Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑެންގޫގެ ބަލިމަޑުކަން ކޮންޓްރޯލު ކުރުން

އަހަރުތަކެއް ކުރިން ދިވެހި ހިތްތައް ފަތަހަ ކުރި ކާއޯ ކުންފުނިން މަދިރީގެ އުނދަގުލަށް އިންޤިލާބީ ޙައްލެއް ހޯދައިފި

4 އޮކްޓޯބަރު 2022 | އަންގާރަ 06:57

ކާއޯގެ ރިސާޗަރެއް ކަމަށް ވާ އާޔާ ނަމްބާ ބުނީ، ތަފާތު އެކި ސަތަހަތަކުގައި މަދިރި ޖައްސާ އުޅޭ ގޮތް ބެލީ، ހައި-ސްޕީޑް ކެމެރާތަކުގެ އެހީގައި ކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 އޮކްޓޯބަރު 2022 | އަންގާރަ 06:57
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރެކޯޑްތަކަށް ބަލާއިރު ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން 2015 އަހަރާއި 2019 ވަނަ އަހަރާ ދެމެދު ރިޕޯޓް ކުރި ޑެންގޫ ކޭހުގެ ޢަދަދު ވަނީ 46 ޕަސެންޓު އިތުރުވެފައި

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރެކޯޑްތަކަށް ބަލާއިރު ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން 2015 އަހަރާއި 2019 ވަނަ އަހަރާ ދެމެދު ރިޕޯޓް ކުރި ޑެންގޫ ކޭހުގެ ޢަދަދު ވަނީ 46 ޕަސެންޓު އިތުރުވެފައި

އިންފެކްޓުވެފައިވާ މަދިރިއެއް ހެފުމުގެ ސަބަބުން އިންސާނުންގެ ތެރޭގައި ފެތުރޭ ޑެންގޫ ވައިރަލް ހުމަކީ ތައިލޭންޑު ފަދަ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި މި ފަހަކަށް އައިސް އިންތިހާ ނުރައްކާ ކުރިމަތި ކުރަމުންދާ ސިއްޙީ ބަލިމަޑުކަމަކަށް ވަނީ ވެފައެވެ.

ޑެންގޫއަށް ޕޮޒިޓިވްވާ ގިނަ ކޭސްތަކުން މާ ބޮޑު އަލާމާތްތަކެއް ނުފެނު ކަމުގައި ވީ ނަމަވެސް، ހާލަތު ގޯސްވެ، މަރާ ކުރިމަތިލާންޖެހޭ ފަހަރުވެސް މަދެއް ނޫނެވެ.

ތައިލޭންޑަށް ކުރިމަތިލާން ޖެހިފައިވާ ޑެންގޫގެ ބަލިމަޑުކަން ކޮންޓްރޯލު ކުރުމަށް އަތުކުރި އޮޅާލީ ޖަޕާނުގެ ކޮސްމެސްޓިކްސް ކުންފުނި، ކާއޯއިންނެވެ. ކާއޯއިން އުފެއްދީ އިންޤިލާބީ މޮސްކިޓޯ ރެޕަލަންޓްއެކެވެ. ނުވަތަ، އެ ތާސީރެއް، އިންސާނެއްގެ ހަންގަނޑުގައި ބޭނުން ކުރުމުން، މަދިރި އިންތިހާއަށް ރުޅިއަރާ ތާސީރެކެވެ.  

ކާއޯ ކުންފުނީގެ އިންޤިލާބީ ތާސީރުގެ މައިގަނޑު މާއްދާއަކީ ސިލިކޯން ތެލެވެ.

މި ތާސީރު އުނގުޅާފައިވާ ހަންގަނޑެއް ހުރަސްކޮށް ލޭ ބުއިމަށް މަދިރި މަސައްކަތް ކުރާ ވަގުތު، އެ މަދިރީގެ ފައިތަކުގައި ތެޔޮ ހޭކި، ދަމައިގަންނަ ބާރެއް އުފައްދައެވެ. ނަތީޖާއެއްގެ ގޮތުން، މަދިރިއަށް މަޖުބޫރު ވަނީ އުދުހި ދިއުމަށެވެ.

ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ މަދިރި ދުރު ކުރާ ތާސީރު އުފައްދާފައި ވަނީ، މަދިރީގެ ވަސްދުވުމުގެ ހިއްސަށް އުނިކަން ގެނުވާ ގޮތަށެވެ. މަދީރީގެ އަމާޒަށް ވާސިލުވެވުނަށް ނުދޭ ގޮތަށެވެ. ނަމަވެސް ކާއޯ ކުންފުނީގެ ތާސީރު ފަރުމާ ކޮށްފައި ވަނީ، މަދިރިއަށް އޭގެ މަސައްކަތް ކުރުމަށް ކުޅަދާނަ ނުވާ ފަދަ ވެއްޓެއް އުފެދޭ ގޮތަށެވެ.

ކާއޯގެ ރިސާޗަރެއް ކަމަށް ވާ އާޔާ ނަމްބާ ބުނީ، ތަފާތު އެކި ސަރަހައްދުތަކުގައި މަދިރި ޖައްސާ އުޅޭ ގޮތް ބެލީ، ހައި-ސްޕީޑް ކެމެރާތަކުގެ އެހީގައި ކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރެކޯޑްތަކަށް ބަލާއިރު ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން 2015 އަހަރާއި 2019 ވަނަ އަހަރާ ދެމެދު ރިޕޯޓް ކުރި ޑެންގޫ ކޭހުގެ ޢަދަދު ވަނީ 46 ޕަސެންޓް އިތުރުވެފައެވެ.

ކާއޯ ކުންފުނިން ވަނީ ތައިލޭންޑުގައި ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން، މަދިރި ހެފުމާ ގުޅޭ ހޭލުން ތެރި ކުރުވުމުގެ މަޝްރޫއެއްވެސް ފަށާފައެވެ.

ކާއޯ ކުންފުނިން އުފެއްދި އިންޤިލާބީ މޮސްކިޓޯ ރެޕަލަންޓް، ތައިލޭންޑްގެ ފިހާރަތަކުގައި ވިއްކަމުން ދަނީ 1.80 އެމެރިކާ ޑޮލަރަށެވެ.

ޑެންގީ ހުންކާއޯ ކުންފުނި

އިތުރަށް ކިޔާލަން

05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
14 މެއި 2024

މި އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކުރި މިންވަރު އިތުރު

14 މެއި 2024
މި އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކުރި މިންވަރު އިތުރު
08 މެއި 2024

އައްޑޫގައި ޑެންގީ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

08 މެއި 2024
އައްޑޫގައި ޑެންގީ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި
07 މެއި 2024

މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޏާގެ 58 ކޭސް

07 މެއި 2024
މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޏާގެ 58 ކޭސް
05 މެއި 2024

ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

05 މެއި 2024
ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
11 އޮކްޓޯބަރު 2023

މިދިޔަ މަހު ޑެންގީހުން ޖެހިގެން 288 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

11 އޮކްޓޯބަރު 2023
މިދިޔަ މަހު ޑެންގީހުން ޖެހިގެން 288 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ
05 އޮކްޓޯބަރު 2023

ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ މަރުގެ ކޭސްތައް އިތުރު ވަނީ!

05 އޮކްޓޯބަރު 2023
ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ މަރުގެ ކޭސްތައް އިތުރު ވަނީ!
26 މާރިޗު 2023

އައްޑޫގައި ޑެންގީހުން ފެތުރެމުންދާތީ ކޮންޓްރޯލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފި

26 މާރިޗު 2023
އައްޑޫގައި ޑެންގީހުން ފެތުރެމުންދާތީ ކޮންޓްރޯލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް