޤިއްލު ބޯޑެއްގެ ދަށުންކަމަށެވެ.

އާތިފް ވަނީ ކެއަރ ސޮސައިޓީން ކުރާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

އާތިފް ވިދާޅުވީ، މިހާރުވެސް ކެއަރ ސޮސައިޓީން 75 ކުދިން ޚިދުމަތް ހޯދާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަށައިގަންނަ އުމުުރުގެ ގިނަ ކުދިންކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، ފެނުމާއި އަޑުއިވުން ނޫން ހުރިހާ ގިންތިއެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވެމުންދާކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަކީ ކެއަރ ސޮސައިޓީގެ އަމާޒުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކެއަރ ސޮސައިޓީން ޚިދުމަތް ދެމުންދާ ކަންކަމަށް ބަލާއިރު، އުނގެނުމުގައި ހުންނަ ނުކުޅެދުންތެރިކަމާއި، އޯޓިޒަމްއާއި އެނޫން ވެސް އެކި ގިންތިތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެއް ފުރާޅެއްގެ ދަށުން އެފަދަ ކުދިންނަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތެއް ހޯދަންޖެހޭކަމަށާއި، ކެއަރ ސޮސައިޓީގެ ބޯޑުގެ މިހާރުގެ ވިސްނުމަކީ އެ އަމާޒަށް ދިއުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ބައެއް ފަހަރު މުއާމަލާތުކުރުން ލަސްވުން ފަދަ ކަންކަން ދިމާވުމުން، އެކަށީގެންވާ މައުލޫމާތު ނެތި އެއީ އޯޓިޒަމްކަމަށް ނިންމާ ފަހަރުވެސް އަންނަ ކަމަށާއި، ރާއްޖޭގެ ޑައިގްނޯސް ނިޒާމަކީވެސް އެންމެ ފުރާ ފުރިހަމަވެފައިވާ ނިޒާމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ކެއަރ ސޮސައިޓީއަށް 25 އަހަރުވެގެންދާއިރު، މިވަގުތު 20 މުވައްޒަފުންނާއި، ބޯޑުގެ 7 މެންބަރުންނާއި އެކި ގޮތްގޮތުން މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއެކު ބަދަހި އާއިލާއެއް އޮތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އާތިފް ވަނީ އާންމުންގެ އިތުބާރު ހޯދުމަށް ކެއަރ ސޮސައިޓީން ކުރާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު