Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާޖިދާ މުހައްމަދު

ސާޖިދާ އަށް ޑީޖީގެ މަގާމު ނުދިން މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަށް: ސުޕްރީމް ކޯޓު

ސާޖިދާ ދެކިވަޑައިގަންނަވަނީ އިއުލާނު ބާޠިލުކޮށްފައިވަނީ އޭނާއަށް ވަޒީފާ ނުދިނުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 09:48
އިންތިޚާބީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

އިންތިޚާބީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

އިންތިޚާބީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ނުދޭން ނިންމި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މައްސަލައިގެ ފަސްފަހަތް:

Advertisement - newsAdvertisement

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 2 އޮގަސްޓް 2020 ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް ސާޖިދާ މުޙައްމަދު ކުރިމަތިލައްވާފައިވެއެވެ.

އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި އިންޓަރވިއު މަރުޙަލާއަށްފަހު ސާޖިދާ މުޙައްމަދު އެ މަޤާމަށް ހޮވިފައިވާކަމަށާއި، ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ކުރަމުންދާކަމަށް މިނިސްޓްރީން ސިޓީއަކުން އޭނާއަށް އަންގާފައިވެއެވެ.

އެހެންނަމަވެސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހިންގުމުގެ އޮނިގަނޑަށް 2021 ވަނަ އަހަރު ބަދަލު ގެނައުމަށް ނިންމާފައިވާތީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ އިޢުލާން ބާޠިލު ކޮށްފައިވާކަން 08 ޑިސެންބަރު 2020 ގައި ސާޖިދާ މުޙައްމަދު އަށް މިނިސްޓްރީ އޮފް ހެލްތުން އަންގާފައިވެއެވެ.

އެއަށްފަހު 11 މޭ 2022 ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް އިތުރު އިޢުލާނެއް ސިވިލް ސަރވިސް ކޮމިޝަނުން ކުރިއެވެ.

އެހެންނަމަވެސް، މި އިޢުލާނު ކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގައި ސާޖިދާ މުޙައްމަދުގެ ފަރާތުން ވިދާޅުވެފައިވެއެވެ.

މައްސަލަ ކުރިއަށް ގޮސްފައިވާ ގޮތް:

ހެލްތު މިނިސްޓްރީގެ އިއުލާނު ބާޠިލުކޮށްފައިވަނީ ސާޖިދާ މުޙައްމަދަށް ވަޒީފާ ނުދިނުމަށްކަމަށް ދެކިވަޑައިގެން ސާޖިދާ ވަނީ އިއުލާނު ބާޠިލުކުރި ކުރުމަކީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައިދީ، އިޢުލާނު ބާޠިލުކުރި ހިސާބުން ވަޒީފާގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

އެހެންނަމަވެސް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ކަމަށް ސިވިލް ކޯޓުން ނިންމުމާއި ގުޅިގެން، އޭނާ ވަނީ ޓްރައިބިއުނަލަށް މައްސަލަ ހުށައަޅުއްވާފައެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކަށް ތަފާތު ކޮށްފައިވަނީ ކޮން ދާއިރާއަކުން ނުވަތަ ކޮން ހަމައަކުންކަން ބަޔާންކޮށްދީފައި ނުވާތީ ސާޖިދާ މުޙައްމަދު އެދިފައިވާ ފަދަ އަމުރެއް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ސާޖިދާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ސާޖިދާ މުޙައްމަދު ހުށަހެޅި އިސްތިއުނާފު ފޯމުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ނުފެންނާތީ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތްކަމަށް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ.

އަދި "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގައި" ވެސް ވަނީ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅާފައެެވެ.

ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގައި އަދި ފަނޑިޔާރުންގެ ނިންމުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސާޖިދާ މުޙައްމަދު ހުށަހެޅި އިސްތިއުނާފުގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ނެތްކަމަށެވެ.

ވުމާއެކު، ހައިކޯޓުގެ "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ސާޖިދާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

އިސްތިއުނާފީ ނުކުތާގައި ސާޖިދާ މުޙައްމަދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނ،ީ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭނެ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނ،ީ ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަން ފާހަގަކޮށް ސާޖިދާ މުޙައްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކުރުމަކާ ނުލައ،ި އަދި އެ ނިންމުމަށް ފަނޑިޔާރުން ވާޞިލުވި ސަބަބު ބަޔާންކުރުމެއް ނެތިކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ތަފާތު ކުރުމުގެ ވާހަކަ މި މައްސަލައިގައި އެއް ނުކުތާއެއްގެ ގޮތުގައި ހިމެނޭއިރު، މި މައްސަލައިގައި ޝަކުވާ ކޮށްފައިވަނީ އެހެން މީހަކަށް ވަޒީފާ ދިނުމުގެ ކުރިން ކަމަށްވެފައި، ތަފާތުކުރެވިފައިވަނީ ކޮން ފަރާތްތަކެއްގެ މެދުގައިކަމާއި، ތަފާތުކޮށްފައިވާ ގޮތަކީ ކޮބައިކަން އެނގެން ނެތް ކަމަށެވެ. ވީއިރު، މައްސަލައިގެ ނިންމުމަށް އަސަރު ކުރާނެ ޤާނޫނީ ބަހުސެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައިނުވާކަން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

އަދި މިނިސްޓްރީގެ ނިންމުމަކީ އިސްތިއުނާފުކުރާ ފަރާތް އޭރު މާލެ ސިޓީ މޭޔަރުގެ އަނބިކަނބަލުންނަށް ވެފައި، އިދިކޮޅު ސިޔާސީ ފަރާތަކާ ގުޅުންހުރި ފަރާތަކަށްވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް އެ ނުކުތާގައި ދައްކާފައިވާ ވާހަކަތަކުން ބާރުނުދޭކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ޓްރައިބިއުނަލްގެ ރިޕޯޓުގައިވާ ވާހަކަތަކަށް ބަލާއިރު، ސާޖިދާގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާއަކީ ވެސް އެއިން އުފެދޭ ބަހުސަކުން މައްސަލައިގެ ނިންމުމަށް އަސަރެއް ކުރާނެ ވާހަކަތަކެއް ކަމަށް ތަޞައްވުރު ނުކުރެވޭކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ސާޖިދާ މުޙައްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އިސްތިއުނާފު ބިނާކޮށް ހުށަހަޅާފައި އޮތްގޮތުން، ހައިކޯޓަށް މައްސަލަ ބަލައިގަތުމަށްޓަކައި ބޭނުންވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާވަރުގެ ޤާނޫނީ ބަހުސެއް އޮތްކަން ބަޔާންކޮށްދެވިފައި ނުވާ ކަމަށާއި، އެހެންކަމުން ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ބުރަވެވޭކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ވުމާއެކު، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅުއްވާފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު