Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސައިކަލް ޓެކްސީ ޑްރައިވަރުން

ފެންބޮޑުވާ މަގުތަކަށް ފިލިޕީންސްގެ ސައިކަލް ޓެކްސީ ޑްރައިވަރުންގެ އިންޤިލާބީ ޙައްލު

ހާއްސަ ރޫޓުތަކުން ކުރާ ދަތުރުތަކަށް، ކޮންމެ ފަސެންޖަރެއްގެ އަތުން، ކޮންމެ ދަތުރަކަށް 0.68 ޑޮލަރުގެ ފީއެއް ނަގާ، އެއީ ދުވާލެއްގެ މައްޗަށް 8.47 އެއްހާ ޑޮލަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2022 | ބުދަ 06:01
މޫސުމީ ގަދަ ވިއްސާރައިގެ ދުވަސްވަރު ފިލިޕީންސްއަށް ކުރިމަތިލާން ޖެހޭ ތޫފާންތަކުގައި ބޮޑުވާ ފެންގަނޑު، ބައެއް ފަހަރު 2 މީޓަރަށްވެސް އުފުލޭ ފަހަރު އާދެ

މޫސުމީ ގަދަ ވިއްސާރައިގެ ދުވަސްވަރު ފިލިޕީންސްއަށް ކުރިމަތިލާން ޖެހޭ ތޫފާންތަކުގައި ބޮޑުވާ ފެންގަނޑު، ބައެއް ފަހަރު 2 މީޓަރަށްވެސް އުފުލޭ ފަހަރު އާދެ

މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ގިރާ ކުރަން ޖެހިފައިވާ އަދުގެ ދުނިޔޭގައި، ހިތްވަރު އެލުވާލުމެއް ނެތި، ހާލަތަށް އަހުލުވެރިވުމުގައި ލާމަސީލު މިސާލެއް ދައްކަމުންދާ އެއް ބަޔަކީ ފިލިޕީންސްގެ ސައިކަލް ޓެކްސީ ޑްރައިވަރުންނޭ ދެންނެވުމަކީ، އެހެން މީހުންނަށް ކުރެވޭ ބޭ އިންސާފެކޭ ނުދެންނެވޭނެއެވެ.

ގަދަވިއްސާރާގައި މަގުތަކުގައި ކޯރުހެދިފައިވާ ދަރަޖައަށް ފިލިޕީންސްގައި ފެންބޮޑުވެފައި ވާ އިރު، އުޅަނދަށް ގެއްލުމެއް ވެދާނެތީ ނުވަތަ އުޅަނދު ޗަކަ ވެދާނެތީ ޕާކު ކޮށްފައި ބޭއްވުމުގެ ބަދަލުގައި، ފިލިޕީންސްގެ ސައިކަލް ޓެކްސީ ޑްރައިވަރުން ހޯދީ އިންޤިލާބީ ހައްލެކެވެ. މަގުތަކުން ފެން ހިންދުމަކީ ވަކި ބައެއްގެ ޒިންމާއެކޭ ގޮވާ އަޑުގަދަކޮށް، އެހެން މީހެއްގެ ބޮލަށް ޒިންމާގެ ފޫޅުކަނޑައިގެން ތިބުމުގެ ބަދަލުގައި، އެ މީހުން ހޯދީ، ފެންގަނޑުގެ ތެރޭގައިވެސް މަސައްކަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވޭނެ ގޮތެކެވެ. ޚިދުމަތް ހޯދާ މީހުންނަށްވެސް ތަކުލީފެއް ނުޖައްސާ ވޭތޯއެވެ.

ބޮޑުވި ފެންގަނޑާއެކު، ފިލިޕީންސްގެ ސައިކަލް ޓެކްސީ ޑްރައިވަރުން، އެމީހުންގެ ސައިކަލް ޓެކްސީތައް އުފުލާލީ ބިމުން މައްޗަށެވެ. އެކި ކަހަލަ ބާ ދަގަނޑުތައް ބޭނުންކޮށްގެންނެވެ.

ބައެއް ސަރަޙައްދުތަކުގައި ކަކޫތާ ފެން ހުރިއިރު އަނެއް ބައި ސަރަޙައްދުތަކުގައި އުނަގަނޑާ ހިސާބަށް ފެންގަނޑު ބޮޑުވެފައި އޮތުމުން، ސައިކަލް ޓެކްސީތައް އުފުލާލީ މީޓަރެއް ހާ އުހަށެވެ. ނުވަތަ 3 ފޫޓެއްހާތަން މައްޗަށެވެ. މޫސުމީ ގަދަ ވިއްސާރައިގެ ދުވަސްވަރު ފިލިޕީންސްއަށް ކުރިމަތިލާން ޖެހޭ ތޫފާންތަކުގައި ބޮޑުވާ ފެންގަނޑު، ބައެއް ފަހަރު 2 މީޓަރަށްވެސް އުފުލޭ ފަހަރު އާދެއެވެ.

ވެރިރަށް މެނީލާގެ 37 ކިލޯމީޓަރު އުތުރުން އޮންނަ ހެގޮނޯއީ އަވަށަކީ ފެންބޮޑުވުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވާ އަވަށެކެވެ. ކައިރީގައި އޮންނަ ކޯރާއި މެނީލާ ބޭ ފުރި ބަންޑުންވެގެން ގަދަވާ އޮއެވަރުގައި އެންމެ ގަދައަށް ޖެހޭ އެއް އަވަށަކީވެސް ހެގޮނޯއީއެވެ. ފެންގަނޑު ބޮޑުވެފައި ވާ ދުވަސްވަރެއް ނަމަ، ކުދި އުޅަނދުފަހަރުގައި އެ އަވަށުގެ މަގުތަކުން ދުއްވުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ފާއިތުވީ 10 ވަރަކަށް އަހަރު، ސައިކަލް ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވާ، އަދި މިހާރުވެސް އެ މަސައްކަތުގައި ދެމި ހުރި ރަސަލް ލޯޕޭޒް ބުނި ގޮތުގައި ހެގޮނޯއީގައި ފެންބޮޑުވެފައިވާ ސަރަޙައްދުތަކަށް ބަލައިގެން ރާވާފައިވާ ހާއްސަ ރޫޓުތަކުން ކުރާ ދަތުރުތަކަށް، ކޮންމެ ފަސެންޖަރެއްގެ އަތުން، ކޮންމެ ދަތުރަކަށް 40 ޕޭސޯސް ނުވަތަ 0.68 ޑޮލަރުގެ ފީއެއް ނަގައެވެ. އެ މޭރުމުން ކުރާ ދަތުރުތަކުން އޭނާއަށް ދުވާލެއްގެ މައްޗަށް 500 ޕޭސޯސް ނުވަތަ 8.47 އެއްހާ ޑޮލަރު ޖެހެއެވެ.

ޚިދުމަތް ދޭ ފަރާތާއި، ލިބިގަންނަ ފަރާތުގައިވެސް އޮތީ ހިތް ހަމަ ޖެހުމެވެ.

ބޮޑުވެފައިވާ ފެންގަނޑަށް އަހުލުވެރިނުކޮށް ދުއްވާ ޓެކްސީތަކަށްވުރެ، ބަދަލު ގެނެސްފައި ވާ ސައިކަލް ޓެކްސީތަކަށް ލިބޭ އާމްދަނީވެސް ބޮޑެވެ. ނަމަވެސް، ލޮނުފެނުގެ ސަބަބުން އުޅަނދަށް ލިބޭ ގެއްލުންތަކާއި އުޅަނދުގެ މެއިންޓަނަންސްއަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން، އިތުރުވާ ފައިދާގެ މާ ބޮޑު މަންފާއެއް ނުކުރެއެވެ.  

ވިލެޖް ލީޑަރެއްގެ ގޮތުގައި ހުންނެވި އަވެލީނޯ ސާން ހުއާން ވިދާޅުވި ގޮތުގައި، ފެންބޮޑުވުމަކީ އެ އަވަށަށް އާންމު ކަމެކެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ނުގެންދެވި އޮތުމާއި، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން ފެންބޮޑުވުމުގެ ކާރިޘީ ހާލަތު ގޯސްވަމުން ދާ ކަން އޭނާ ފާހަގަ ކުރިއެވެ. އެފަދަ ކަންކަމުގެ ސަބަބުން ކޯރުގައި ވެލީގެ ފަށަލަ ބޯވެ، ފެންގަނޑަށް އޮންނަ ޖާގަ ތިލަވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް، ކޯރު ފުންކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ބުލާކަންގެ ލޯކަން ގަވަމަންޓުން ވަނީ ބުނެފައެވެ. އެކަމުގައި އަމަލީ ސިފަ ޖެހި، ދާއިމީ ޙައްލެއް ލިބެންދެން، ހެގޮނޯއީގެ ރަށްވެހިންނަށް އޮތީ، އުފުލި ސައިކަލް ޓެކްސީތަކުގައި ދަތުރުތައް ފަރުޖައްސާލުމެވެ. ފެންބޮޑުވާ މަގުތަކަށް ފިލިޕީންސްގެ ސައިކަލް ޓެކްސީ ޑްރައިވަރުންގެ ހޯދައިދިން އިންޤިލާބީ ޙައްލު، ކިތަންމެ ހާވެސް ފުރިހަމައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިފުޅު އެކަނި ޓެކްސީއެއްގައި ފޮނުވަން ބިރުގަނޭތަ؟

ދަރިފުޅު އެކަނި ޓެކްސީއެއްގައި ފޮނުވަން ބިރުގަނޭތަ؟

02 އޯގަސްޓު 2023
ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

04 ސެޕްޓެމްބަރު 2022
ގަދީމީ ކްލައުންޑޭ ފާހަގަކުރަން ޕެރޫގެ މަގުތަކަށް ކްލައުންތައް ނުކުމެއްޖެ

ގަދީމީ ކްލައުންޑޭ ފާހަގަކުރަން ޕެރޫގެ މަގުތަކަށް ކްލައުންތައް ނުކުމެއްޖެ

27 މެއި 2022
އާއިލާގެ ޚަރަދުބަަރަދު ބަލަހައްޓަނީ ޓެކްސީކޮށްގެން

އާއިލާގެ ޚަރަދުބަަރަދު ބަލަހައްޓަނީ ޓެކްސީކޮށްގެން

07 މާރިޗު 2022
ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

ތުންފަތަށް ދޮން ދިނުމާއި ދެކޮޅަށް އަންހެނުން މުޒާހަރާ ކޮށްފިއްޔާ އިސްތިއުފާ ދޭން ތައްޔާރު: ފިލިޕީންސްގެ ރައީސް

06 ޖޫން 2018

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު