Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަރަބި ލީޑަރުންނާއި ބްލިންކެން ބައްދަލު ކުރެއްވުން

ޣައްޒާގެ މައްސަލާގައި އުރުދުންގައި ތިބި އަރަބި ޑިޕްލޮމެޓުންނާ ބްލިންކެން ބައްދަލުކުރައްވަނީ

އިސްރާއީލާ ގުޅުން ކަނޑާލުމާއި މެދު އަރަބި ލީޑަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 4 ނޮވެމްބަރު 2023 | ހޮނިހިރު 01:30
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މީގެ ކުރިންވެސް އަރަބި ގިނަ ލީޑަރުންނާ ވަނީ ބައްދަލު ކުރައްވާފައި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މީގެ ކުރިންވެސް އަރަބި ގިނަ ލީޑަރުންނާ ވަނީ ބައްދަލު ކުރައްވާފައި

އިސްރާއީލާއި ހަމާސްގެ ހަމަލާތަކާ ބެހޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ހޮނިހިރު ދުވަހު އުރުދުންގައި އަރަބި ފަސް ގައުމެއްގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އުރުދުން، މިސްރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރުގެ އިސް ޑިޕްލޮމެޓުން އައްމާންގައި ބްލިންކެންއާ އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ސަރަހައްދީ ސަލާމަތަށް މިހާރު ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން ކުރިމަތިވާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުންނެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ ފަލަސްތީނު އޮތޯރިޓީގެ މަންދޫބެއް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ އޮކްޓޯބަރު މަހުގެ ކުރީކޮޅު ހަނގުރާމަފެށި ފަހުން ނުފޫޒުގަދަ އަރަބި އޮފިޝަލުންނާ ބަޔަކާ ބްލިންކެން އަމިއްލަފުޅަށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

މި އެއްވުމަކީ ޣައްޒާގެ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގައި އިތުރު ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ތައް ހުއްޓިފައި އޮތުމުން، އެމެރިކާއިން އުއްމީދު ކުރަނީ ސަރަހައްދީ ގާތް ބައިވެރިންނަށް ހައްލު ހޯދައިދެވޭނެ ކަމަށެވެ.

ނަމަވެސް އިސްރާއީލާ މެދު އަރަބި ގައުމުތަކުގެ މެދުގައި ބައިބައިވުންތައް އުފެދިފައިވާއިރު، އޭގެ ތެރެއިން ބައެއް ގައުމުތަކުން ދާދި ފަހުން ވަނީ ގުޅުން ތައް އާންމުކޮށްފަ އެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމާ މެދު އަރަބި ޤައުމުތައް އިއްތިފާގުނުވާ ކަމަށް ބައެއްރިޕޯޓްތައް ބުނެއެވެ.

ހުސްވި އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 9000 ށްވުރެ ގިނަމީހުން ވަނީ ޝަހީދުވެފައެވެ. އަދި މިފަހަކަށްއައިސް އިސްރާއީލްގެ ހަމަލާތައް ހޮސްޕިޓަލްތަކަށް އަމާޒުކޮށްފައިވާތީ ޣައްޒާގެ 16 ހޮސްޕިޓަލެއްގެ ޚިދުމަތް މިހާރުވަނީ އެއްކޮށް މެދު ކެނޑިފައެވެ.

ދުނިޔެއެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންޣައްޒާއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު