Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރޭ ތަކެއްޗާބެހޭ ގަވާއިދަށް އިސްލާހު ގެނައުން

ދިރޭ ތަކެއްޗާބެހޭ ގަވާއިދަށް އިސްލާހެއް - ފީނާއިރު ވެލާކަހަނބާ ހަ ފޫޓަށް ވުރެ ކައިރި ނުވެވޭނެ

ވެލާ ކަހަނބާ އެކު ފީނައި ފަތާއިރު ނުކުރަންވީ ކަންކަމުގެ ގޮތުގައި ވެސް ބައެއް ކަންކަން އެ އިސްލާހުގައި ވަނީ ހިމަނާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ނޮވެމްބަރު 2023 | އަންގާރަ 03:06
ކަނޑުގެ ދިރުންތައް ދައްކުވާދޭ ފޮޓޯ އެއް

ކަނޑުގެ ދިރުންތައް ދައްކުވާދޭ ފޮޓޯ އެއް

ފީނާއިރު ވެލާކަހަނބާ އެކު ހަ ފޫޓަށް ވުރެ ކައިރި ނުވެވޭ ގޮތަށް ދިރޭ ތަކެއްޗާބެހޭ ގަވާއިދަށް އިސްލާހެއް ގެނެސްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އެ އިސްލާހުގައި ވަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވައިދަ"ށް ޖަދުވަލެއް އިތުރުކޮށްފައެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ގެނައި އެ އިސްލާހުގައި ބުނެފައި ވަނީ ވެލާ ނުވަތަ ކަހަނބާއެކު ފަތާނަމަ ނުވަތަ ފީނާނަމަ އަބަދުވެސް އެ އެއްޗެއްސާ ހަ ފޫޓުގެ ދުރުމިން ބަހައްޓަން ވާނެ ކަމަށެވެ.

ހަމައެހެންމެ ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެއިން އެއްޗެއް އަންނަ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް އެ އިސްލާހުގައި ވަނީ ހިމަނާފައެވެ.

އެގޮތުން ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެސޮރުމެން އަތުވެއްޖެނަމަ، މަޑުމަޑުން ހަމަޖެހިލައިގެން އޮވެ، ވެލާ ނުވަތަ ކަހަނބު ބޭނުން ދިމާއަކަށް ދަންދެން މަޑުކުރަންވާނެކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

ވެލާ ކަހަނބާ އެކު ފީނައި ފަތާއިރު ނުކުރަންވީ ކަންކަމުގެ ގޮތުގައި ވެސް ބައެއް ކަންކަން އެ އިސްލާހުގައި ވަނީ ހިމަނާފައެވެ.

އޭގެ ތެރޭގައި ވެލާ ކަހަނބު މޫދުގެ އަޑީގައި އޮންނަ އިރު އެ އެއްޗެހީގެ މަތިން ނުފީނުމާއި، ފީނާ ފަތާ އިރު ވެލާ ކަހަނބު ފަހަތުން ނު ފެއްސުމާއި، ވެލާ ކަހަނބުުގެ ތަބީއީ އުޅުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމާއި، ވެލާ ކަހަނބު ގުުދުރަތީ މާހައުލުގައި އުޅެނިކޮށް އެއަށް ކާން ނުދިނުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

ދިވެހި ރައްޔިތުންނަކީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށް ވާން ޖެހޭ: ރައީސް

19 ނޮވެމްބަރު 2017
ދިވެހި ރައްޔިތުންނަކީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ ބަޔަކަށް ވާން ޖެހޭ: ރައީސް
26 އޮކްޓޯބަރު 2017

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހެއް ގެނެސްފި

26 އޮކްޓޯބަރު 2017
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހެއް ގެނެސްފި
13 އޮކްޓޯބަރު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

13 އޮކްޓޯބަރު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
08 އޮކްޓޯބަރު 2017

ދައުރުގެ ފުރަތަމަ ޖަލްސާގައިވެސް ގައިވާއިދަށް ގެންނަ ކުޑަ އިސްލާހެއް އެކަނި!

08 އޮކްޓޯބަރު 2017
ދައުރުގެ ފުރަތަމަ ޖަލްސާގައިވެސް ގައިވާއިދަށް ގެންނަ ކުޑަ އިސްލާހެއް އެކަނި!
12 ޖުލައި 2017

ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް

12 ޖުލައި 2017
ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
09 އެޕްރީލު 2017

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
09 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ

09 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު