Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު މައްސަލަ

ޖޫރިމަނާ ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިވާތީ، ޔާމީން އަތުން ފަސްމިލިޔަން ޑޮލަރު ހޯދަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ސިވިލް ކޯޓަށް ހުށައެޅި މައްސަލަ މިވަގުތު ކުރިއަށް ގެންދެވެން ނެތް ކަމަށް ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 08:14
ވ އާރަށު ހިޔާނާތުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ޙުކުމާއި ގުޅިގެން ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމުގެ އަމުރެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާތީ، އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލައިފިއެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް ކުރެވުނު ޙުކުމުގެ ދަށުން ދައްކަންޖެހޭ 5،000،000 (ފަސްމިލިއަން) ޔޫއެސް ޑޮލަރު ޙުކުމުގައި ބުނާ މުއްދަތުގައި ޔާމީން ދައްކާފައިނުވާތީ ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެއީ މީރާއިން އެ ފައިސާ ދެއްކުމަށް އަންގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފޮނުވި ނޯޓިސްއާ އެއްގޮތަށްވެސް ޔާމީން ފައިސާ ދައްކާފައިނުވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކްރިމިނަލް ކޯޓުގެ ޙުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް، ސިވިލް ކޯޓަށް ހުށައެޅި ޙުކުމް ތަންފީޒު ކުރުމާބެހޭ މައްސަލައެކެވެ.

އެހެންނަމަވެސް މި މައްސަލަ ހުށައަޅާފައިވަނިކޮށް ހައިކޯޓުން ވަނީ ޖޫރިމަނާ އަމުރު ފަސްކޮށްދިނުމަށް ނިންމާފައެވެ. އެއީ ޔާމީނުގެ ފަރާތުން ވ އާރަށު ހިޔާނާތުގެ އިސްތިއުނާފު މައްސަލައާއެކު ހައިކޯޓަށް ހުށައެޅި ޙުކުމް ތަންފީޒުކޮށްދިނުން ފަސް ކުރުމުގެ މައްސަލައިގެ ޙުކުމުގައެވެ.

ހައިކޯޓުން ނިންމީ އިސްތިއުނާފު މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، އަދި ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށެވެ.

ވުމާއެކު، ހައިކޯޓުން އެގޮތަށް ނިންމާފައިވާތީ ސިވިލް ކޯޓުން ވަނީ ޙުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ މިވަގުތު ކުރިއަށް ގެންދެވެން ނެތް ކަމަށް ޙުކުމްކޮށްފައެވެ.

ވ އާރަށު ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ހައިކޯޓުގައި ކުރިއަށްދެއެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު