Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަލްޒައިމާޒް ބަލި

އަލްޒައިމާޒް ބަލީގެ ހިތްދަތިކަމަށް ތަސައްލީއެއް!

ދިރާސާތަކުގެ ތެރެއިން މި ފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ބަޔަކީ އެލީ ލިލީ އެންޑް ކޯ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 މެއި 2023 | ބުރާސްފަތި 08:55
އަލްޒައިމާޒް ބަލިހުރިކަން ދައްކުވައިދޭ ސިނކުޑީގެ ސްކޭނެއް

އަލްޒައިމާޒް ބަލިހުރިކަން ދައްކުވައިދޭ ސިނކުޑީގެ ސްކޭނެއް

އާންމު ގޮތެއްގައި ޢުމުރުން ދުވަސްވަމުން ދާ ވަރަކަށް، ސިކުނޑީގެ ހަނދާނާ ބެހޭ ބަޔަށް ޖެހޭ ބައްޔެއް ކަމަށް ވާ އަލްޒައިމާޒް ޑިޒީޒް ނުވަތަ އަލްޒައިމާޒް ބައްޔަކީ ތަޙައްމަލު ކުރަން ދަތި، ބަލިމީހާއާއި އޭނާގެ ޢާއިލާއަށްވެސް ހިތްދަތިކަން ގެނުވާ ބައްޔަކެވެ. ބައެއް ހާލަތްތަކުގައި ޅަ ޢުމުރުގެ މީހުންނަށްވެސް ޖެހޭ މި ބައްޔަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ފުރިހަމަ ކުރެވިފައެއް ނުވެއެވެ. މި ބަލީގެ ސަބަބުން ހަނދާނަށް ނޭދެވޭ އަސަރުކޮށް، އަނެކުންނާ ވާހަކަދާއްކާ، މުޢާމަލާތު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ޑޮކްޓަރީ ސައެންސްގެ ދުނިޔޭގައި މިކަމަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ ދިރާސާތަކުގެ ތެރެއިން މި ފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ބަޔަކީ އެލީ ލިލީ އެންޑް ކޯއެވެ.

އަލްޒައިމާޒް ބައްޔަށް ހާއްސަކޮށްގެން ލިލީ ކުންފުނިން ތަޖުރިބާ ކުރަމުންދާ ބޭސް ބޭނުން ކުރުމުގެ ސަބަބުން، ސިކުނޑީގެ މަސައްކަތްތެރިކަން ހީނަރުވަމުންދާ މިންވަރު، 35 ޕަސެންޓް ދަށް ކުރެވޭ ކަމަށް، އެންމެ ފަހުން ކުރިއަށް ގެންދިޔަ ތަހުލީލުތަކުން ވަނީ ދައްކާފައެވެ. މީ ސިކުނޑިއަށް ޖަމާވާ މާއްދާއެއްގެ ސަބަބުން ކުރިމަތިވާ އަލްޒައިމާޒް ބަލި މީހުންނަށް، ލުޔެއް ހޯދާ ދިނުމަށް މިހާތަނަށް ލިބުނު އެންމެ ވަރުގަދަ ހެކި ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ލިލީ ކުންފުނިން މެއި 3 ވަނަ ދުވަހު ހާމަ ކުރި ގޮތުގައި، އަލްޒައިމާޒް ބައްޔަށް ހާއްސަކޮށްގެން އެކުންފުނިން ތަޖުރިބާ ކުރަމުންދާ "ޑޮނަނެމާބް" ބޭހަކީ، ކަނޑައެޅި ހުރިހާ އަމާޒަކަށް ވާސިލު ކޮށްދިން ބޭހެކެވެ. އަވަހަށް ކުރިމަތިވާ އަލްޒައިމާޒް ބަލި ތަޙައްމަލު ކުރަމުންދާ 1182 މީހަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގައި، ޕްލަސީބޯ (އަސްލު ނޫން) ބޭސް ގުޅަ ދިން މީހުންނާ އަޅާ ބަލާއިރު، އަސްލު ބޭސް ގުޅަ ދިން ގުރޫޕުގެ މީހުންގެ ކިބައިން ކުރިއެރުންތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ތަޖުރިބާ ބޭސް ގުޅަ ދިން ގުރޫޕުގެ މީހުންގެ ސިކުނޑީގެ މަސައްކަތްތެރިކަން ހީނަރުވަމުން ދިޔަ ރޭޓް، އެ ނޫން މީހުންނާ އަޅާ ބަލާއިރު 35 ޕަސެންޓް މަޑުޖެހުނެވެ. މި ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ސިކުނޑީގައި 2 ބާވަތެއްގެ އަލްޒައިމާޒް ޕްރޮޓީންސް ޖަމާވެއެވެ. އެއީ ބީޓާ އެމީލޮއިޑް އަދި ޓާއޫއެވެ. މީ ސިކުނޑީގެ ސެލްތައް މަރާލާ ޕްރޮޓީންއެކެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން 552 މީހެއްގެ ހަށިގަނޑުގައި ޓާއޫގެ މިންވަރު މައްޗެވެ. ޕްލަސީބޯ ގުޅަ ދިން ގުރޫޕާއި އަސްލު ބޭސް ގުޅަ ދިން ގުރޫޕު އެއްކޮށްލުމުން، ޑޮނަނެމާބް ބޭނުން ކުރުމުގެ ސަބަބުން ބަލި ބޮޑުވެގެން ދިއުން 29 ޕަސެންޓް މަޑުޖައްސާލިއެވެ. މި ޢަދަދު ވަޒަން ކޮށްފައި ވަނީ ކްލިނިކަލް ޑިމެންޝާ ރޭޓިންގް ސްކޭލް (ސީޑީއާރް-އެސްބީ)ގެ މިންގަނޑުތަކަށް ބަލައިގެންނެވެ. ޑިމެންޝާއަކީ ސިކުނޑީގެ ބައެއް މަސައްކަތްތައް ހުއްޓުވާލާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން، ސިކުނޑީން ބާރު ފޯރުވާ އެތައް ކަމަކަށް ބުރޫއަރާ، އޮޅުން ބޮޅުންވެ، ދިރިއުޅުމުގެ މައިދާނުގައި ވަރުގަދަ ހަނގުރާމައަކާ ކުރިމަތި ކުރުވައެވެ.

ސީޑީއާރް-އެސްބީގެ މިންގަނޑުތަކަށް ރިޢާޔަތްކޮށް، ތަޖުރިބާކާރުން ފާހަގަ ކުރި ގޮތުގައި ލިލީގެ ހޯދުންތަކަކީ "ލެޤެމްބީ" ބްރޭންޑް ނަމުގެ ދަށުން، އެއިސާއީ ކޯ އެންޑް ބައޯޖެން އިންކުން ވިއްކާ ލެކަނެމާބް ބޭހާ ދާދި އެއް ފެންވަރެއްގެ ބޭހެކެވެ. 2022 ވަނަ އަހަރު އާންމު ކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި، "ލެޤެމްބީ" ބޭނުން ކުރުމުގެ ސަބަބުން، އަވަހަށް ކުރިމަތިވާ އަލްޒައިމާޒް ބަލި ތަޙައްމަލު ކުރާ މީހުންގެ ސިކުނޑީގެ މަސައްކަތްތެރިކަމަށް ބަދަލު އަންނަމުންދާ މިންވަރު 27 ޕަސެންޓް މަޑުޖައްސާލައެވެ.

އަލްޒައިމާޒް ބަލީގެ ފަރުވާގެ ރޮނގުން ލިލީ ކުންފުނިން ހޯދި ބޮޑު ކުރިއެރުމާ ގުޅިގެން، އެ ކުންފުނީގެ ހިއްސާގެ އަގުތައް ވަނީ 6 ޕަސެންޓަށް އުފުލި، ހިއްސާގެ އަގު ވަނީ، 429.85 ޑޮލަރަށް އަރާފައެވެ.

މާޔޯ ކްލިނިކްގައި އަލްޒައިމާޒް ބަލީގެ ރޮނގުން ދިރާސާ ކުރައްވަމުންދާ ޑރ ރޮނާލްޑް ޕީޓާސަން ވިދާޅުވީ، ލިލީގެ ބޭހަކީ ބަލި ޖެހިފައިވާ މީހުންގެ ހާލަތު އިތުރަށް ގޯސް ކުރުވާ އެމީލޮއިޑް ނެތިކޮށްލާ ކަމަށް ފެނުނު 3 ވަނަ ތަހުލީލު ކަމަށާ، މި ކަމަކީ، ބޭސްފަރުވާގެ އެހީގައި ލިބެން އޮތް ފައިދާތަކާ މެދު އުފެދިފައިވާ ބައެއް ޝައްކުތައް ދޫކޮށްލަން ލިބުނު ފުރުޞަތެއް ކަމަށެވެ. ހަމަ އެކަނި ބަލީގެ ޢަލާމާތްތަކަށް ފަރުވާ ކުރުމުގެ ބަދަލުގައި، ބަލި ބޮޑުވަމުން ދާ ގޮތަށް ހުރަސްތަކެއް ކުރިމަތި ކުރުވުމުގެ ފުރުޞަތުވެސް އޮވެދާނެ ކަމަށް ޑރ ޕީޓާސަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޑޮނަނެމާބް ބޭނުން ކުރި ޕޭޝަންޓުންގެ ތެރެއިން، ސިކުނޑި ދުޅަވުމުގެ މައްސަލަ ސީރިއަސް ދަރަޖައަކަށް ކުރިމަތިވީ އެންމެ 1.6 ޕަސެންޓް މީހުންނަށް ކަމަށް ލިލީ ކުންފުނިން ބުނެއެވެ. ސިކުނޑި ދުޅަވުމާ ގުޅިފައިވާ ޙާލަތެއްގެ ސަބަބުން 2 މީހެއްގެ ފުރާނަ ގެއްލި، ސީރިއަސް ދަރަޖައަކަށް ސިކުނޑި ދުޅަވެގެން އިތުރު މީހެއްގެ ފުރާނަވެސް ގެއްލުނެވެ.

ލިލީ ކުންފުނިން ވަނީ އެމެރިކާގެ ރެގިއުލޭޓަރުންގެ ހުއްދައަށް އެދި ޖޫން މަހުގެ ފަހުކޮޅު ހުށަހަޅާނެ ކަމަށާ، އެހެން ޤައުމުތަކުގެ ބޭސްވެރިކަމާ ބެހޭ އިދާރަތަކަށް ހުށަހަޅާނީ އޭގެ ދުވަސްކޮޅެއް ފަހުން ކަމަށެވެ. އެމެރިކާގެ ރެގިއުލޭޓަރުން ހުއްދަ ދިނުމާ މެދު ނިންމާ ގޮތެއް އެނގޭ ވަރު ވާނީ މިއަހަރުގެ ފަހުކޮޅު، ނުވަތަ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ދިރާސާގެ ބައިވެރިންނަށް ޑޮނަނެމާބް ދީފައިވަނީ ނާރަށް ޖަހާ އިންޖެކްޝަނެއް މެދުވެރިކޮށެވެ.

އަލްޒައިމާޒް ބަލީގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެމެރިކާގެ ރެގިއުލޭޓަރުންގެ ހުއްދައާއެކު މިހާރުވެސް 2 ބޭހެއް ބޭނުން ކުރި ނަމަވެސް، ޑޮކްޓަރުންގެ މާ ބޮޑު ތަރުހީބެއް ނުލިބެއެވެ. ސަބަބަކަށް ވަނީ، ސިކުނޑީގެ މަސައްކަތްތެރިކަން މަޑުޖައްސާލާ މިންވަރަށް އޭގެ ސަބަބުން މާ ބޮޑު އަސަރެއް ކުރާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައި ނެތުމެވެ.

މިބަލި ޖެހެނީ ކަނޑައެޅިގެން ވަކި ސަބަބުތަކެއްގެ ސަބަބުން ކަން އަދި ޔަގީންކަމާއި އެކު ހޯދިފައެއް ނެތެވެ. ދާއިރާގެ ގިނަ ތަޖުރިބާކާރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އެޕޯލިޕޯޕްރޮޓީން-އީ އުފެއްދުން އިތުރުވުން، ނުވަތަ އެޕްރޮޓީން ސިކުނޑީގައި ޖަމާވުމަކީ އަލްޒައިމާ ބަލި ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްތަޤްބަލުގައި އާޓިފިޝަލް އިންޓެލިޖެންސް އިން ހިތުގެ ބަލީގެ ނުރައްކާ ދެނެގަނެވޭނެ!

މުސްތަޤްބަލުގައި އާޓިފިޝަލް އިންޓެލިޖެންސް އިން ހިތުގެ ބަލީގެ ނުރައްކާ ދެނެގަނެވޭނެ!

15 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު