Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

މަޖިލީސް ފެއިލްވެއްޖެ، އެކަންވީ މަޖިލިީސް ހިންގަން ތިބި އިސްވެރިންގެ ސަބަބުން - އެމްޕީ ބިގޭ

މަޖިލީހަށް އޮތް އިތުބާރާއި އުންމީދު ގެއްލިފައިވާ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ނޮވެމްބަރު 2023 | ހޯމަ 09:40
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީސް ފެއިލްވެފައިވާ ކަމަށާއި އެކަން އެގޮތަށް ވީ މަޖިލީސް ހިންގަން ތިއްބެވި އިސްވެރިންގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 7 ނުވަތަ 8 މަސް ވަންދެން މުއައްސަސާއަކުން ޚިދުމަތް ނުދެވި އޮތުމަކީ އެ މުއައްސަސާއެއް ފެއިލްވުން ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އެ މުއައްސަސާގެ ބޭނުން ރައްޔިތުންނަށް ނެތް ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ މިއަދު މަޖިލީހުގެ އަމީން ޢާއްމާއި ކައުންސެލް ޖެނެރަލް އަށް ވެސް އިތުބާރު ނެތް ކަމަށެވެ. އެކަން އެހެން ދިމާވެފައިވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަވާ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ގޮތަކަށް އެ ދެބޭފުޅުން މަޖިލީހުގެ ހިންގާ ޤަވާއިދާއި ޤާނޫނު އަސާސީ މާނަކުރައްވާތީ ކަމަށާއި އަދި އެ ދެ ބޭފުޅުން މަސައްކަތް ކުރައްވަނީ ވީ މިންވަރަކުން އުސޫލުގެ ތެރެއަށް ފައްތައިގެން މަޖިލީހުގެ ރިޔާސަތުން އެދޭ ގޮތަކަށް ކަންކަން ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ ކަންކަން ކުރައްވަނީ އިންސާފުން ކަމަށް ތަންދޮރު ދަންނަ މީހުން ޤަބޫލު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އުސޫލާއި އެއްގޮތަށް ކަންކަން ކުރާ ނަމަ އެ ދެ ބޭފުޅުން ތިއްބަވާނީ މިއަދުވެސް މެންބަރުންގެ ފުރިހަމަ އިތުބާރާއި އެކުގައި ކަމަށާއި މުއައްްސަސާ އެއް ފެއިލްވަނީ އެތަން ހިންގަން ތިއްވަބާ ބޭފުޅުންގެ ސަބަބުން ކަމަށާއި ދެން ވެސް މަސައްކަތް ކުރަންވީ ޤަވާއިދުގެ ތެރެއަށް ވީވަރަކުން ކަންކަން ފައްތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤަވާއިދާއި ޤާނޫނުތަކާއި ޚިލާފަށް ޢަމަލުކުރުމަކީ ޖަވާބުދާރީ ކުރުވޭނެ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އެކަން މިހާރު މަޑު ޖައްސާލައިގެން ތިބީ މި ވަގުތު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތުމުން ކަމަށް މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވިއެވެ. އަދި އާއްމު ކޮމިޓީން ކަމެއް ނިންމި ނަމަވެސް، ކޮންމެވެސް އުޒުރެއް ދައްކައިގެން އެކަން އެޖެންޑާ ނުކޮށް ދޫކޮށްލައްވާތީ، މަޖިލީހަށް އޮތް އިތުބާރާއި އުންމީދު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

ޕީޕީއެމް މަޖިލީސް މެންބަރު އަބްުދުﷲ ވެސް ޕީޕީއެމް އިން ވަކިވެއްޖެ

10 ޖުލައި 2017
ޕީޕީއެމް މަޖިލީސް މެންބަރު އަބްުދުﷲ ވެސް ޕީޕީއެމް އިން ވަކިވެއްޖެ
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
10 އެޕްރީލު 2017

ފެއިލްވެއްޖެ ކަމަކަށް ގަބޫލެއް ނުކުރަން، ދެން ވަންނާނީ ފެންނަ ގޮތަށް: އިބޫ

10 އެޕްރީލު 2017
ފެއިލްވެއްޖެ ކަމަކަށް ގަބޫލެއް ނުކުރަން، ދެން ވަންނާނީ ފެންނަ ގޮތަށް: އިބޫ
06 އެޕްރީލު 2017

ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި

06 އެޕްރީލު 2017
ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި
26 މާރިޗު 2017

މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު

26 މާރިޗު 2017
މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު