Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - ޗައިނާ

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ދެމި އޮތީ އިހުތިރާމާއި އެއްބާރުލުން ދެމި އޮތުމަށް ޒުވާނުންގެ ދައުރު ބޮޑު - ސަފީރު

7 ނޮވެމްބަރު 2023 | އަންގާރަ 08:25

މިހާރަށް ވުރެ ހަރުދަނާ، ވަރުގަދަ ބާރުވެރި ރާއްޖެ އެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ނޮވެމްބަރު 2023 | އަންގާރަ 08:25
"ޗައިނީސް އެމްބެސެޑަރ ބަރސަރީ ސްކީމް" ލިބޭ ދަރިވަރުންނާއި ސްކީމްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޗައިނީސް އެމްބެސެޑަރ ބަރސަރީ ސްކީމް" ލިބޭ ދަރިވަރުންނާއި ސްކީމްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ދެމި އޮތީ އިހުތިރާމާއި އެއްބާރުލުމާއި އެކުގައި ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވެންގް ލިޒިން ވިދާޅުވެއްޖެއެވެ.

ޗައިނީޒް އެމްބެސެޑަރ ބަރސަރީ ސްކީމް ލިބޭ ދަރިވަރުންނާއި ސްކީމްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލިޒިން ވިދާޅުވީ އެއް ޤައުމު އަނެއް ޤައުމަށް އަބަދުވެސް މުއާމަލާތުކުރަމުން އައީ އެއް ހަމައެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ.

އިތުރަށް އޭނާ ވަނީ ދެ ގައުމުގެ މެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި ޗައިނާ އިން އަބަދުވެސް ރާއްޖެ އަށް އެކި ދާއިރާތަކުން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. އަދި ގައުމެއްގެ ކުރިމަކަގީ އެ ޤައުމެއްގެ ޒުވާނުން ކަމަށް ވާއިރު ޒަމާނުއްސުރެ ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގާތް ގުޅުން ދެމެހެއްޓޭނީ ވެސް ޒުވާނުން މެދުވެރިވެގެން ކަަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގެ ޒުވާނުންނަށް ރާއްޖެ ހަރުދަނާކޮށް، ރާއްޖެ އާއި ޗައިނާގެ ރަހުމަތްތެރިކަން ދަމަހައްޓަން ބާރު އެޅުމަކީ ކުރައްވާ އުންމީދެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ޗައިނާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް ޒުވާނުންގެ ޒިންމާ ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުންނަކީ މިހާރަށް ވުރެ ބާރުވެރި ހުނަރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް އެކަމަނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. ދެ ގައުމުގެ އެކުވެރިކަމާއި މެދު ޒުވާނުންގެ ބޮލުގައި އެޅިފައި ވަނީ މުހިންމު ޒިންމާ އެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އަންގާރަ ދުވަހު ސްކީމް ހާސިލްކުރި ދަރިވަރުން ވެސް އެ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި، ތައުލީމާއި ހުނަރު އުނގެނެން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ދެ ގައުމުގެ ގުޅުމަށް ބަލާއިރު ސަޤާފީ އަދި ތައުލީމުގެ ދާއިރާ އަކީ އެންމެ މުހިންމު ދާއިރާތައް ކަމަށް ވެސް ޗައިނާ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ކުރިއަރުވާ ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދާދިނުމަށް ޗައިނާ އޮންނާނީ އަބަދުވެސް ތައްޔާރަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުމަށް އަލިއަޅުވާލެއްވިއެވެ. އަދި ފާއިތުވި އަހަރުތަކުގައި ދެ ޤައުމުން ގުޅިގެން ކުރި މަސައްކަތްތަކާއި ޗައިނާ އިން ރާއްޖެ އަށް ފޯރުކޮށްދީފައިވާ ބައެއް އެހީތަކަށް އަލިއަޅުވާލެއްވިއެވެ. އަދި މިހާރަށް ވުރެ ހަރުދަނާ، ވަރުގަދަ ބާރުވެރި ރާއްޖެ އެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި އެއީ ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންނަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް