Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަގުތައް ސާފުކޮށް ބެހެއްޓުން

ނަޖިހުން މަގުތައް ތަޣައްޔަރުވާ މައްސަލައަށް އާދައިގެ އެހެނަސް ނަތީޖާ ވަރުގަދަ ޙައްލެއް!

ޑައެޕަރތައް ބޭނުން ކުރަނީ ހަމަ އެކަނި އަސްތަކުގައެއް ނޫން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ޖޫން 2023 | ހުކުރު 09:46
ގައްޒާގެ މަގުތަކުގައި ދުއްވާ އަސްތަކެއް

ގައްޒާގެ މަގުތަކުގައި ދުއްވާ އަސްތަކެއް

21 ވަނަ ޤަރުނުގެ ކުރިއެރުމާއި ތަހުޒީބުގެ އަދުގެ ޒަމާނުގައި އެއް ތަނުން އަނެއް ދަތުރު ކޮށް އުޅުމާއި، މުދާ އުފުލުމަށް ލުއި ފަސޭހަ އެތައް މަގެއް ހަމަ ޖެހިފައި އޮތެއް ކަމަކު، އަދިވެސް އެ ނަޞީބު ނުލިބޭ ބަޔަކލު ދުނިޔޭގައި އެބަ ދިރިއުޅެއެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހިފައި ވާ އެކި ކަހަލަ ގޮންޖެހުންތަކާއި ހުރަސްތަކާއި ހެދި، ދަތުރުފަތުރު ކޮށް އުޅުމަށް އޮތް އެންމެ ލުއި ފަސޭހަ ގޮތަކީ އަސްގާޑިޔާ ކަމުގައި ވެފައި ވާ ބަޔަކު އަދިވެސް އެބަ އުޅެއެވެ. ދައްކަން މިއުޅެނީ ހުރިހާ ކޮޅަކުން ފިއްތާލެވިފައި ވާ ޣައްޒާގެ ރަށްވެރހިންގެ ވާހަކައެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާގެ ތޮއްޖެހިފައި ވާ މަގުތަކުން އަސްގާޑިޔާ ފެނުމަކީ އާންމު ކަމެކެވެ. ދަނޑުބިންތަކުގެ އުފެއްދުންތަކާއި އެނޫންވެސް އެކި ކަހަލަ މުދާ، އެއްތަނުން އަނެއް އުފުލާ ހެދުމަށްޓަކާ ޣައްޒާގައި އަދިވެސް ބޭނުން ކުރަނީ އަސްގާޑިޔާއެވެ. އަސްގާޑިޔާއަކީ ޣައްޒާގެ ދަތުރުފަތުރުގެ ނިޒާމުގެ އަސާސީ މަސްދަރަކަށް ވާ އިރު، ސާފުތާޚިރު ކަމުގެ ގޮތުން ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އަސްތަކުން ބޭރުވާ ނަޖިހުން ޣައްޒާގެ މަގުތައް ނުތާޚިރު ވުމުގެ މައްސަލައަކީ ބޮޑު ވެފައި އޮތް މައްސަލަކަށް ވާ އިރު، އެ މައްސަލައަށް ޙައްލު ހޯދާ، ޣައްޒާގެ މަގުތައް ސާފު ކޮށްދިނުމަށް، އަމިއްލަ ޖަމިއްޔާއަކުން ވަނީ އަތުކުރި އޮޅާލާފައެވެ.

ޣައްޒާގެ މަގުތަކަކީ ނަޖިހުން ސަލާމަތް ވެފައި ވާ މަގުތަކެއް ކަން ކަށަވަރު ކުރުމަށްޓަކާ، އެ ޖަމާޢަތުން ޚިޔާރު ކުރީ އަސްތަކަށް ޚާއްސަ ޑައެޕަރ ނުވަތަ ނެޕީއެއް ތައްޔާރު ކުރުމަށެވެ. މިކަން ކުރީ ޑައެޕަރއެއް ގޮތަށް ހުންނަ ކޮތަޅެއްގެ އެހީގައެވެ.

ޣައްޒާގެ މަގުތައް ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސާހިރު ޚައްޠާބުވެސް ފާހަގަ ކުރި ގޮތުގައި، އަސްތަކުން ބޭރު ކޮށްފައި ވާ ބޮޑުކަމުދާ ތަކެއްޗާއި، އެ ނަޖިސް ވަށައިގެން އެނބުރެމުންދާ ކުނިމެހިތަކާއި، އެ ދުވާ ވާހަކީ އެއްވެސް މީހަކު، އެ ކަމެއް ތަޖުރިބާ ކުރަން އެދޭނެ ފަދަ ކަންކަމެއް ނޫނެވެ.

ޣައްޒާގެ މަގުތައް ސާފުކޮށް ބޭއްވުމަށްޓަކާ ތަޢާރަފު ކުރި ޑައެޕަރތައް ބޭނުން ކުރަނީ ހަމަ އެކަނި އަސްތަކުގައެއް ނުނެވެ. ގާޑިޔާ ދުއްވަން ބޭނުން ކުރާ ހިމާރުތަކުގައިވެސް މި ޑައެޕަރ ބޭނުން ކުރެއެވެ. މަގުތައް ސާފުވުމުގެ އިތުރުން، މިކަމުން ލިބޭ އެހެން ފައިދާއެއްވެސް އެބަ އޮތެވެ. އެއީ، ކައިރި ހިސާބުތަކުގައި ހައްދާ ދަނޑުބިންތަކަށް ބޭނުންވާ ގަސްކާނާ ތައްޔާރު ކުރާނެ ޤުދުރަތީ މާއްދާތަކެއް ލިބުމުގެ ފައިދާއެވެ.

އާންމު ރައްޔިތުންގެ ދިރިއުޅުމަށްވެސް މިކަމުގެ ސަބަބުން އެދެވޭ ބަދަލުތަކެއް އަންނަމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ޔަހޫދީ އިޒްރޭލާއި، މިޞްރުގެ އިތުރުން ފަލަސްޠީނުގެ މައި ސަރުކާރުން ފިއްތުންތަކެއް ކުރިމަތި ކޮށްފައި އޮތެއް ކަމަކު، ޣައްޒާގެ ރަށްވެހިންގެވެސް ފޮނި ޢުއްމީދުތަކަކާއި ހުވަފެންތަކެއް ވެއެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާ، ދިރިއުޅުމުގެ އެތައް ކަމަކަށް ލުއިފަސޭހަކަން ލިބިފައި ވާ އަދުގެ މި ޒަމާނުގައި، އަނގަމަތި ހާ ޖަލެއްގައި ދިރިއުޅެން ޖެހުނެއް ކަމަކު، ޣައްޒާގެ ރަށްވެހިންގެ ހިތްތަކުން، ރަށްވެހި ކަމުގެ ރޫޙު ކުޑަކޮށްވެސް ފަނޑުވެ ނުދާ ކަން، މިފަދަ ކަންކަމުން ސާބިތު ކޮށްދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭފަތް ކޮއްޓުން: ތިޔަ ހީކުރާހާ އާދައިގެ ކަމެއް ނޫން!

ނޭފަތް ކޮއްޓުން: ތިޔަ ހީކުރާހާ އާދައިގެ ކަމެއް ނޫން!

12 ޖުލައި 2024
ބައިސްކަލަކީ އާދައިގެ އެއްޗެކޭ ބުނާނެ ޖާގައެއް އެބަ އޮތް؟

ބައިސްކަލަކީ އާދައިގެ އެއްޗެކޭ ބުނާނެ ޖާގައެއް އެބަ އޮތް؟

01 ޖުލައި 2024
"ވެމްޕަޔަރ ޕަވަރ": ކަރަންޓު ބޯ މައްސަލައަށް ހައްލު ހޯދައިގެން ބިލަށް އެނގުން ވެދާނެބާ؟

"ވެމްޕަޔަރ ޕަވަރ": ކަރަންޓު ބޯ މައްސަލައަށް ހައްލު ހޯދައިގެން ބިލަށް އެނގުން ވެދާނެބާ؟

08 ޖޫން 2024
ލެޔާއި ކިސަޑުގެ ކޯރު ދެމުންދާ ޣައްޒާގެ މަގުތައް މަތީގައި އެތައް ބަޔަކު ހުސްފަޔާ!

ލެޔާއި ކިސަޑުގެ ކޯރު ދެމުންދާ ޣައްޒާގެ މަގުތައް މަތީގައި އެތައް ބަޔަކު ހުސްފަޔާ!

04 ފެބުރުއަރީ 2024
ޔަތީމު ޙާލުގައި ނާމާން ދަތުރެއްކޮށް، އިޓަލީވިލާތުގެ މަގުތައް ފަތަހަ ކުރީ މަންމައާއި ކޮއްކޮމެނަށްޓަކައި!

ޔަތީމު ޙާލުގައި ނާމާން ދަތުރެއްކޮށް، އިޓަލީވިލާތުގެ މަގުތައް ފަތަހަ ކުރީ މަންމައާއި ކޮއްކޮމެނަށްޓަކައި!

21 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު