Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ހުއްޓިފައި އޮތުން

މަޖިލިސް ހުއްޓުވާފައި އޮންނަ މައްސަލަ އައިޕީޔޫގެ ސަމާލުކަމަށް ގެނެސްފި

7 ނޮވެމްބަރު 2023 | އަންގާރަ 03:49

މިހާރު މިކަމާއި ގުޅޭ މައްސަލަ އެއް ސުޕްރީމްކޯޓުގައި އެބަ ކުރިއަށްދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ނޮވެމްބަރު 2023 | އަންގާރަ 03:49
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީސް ކުރިއަށް ނުގެންގޮސް ހުއްޓުވާފައި އޮންނަ މައްސަލަ އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ސަމާލުކަމަށް ގެނެސްފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް މަޖިލިސް ހުއްޓުވާފައި އޮންނަ މައްސަލަ އައިޕީޔޫގެ ސަމާލުކަމަށް ގެނައިކަން ރާއްޖެޓީވީ އަށް ވަނީ ކަށަވަރުވެފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭ އިތުރު ތަފްސީލް ހޯދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕާއި ގުޅުމަށް ކުރި މަަސައްކަތް އަދި ކާމިޔާބު ވެފައި ނުވާތީ މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މަޖިލީހުގެ މަސައްކަތްތައް މިހާރު އެއްކޮށް ހުއްޓުމަކަށް އައިސްފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަަޑައިގެންނެވުމުންނެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހަށެވެ. އޭގެ ފަހުން މިހާތަނަށް ތަފާތު 5 ފަހަރެއްގެ މަތިން މި މައްސަލަ އެޖެންޑާ ކުރި ނަމަވެސް އެ 5 ޖަލްސާ އަށް ވެސް އީވާ ވަނީ ސަލާމް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި މި މަސައްކަތް ކުރިއަށް ނުގެންގޮސް އިތުރު މަސައްކަތެއް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގައެވެ.

އެމްޑީޕީން ޤަބޫލުކުރާ ގޮތުން މަޖިލީހުގައި އެއްވެސް މަސައްކަތެއް ދެން ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ފަހުގައިކަން މަޖިލީހުގެ ގަވާއިދުން ސާފުކޮށް އެނގެއެވެ. ނަމަވެސް މަޖިލީހުގެ ކައުންސެލް ޖެނެރަލް އާއި މަޖިލީހުގެ އަމީންޢާއްމު ގަވާއިދު މާނަކުރާ ގޮތް ތަފާތެވެ. އެ ބޭފުޅުން ވިދާޅުވަނީ މަޖިލީހުގެ ތަޅުމަށް ނަޝީދު ވަކިކުރުމުގެ ޤަރާރު ހުށަހަޅާފައި ނުވާތީ އެހެން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެއާ އެކު މަޖިލީހުގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.

މިހާރު މިކަމާއި ގުޅޭ މައްސަލަ އެއް ސުޕްރީމްކޯޓުގައި އެބަ ކުރިއަށްދެއެވެ. އެމްޑީޕީގެ ފަރާތުން ހުށަހެޅި މި މައްސަލަ އަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުދާތީ، މަޖިލީހުގެ ގަވާއިދު މާނަކުރުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ އަށް ޑިމޮކްރެޓްސް، ޕީޕީއެމް އަދި ޕީއެންސީން ވަނީ ތަދައްޚުލުވެފައެވެ.

މަޖިލީހުގައި މިދިޔަ ދައުރުގައި ހިނގާފައިވާ ނުރަނގަޅު ކަންކަމާއި ގުޅިގެން ވެސް އައިޕީޔޫ އިން ވަނީ ކޮމެންޓްކޮށްފައެވެ. އެގޮތުން ކުރިން ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލަ ފަދަ ކަންކަމުގައި އައިޕީޔޫ އިން ބަސްބުނެފައި އެބަހުއްޓެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް