Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އާސަހަރާގެ މައްސަލަ

އާސަހަރާ މައްސަލަ: 45 ޕަސެންޓު މަސައްކަތަށް 3.6 މިލިއަން ރުފިޔާ ދީފައިވަނިކޮށް އެއްބަސްވުން ބާތިލްކޮށްފި

އެ މަސައްކަތް ފެށީ މި އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 11:29
އާސަހަރާ

އާސަހަރާ

މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާ ތަން ކަމުގައިވާ އާސަހަރާގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް އެ ސަހަރާ ބަންދުކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މާލެ ސިޓީ ކައުންސިލުން، އެ ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް ފެށީ މި އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

މިއަދަށް އެ މަސައްކަތަށް 6 މަސް ވީއިރުވެސް، އެތަން އެ ހުރީ އޭރު ތަޅާލި ގޮތަށެވެ. އެންމެ މަހަކުން ނިންމުމަށް ހަވާލުކުރި ތަނުގެ ދެތިން ތަނބަކާއި ގައުކޮޅެއް ޖަހާފައި ހުރިއިރު، އެތަނުގެ މަސައްކަތް ކުރަން އޭރު ހަވާލުކުރި ކުންފުނި އަތުން މިހާރު މި ވަނީ އެ މަސައްކަތް އަތުލާފައެވެ.

އެ މަސައްކަތް ކުރުމަށް އެހެން ބަޔަކާ ހަވާލުކުރުމަށް ސިޓީ ކައުންސިލުން ނިމިދިޔަ މަހުގެ ތެރޭގައި ހުޅުވާލިއިރު، މިދިޔަ ބުރާސްފަތި ދުވަހު އެ މަސައްކަތަށް އަގު ހުށަޙެޅުންވެސް އޮތެވެ.

ރަނގަޅެވެ. މަސައްކަތް ރަނގަޅަށް އަދާނުކުރެވޭނަމަ، އެއްބަސްވުން ބާތިލުކޮށް، އެހެން ބަޔަކާވެސް ހަވާލު ކުރަންވީތާއެވެ. އެހެން ނަމަވެސް، ކުރަން ހަވާލުކުރި މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ނުނިމޭއިރު، ގާތްގަނޑަކަށް މުޅި މަސައްކަތަށް ވާ ފައިސާ ދީފައި އެއްބަސްވުން ބާތިލް ކުރުމަކީ އޮންނަ އުސޫލެއް ނޫންތާއެވެ.

"ރާއްޖެއެމްވީ"އަށް ލިބުނު، އެއްބަސްވުން އުވާލުމުގެ ކުރިން ހަދާ ރިޕޯޓް ނުވަތަ "ޕްރޮޖެކްޓް ޓަރމިނޭޝަން ރިޕޯޓް"އިން ފެންނާން އޮތީ، ނުކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލުން ފައިސާ ދިންތަނެވެ. ސަހަރާގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހަވާލުކުރި ކުންފުނީގެ ނަމެއް ނެތްނަމަވެސް، އެ ކުންފުނިން ކުރި މަސައްކަތާއި، މުޅި އެ ޕްރޮޖެކްޓް ހިނގި ގޮތް އޭގައި ފެންނާން އެބައޮތެވެ. ޖުމްލަ 4.9 މިލިއަން ރުފިޔާގެ މި މަސައްކަތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި އަޅައިގަތީ ކުރެވުނު މަސައްކަތާއި ދެއްކި ފައިސާގެ އަދަދެވެ.

ރިޕޯޓުން ދައްކާގޮތުންނަމަ، އެ މަސައްކަތް ކުރި ކުންފުންޏަށް އެ މަސައްކަތުގެ ފައިސާ ދައްކާފައިވަނީ އެޑްވާންސް ފައިސާގެ އިތުރުން، މަސައްކަތުގެ ކުރިއެރުމުގެ މައްޗަށެވެ. އެގޮތުން ޖޫން 4ގައި ފެށި މަސައްކަތަށް އެޑްވާންސް ފައިސާގެ ގޮތުގައިވެސް 1،000،000 (އެއް މިލިއަން) ރުފިޔާ ދީފައިވާއިރު، އޭގެ ފަހުން މި އަހަރުގެ އޮގަސްޓު މަހާ ހަމައަށް އެކި ބައިބަޔަށް 2.6 މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ދީފައެވެ. ޖުމްލަ ބަލާނަމަ އެއީ 3.6 މިލިއަން ރުފިޔާއެވެ.

ބާކީ އެ މަސައްކަތުން އެކުންފުންޏަށް ނުދީ ހުރީ އެންމެ 1.3 މިލިއަން ރުފިޔާއެވެ.

އެހެންނަމަވެސް، އެ މުޅި މަސައްކަތަށް ބަލާއިރު، އެކުންފުނިން ކޮށްފައިވަނީ މަސައްކަތުގެ އެންމެ 45 ޕަސެންޓުގެ މަސައްކަތެވެ. އޭގެތެރެއިން އެކުންފުންޏަށް 100 ޕަސެންޓުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާއިރު، އެންމެ ބޮޑަށްވެސް ކުރެވުނީ، ކުރިން ހުރި މިސްކިތް ރޫޅާލުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 98 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ.

އެ ކުންފުންޏާ ހަވާލުކުރި މައިގަނޑު މަސައްކަތަކީ އެ މިސްކިތާއި ހިނަވާގެ ރޫޅާލުމުގެ އިތުރުން، އެތަން ބޮޑުކޮށް ހެދުމުގެ މަސައްކަތެވެ. އެގޮތުން ކޮންސްޓަރްކްޝަން މަސައްކަތްތަކުގެ ތެރެއިން، ފިރިހެނުންގެ ހިނަވާގޭގެ އެންމެ މަސައްކަތެއްވެސް އެކުންފުނިން ކޮށްފައި ނުވާއިރު، މިސްކިތުގެ ޖާގަ އިތުރުކުރުމުގެ 39 ޕަސެންޓު، އަދި އަންހެނުން މަޑުކުރުމަށާއި ހިނެވުމަށް ބޭނުންކުރާ ތަނުގެ 70 ޕަސެންޓު ވަނީ ނިމިފައެވެ.

އެއީ ހަވާލުކުރެވުނު މަސައްކަތުގެ ތެރެއިން ކުންފުންޏަށް އެންމެ ބޮޑަށް ކުރެވުނު މަސައްކަތެވެ.

މި މައްސަލައާ ގުޅިގެން ސިޓީ ކައުންސިލުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންކަމުން މި މަސައްކަތް ހަވާލުކުރި ކުންފުނީގެ މައުލޫމާތެއްވެސް އަދި ވަނީ އެނގޭގޮތެއް ނުވެފައެވެ.

މާލޭ ސިޓީ ކައުންސިލްއާސަހަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު