Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕާކިންސަންސް ބަލި

ޕާކިންސަންސްގެ ހިތްދަތި ތަކުލީފުތަކަށް އިންޤިލާބީ ޙައްލެއް!

8 ނޮވެމްބަރު 2023 | ބުދަ 04:33

ގޮތިޔޭގެ ހިތްދަތި ދިރިއުޅުމަށް، އުޖާލާކަމެއް ލިބުނީ، ޕާކިންސަންސް ޑިޒީޒްގެ ބަލި މީހުންނަށް ޚާއްޞަކޮށް ސުވިޓްޒަރލަންޑްގައި ފަރުމާ ކުރި އައު ޑިވައިސްއެއް ތަޖުރިބާކޮށްލަން ލިބުނު ހިސާބުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 ނޮވެމްބަރު 2023 | ބުދަ 04:33
ގޮތިޔޭއަކީ ޑިވައިސް ތަޖުރިބާކޮށްލަން ލިބުނު ފުރަތަމަ މީހާ

ގޮތިޔޭއަކީ ޑިވައިސް ތަޖުރިބާކޮށްލަން ލިބުނު ފުރަތަމަ މީހާ

ދުނިޔޭގެ އެކި ކަންކޮޅުތަކުން 10 މިލިއަނަށް ވުރެ ގިނަ މީހުން އެ ބައްޔެއްގެ ވޭނާއި ތަކުލީފުތައް އުފުލަމުން ދާ ޕާކިންސަންސް ޑިޒީޒްއަކީ، ނާރުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ތެރެއިން، އެންމެ ހަލުވި ކަމާއެކު އިތުރު ވަމުންދާ އެއް ބައްޔެވެ. ޢުމުރުން ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ބަލީގެ ޢަލާމާތްތައް ގަދަވެގެންދާ މި ބައްޔަކީ ދާއިމީ ފަރުވާއެއް އަދި މިހާތަނަށް ހޯދިފައި އޮތް ބައްޔެއްވެސް ނޫނެވެ. މަޑުމަޑު ތުރުތުރުކުން ފާހަގަ ވާން ފެށި ބަލި، ދުވަސްވަމުން ދާ ވަރަކަށް އެ މީހާގެ މުޅި ދިރިއުޅުންވެސް ހުއްޓުމަކަށް ގެންނަ ކަހަލައެވެ. ޖިސްމާނީ ހަރަކާތްތެރިކަން ލަސްކޮށްލުވައެވެ. އެކިއެކި އިޙްސާސްތަކާ ގުޅިގެން ޖަޒުބާތުތައް ފާޅުކުރަން ހުރަސް އެޅުން ފަދަ އެތައް ވޭނެއް ތަހައްމަލު ކުރަން މަޖުބޫރު ކުރުވައެވެ.

ޕާކިންސަންސްގެ ޝިކާރައަކަށް ވެ، ގޭގެ ހަތަރު ފާރުގެ އެތެރޭގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން މަޖުބޫރުވި އެކަކީ، ޢުމުރުން 63 އަހަރުގެ މަރކް ގޮތިޔޭއެވެ. ގޮތިޔޭގެ ހިތްދަތި ދިރިއުޅުމަށް، އުޖާލާކަމެއް ލިބުނީ، ޕާކިންސަންސް ޑިޒީޒްގެ ބަލި މީހުންނަށް ޚާއްޞަކޮށް ސުވިޓްޒަރލަންޑްގައި ފަރުމާ ކުރި އައު ޑިވައިސްއެއް ތަޖުރިބާކޮށްލަން ލިބުނު ހިސާބުންނެވެ. ގޮތިޔޭއަކީ ޑިވައިސް ތަޖުރިބާކޮށްލަން ލިބުނު ފުރަތަމަ މީހާއެވެ. ހަށިގަނޑަށް ލައްވާފައި ވާ ޚާއްޞަ ޑިވައިސްގެ އެހީގައި، މިހާރު ގޮތިޔޭއަށް ހިނގާބިނގާވެ އުޅެލެވެއެވެ.

ލޯޒޭން ޔުނިވަރސިޓީ ހޮސްޕިޓަލް (ޝޫވް)ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގޮތިޔޭގެ ހަށިގަނޑަށް ލައްވާފައި ވަނީ ނާރުގެ ނިޒާމުގެ މަސައްކަތްތަކަށް އެހީވެދޭ މަސްނޫޢީ ޑިވައިސްއެކެވެ. އެ ޑިވައިސް ހަރުކޮށްފައި ވަނީ ގޮތިޔޭގެ ސްޕައިނަލް ކޯޑްގައި ޖެހޭ ގޮތަށެވެ. ބަނޑުގެ މަސްގަނޑާއި ހަންގަޑާ ދެމެދަށް ލައްވާފައިވާ އިތުރު ޑިވައިސްއަކާއި، ސްޕައިނަލް ކޯޑްއާ ޖެހިގެން ހަރުކުރި ޑިވައިސް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ގޮތިޔޭގެ ސްޕައިނަލް ކޯޑް ހަރަކާތް ކުރަން ފަށައެވެ. އަދި ފައިގެ މަސްތަކަށް ހަރަކާތް ގެނެސްދެއެވެ.

ޕާކިންސަންސް ޑިޒީޒްއަކީ ނާރުތަކުގެ ނިޒާމު ބަލިކަށި ކުރާ ބައްޔެއް ކަމުން، ތުރުތުރު އެޅުމާއި، ހަރަކާތް ހުއްޓުވާ މިންވަރަށް ގުނަވަންތައް ހަރުވުމާއި، ބެލަންސް ހިފަހައްޓަން ދަތި ވުމާއި، އަތާއި ފައި އަދި ލޯ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަން ބުރޫ އެރުން ފަދަ ތަކްލީފުތަކާ ކުރިމަތިލާން ޖެހެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފައި ވާ ގޮތުގައި، މިދިޔަ 25 އަހަރު ދުވަހަށް ބަލާއިރު، ޕާކިންސަންސް ބަލީގެ ކޭސްތައް ފެނުނު މިންވަރު ވަނީ 2 ގުނަ އިތުރު ވެފައެވެ.

ގޮތިޔޭގެ މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވި އެއް ޑޮކްޓަރަކީ ގުޣެގުއާ ކުޣްތީންއެވެ. ޑރ ކުޣްތީން ތަފްޞީލު ކޮށްދިން ގޮތުގައި، ގޮތިޔޭގެ ސްޕައިނަލް ކޯޑާއި ދިމާލުން ހަރުކޮށްފައި ވާ މަސްނޫޢީ ޑިވައިސްއަކީ، ޤުދުރަތީ ގޮތުން މީހާ ހިނގައިބިނގާވެ އުޅުމަށް ބޭނުންވާ ސިގުނަލްތައް ނަކަލު ކުރާނެ ފަދަ މޭރުމަކުން ފަރުމާ ކޮށްފައި ވާ ޑިވައިސްއެއް ކަމަށެވެ.

ނިއުރޯރިސްޓޯރ ރިސަރޗް ސެންޓަރުގައި، ޑރ ކުޣްތީންއާއި އޭނާގެ ޓީމުން ކުރިއަށް ގެންދިޔަ ދިރާސާ މަޝްރޫޢުގެ ހޯދުންތައް، ނޭޗަރ މެޑިސިން ޖަރނަލްގައި ޝާޢިއު ކުރީ ނޮވެމްބަރ 6 ވަނަ ދުވަހުއެވެ. އެ ހޯދުންތަކުން ދައްކާފައި ވާ ގޮތުގައި، މި ޑިވައިސްއަކީ، ޕާކިންސަންސްގެ ބަލި ޙާލަތު ބޮޑުވެފައި ވާ ޕޭޝަންޓުންގެ ހަށިގަނޑުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވިދާނެ ޑިވައިސްއެކެވެ.

ގޮތިޔޭގެ ހަށިގަނޑަށް ލައްވާފައި ވާ ޑިވައިސް ފަރުމާ ކޮށްފައި ވަނީ އޮންވަރޑް މެޑިކަލްގައެވެ. އޮންވަރޑް މެޑިކަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޭވް މަރވަރ ފާހަގަ ކުރި ގޮތުގައި، ޑިވައިސް ފަރުމާކޮށްފައި ވަނީ ހަށިގަނޑަށް ލައްވާ ޑިފިބްރިލޭޓަރއާއި ތަދު ކަނޑުވާ ޑިވައިސްތަކާ ދާދި އެއްގޮތަކަށް ކަމަށް ވީ ނަމަވެސް، މި ޑިވައިސްގެ ޚާއްޞަ ކަމަކީ، ކަނޑައެޅިގެން ވަކި ގޮތަކަށް، އަދި މާ 'ބަނިޔާދަންކޮށް' ސްޕައިނަލް ކޯޑްއަށް އަމާޒުކޮށްގެން އިރުޝާދުތަކެއް ދެވޭ ކަމެވެ.

އެހެން ބަލިތަކުގެ ވޭނާއި ތަކުލީފުތައް އުފުލަމުން ދާ ޕޭޝަންޓުންގެ ބޭނުމަށް، ވިޔަފާރި އުސޫލުން މި ޑިވައިސް ބާޒަރަށް ނެރެވޭ ވަރު ވަނީ 2026 ވަނަ އަހަރު ކަމަށް މަރވަރ ވަނީ ހާމަކޮށްފައެވެ. ކަނޑައެޅިގެން ޕާކިންސަންސް ބައްޔަށް ޚާއްޞަކޮށްގެން ޑިވައިސް ޢާންމު ކުރާނީ އޭގެ ފަހުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޑރ ކުޣްތީންގެ ޓީމުން އަމާޒު ހިފާފައި ވަނީ، ކުރިއަށް އޮތް 2024 ވަނަ އަހަރު، އިތުރު 6 ޕޭޝަންޓެއްގެ ހަށިގަނޑުގައި މި ޑިވައިސްގެ ކްލިނިކަލް ތަޖުރިބާތައް ކުރުމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2023

ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

30 ނޮވެމްބަރު 2023
ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!
23 ނޮވެމްބަރު 2023

އުޅެން ޖެހުނު ކޮންމެ ޙާލަކަށް އަހުލުވެރިވުމުގައި ޣައްޒާއިން ފެންނަ ހިތްދަތި، އެހެނަސް ހިތްގައިމު ނަމޫނާ!

23 ނޮވެމްބަރު 2023
އުޅެން ޖެހުނު ކޮންމެ ޙާލަކަށް އަހުލުވެރިވުމުގައި ޣައްޒާއިން ފެންނަ ހިތްދަތި، އެހެނަސް ހިތްގައިމު ނަމޫނާ!
15 ނޮވެމްބަރު 2023

"ކިތަންމެ ހިތްދަތިވިޔަސް، ކިތަންމެ އަނިޔާއެއް ލިބުނަސް ހިނިތުންވާނަން"

15 ނޮވެމްބަރު 2023
"ކިތަންމެ ހިތްދަތިވިޔަސް، ކިތަންމެ އަނިޔާއެއް ލިބުނަސް ހިނިތުންވާނަން"
16 ޖޫން 2023

ނަޖިހުން މަގުތައް ތަޣައްޔަރުވާ މައްސަލައަށް އާދައިގެ އެހެނަސް ނަތީޖާ ވަރުގަދަ ޙައްލެއް!

16 ޖޫން 2023
ނަޖިހުން މަގުތައް ތަޣައްޔަރުވާ މައްސަލައަށް އާދައިގެ އެހެނަސް ނަތީޖާ ވަރުގަދަ ޙައްލެއް!
04 މެއި 2023

އަލްޒައިމާޒް ބަލީގެ ހިތްދަތިކަމަށް ތަސައްލީއެއް!

04 މެއި 2023
އަލްޒައިމާޒް ބަލީގެ ހިތްދަތިކަމަށް ތަސައްލީއެއް!
19 އޮކްޓޯބަރު 2022

ފެންބޮޑުވާ މަގުތަކަށް ފިލިޕީންސްގެ ސައިކަލް ޓެކްސީ ޑްރައިވަރުންގެ އިންޤިލާބީ ޙައްލު

19 އޮކްޓޯބަރު 2022
ފެންބޮޑުވާ މަގުތަކަށް ފިލިޕީންސްގެ ސައިކަލް ޓެކްސީ ޑްރައިވަރުންގެ އިންޤިލާބީ ޙައްލު
04 އޮކްޓޯބަރު 2022

އަހަރުތަކެއް ކުރިން ދިވެހި ހިތްތައް ފަތަހަ ކުރި ކާއޯ ކުންފުނިން މަދިރީގެ އުނދަގުލަށް އިންޤިލާބީ ޙައްލެއް ހޯދައިފި

04 އޮކްޓޯބަރު 2022
އަހަރުތަކެއް ކުރިން ދިވެހި ހިތްތައް ފަތަހަ ކުރި ކާއޯ ކުންފުނިން މަދިރީގެ އުނދަގުލަށް އިންޤިލާބީ ޙައްލެއް ހޯދައިފި
29 ސެޕްޓެމްބަރު 2022

އަލްޒައިމާގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ޢާއިލާތަކަށް ޢުއްމީދީ މެސެޖެއް!

29 ސެޕްޓެމްބަރު 2022
އަލްޒައިމާގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ޢާއިލާތަކަށް ޢުއްމީދީ މެސެޖެއް!
25 ސެޕްޓެމްބަރު 2022

ފިޖިޓަލް: ވިޔަފާރި ކުރަން ލޯބިކުރާ މީހުންނަށް އިންޤިލާބީ ތަޖުރިބާއެއް

25 ސެޕްޓެމްބަރު 2022
ފިޖިޓަލް: ވިޔަފާރި ކުރަން ލޯބިކުރާ މީހުންނަށް އިންޤިލާބީ ތަޖުރިބާއެއް
04 މެއި 2019

ޓޮމް ކްރޫޒާ ދެ މީހުންގެ ކައިވެނި ރޫޅި ހިތްދަތިވި ދުވަސްތަކުގައި އެހީތެރިވީ ހިޔު: ކިޑްމަން

04 މެއި 2019
ޓޮމް ކްރޫޒާ ދެ މީހުންގެ ކައިވެނި ރޫޅި ހިތްދަތިވި ދުވަސްތަކުގައި އެހީތެރިވީ ހިޔު: ކިޑްމަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް