Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން

އިންޑޮނޭޝިއާގެ ކޭޕީކޭއާއި އޭސީސީއާ ދެމެދު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

8 ނޮވެމްބަރު 2023 | ބުދަ 03:04

ކޮރަޕްޝަންގެ ކުށްތައް ތަހުގީގު ކުރުމުގައި އެއްބާރުލުން ދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 ނޮވެމްބަރު 2023 | ބުދަ 03:04
އޭސީސީ އާއި ކޭޕީކޭއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

އޭސީސީ އާއި ކޭޕީކޭއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އޭސީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

މި ފަހުމުނާމާގައި ސޮއިކުރީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑޮނޭޝިއާގެ ކޭޕީކޭގެ އިސް ވެރިން ހިމެނޭ ވަފުދާއެކު އޭސީސީން އަންގާރަ ދުވަހު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހުގައެވެ. މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ކޭޕީކޭގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރމަން ނޫރުލް ޤުފްރާންއެވެ. 

Advertisement - newsAdvertisement

މިއީ ކޮރަޕްޝަންގެ ކުށްތައް ތަހުގީގު ކުރުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުގެ އިތުރަށް ޕްރިވެންޝަންގެ މަސައްކަތްތަށް އިތުރުކޮށް، އެކި ދާއިރާތަކުން މައުލޫމާތާއި، ތަމްރީނާއި، ތަޖުރިބާއާއި އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް އޭސީސީން ބުނެއެވެ.

ކޭޕީކޭއާއި އޭސީސީގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި، ދެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ މައުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާ އަދި ގޮންޖެހުންތަކާމެދު މަޝްވަރާކުރިއެވެ.

އިންޑޮނޭޝިއާއިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ޤައުމުތަކާއެކު ކޮމިޝަނުން މިހާރު މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުރެވޭ މަސައްކަތުގައި އިންޑޮނޭޝިއާގެ ކޭޕީކޭފަދަ އިދާރާތަކާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިގެންދާކަމީ އޭސީސީއަށް ލިބިގެންދާ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދެފަރާތް ގުޅިގެން ކުރެވޭ މަސައްކަތުގައި ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

އޭސީސީގެ ދައުވަތަކަށް މިމަހުގެ 6 އިން 9 އަށް އިންޑޮނޭޝިއާގެ ކޭޕީކޭގެ ވަފުދުން ކުރަމުންގެންދާ ޒިޔާރަތުގެ ތެރެއިން އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންތައް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކޭޕީކޭގެ ތަޖުރިބާކާރު ބޭފުޅުން ކުރިއަށްގެންދާ އެ ޓްރެއިނިންގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރާ އެކި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް އޭސީސީން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 ޖޫން 2017

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
10 މެއި 2017

ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް

10 މެއި 2017
ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް
05 މެއި 2017

ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް

05 މެއި 2017
ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް
29 އެޕްރީލު 2017

ސިޔާސީ ލީޑަރުންނަށް ފިއްތުންތައް ކުރިމަތިވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުން: ހަސަން ލަތީފު

29 އެޕްރީލު 2017
ސިޔާސީ ލީޑަރުންނަށް ފިއްތުންތައް ކުރިމަތިވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުން: ހަސަން ލަތީފު
03 އެޕްރީލު 2017

ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން

03 އެޕްރީލު 2017
ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް