Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން

އައިއޭސީގެ ޣައްޒާގެ ޓީމު: ނުރައްކަލުގައި ނަމަވެސް ހޯދަނީ އެ ޒިންމާ އަދާކުރާނެ ގޮތެއް!

އައިއޭސީން ޣައްޒާއަށް ތަކެތި އެތެރެކުރާ ގޮތާ މެދު އާންމުން ސުވާލު ކުރޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2023 | ހުކުރު 07:43
ގްރައުންޑް ޓީމުން ކުރާ މަސައްކަތުން ފާހަގަ ކުރެވުނީ އެ މަސައްކަތް ކުރުމުގައި ޣައްޒާގައި ތިބި އައިއޭސީގެ މެންބަރުން ކުރާ ބުރަ މަސައްކަތް

ގްރައުންޑް ޓީމުން ކުރާ މަސައްކަތުން ފާހަގަ ކުރެވުނީ އެ މަސައްކަތް ކުރުމުގައި ޣައްޒާގައި ތިބި އައިއޭސީގެ މެންބަރުން ކުރާ ބުރަ މަސައްކަތް

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޣައްޒާގެ ހުންނަ އަލް އަޤްސާ މާޓިޔާސް ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދިން ކަމަށް މީސް މީޑިޔާގެ ޒަރިއްޔާއިން ހާމަކުރުމާއެކު، މީސް މީޑިޔާގައި އެ ވާހަކަތައް ދައުރުވާން ފެށީ ގިނަ ރައްޔިތުން ސުވާލެއްގެ ތެރެއަށް ވައްޓާލުމަށްފަހު އެވެ. އެ ހާދިސާ ނޫނަސް، އައިއޭސީގެ ޣައްޒާގެ މަސައްކަތްތަކާ ގުޅުވައި، މުޅި ޣައްޒާ ބަންދުކޮށްފައިވާއިރު، އައިއޭސީން ތެލާއި ކާބޯތަކެތި ފޯރުކޮށްދެނީ ކިހިނަކުންތޯ އާންމުން ދިޔައީ ސުވާލު ކުރަމުންނެވެ.

އެ ސުވާލަށް އައިއޭސީން ދިނީ ސާދާ ޖަވާބެކެވެ. ތެލުގެ ހާދިސާއަށް އައިއޭސީން ބުނީ އެއީ "އެ ތެލަކީ އައިއޭސީގެ ގްރައުންޑް ޓީމުގެ ބުރަ މަސައްކަތުން ޣައްޒާގެ އެތެރޭން ހޯދުމަށްފަހު ރައްކާތެރިކަމާއެކު ހޮސްޕިޓަލަށް ފޯރުކޮށްދެވުނު ތެޔޮ" މި އެވެ. ބުނެލާ ބަހަކުން ނިންމާލުމަށް ވުރެ، އެކަން މާ ޝައުގުވެރިވީ އެހާ ހިސާބުންނެވެ. ގްރައުންޑް ޓީމުން ކުރާ މަސައްކަތުން ފާހަގަ ކުރެވުނީ އެ މަސައްކަތް ކުރުމުގައި ޣައްޒާގައި ތިބި އައިއޭސީގެ މެންބަރުން ކުރާ ބުރަ މަސައްކަތެވެ.

ހަމަ ޔަގީން އެއްކަމެއް އެބަ އޮތެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އައިއޭސީއާއި އެހެން ޖަމިއްޔާއެއް ތަފާތެއް ނުކުރެ އެވެ. "ކަލެކްޓިވް ޕަނިޝްމެންޓް" އެއް އެންމެންނަށް ދެމުންދާއިރު، އޭގެ ތެރޭގައި އައިއޭސީ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.

މީގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެންމެ ޟަރޫރީ ކަންކަން ފުރިހަމަ ކުރުމަށް، ދިވެހި ރައްޔިތުން ހެޔޮހިތުން ދޭ ފައިސާ އިން، ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ އެ ޖަމިއްޔާއިން ކުރިމަތިލާން ޖެހެ އެވެ. ވަކިން ޚާއްސަކޮށް، އެ މަސައްކަތްތަކަކީ އެ ޓީމުގެ މެންބަރުންގެ އަމިއްލަ ނަފްސު، ނުރައްކަލަކަށް ހުށަހެޅޭ ކަމަކަށް ވީ ނަމަވެސް، އެ މަސައްކަތުގައި ފެޔަށް ޖެހުމަކީ އައިއޭސީން ބޭނުންވާ ގޮތެއް ނޫނެވެ.

ޣައްޒާގެ އަލް އަޤްސާ މާޓިޔާސް ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދިނުމަކީ އޭގެ އެންމެ މިސާލެކެވެ. ރާއްޖެ އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު، އަޒްހަދު އަޙްމަދު ވިދާޅުވީ އެކަން ހިނގާ ގޮތެވެ. ތަފްސީލު ކޮށްލަދޭނަމެވެ.

އަޒްހަދު ވިދާޅުވި ގޮތުންނަމަ، ޣައްޒާގެ ތެރޭގައި ތެލާއި އެހެނިހެން ތަކެތީގެ ސްޓޮކް ވެސް އެބަހުއްޓެވެ. ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަކެތި ހޯދުމަށް ކުރަން ޖެހޭ މަސައްކަތާއި، ޙާލުގައި ޖެހިފައި ތިބި ފަރާތްތަކާ ހަމައަށް ވާސިލްކުރުމަށް ދިމާވާ ދަތިތަކެވެ.

އައިއޭސީގެ ޓީމަށް ބަލާއިރު، ޣައްޒާގެ ތެރޭގައި ތިބި އައިއޭސީގެ ޓީމަކީ ޣައްޒާއަށް ނިސްބަތްވާ އެ ގައުމުގެ ރައްޔިތުންނެވެ. އެއީ ހިލޭ ސާބަހަށް އައިއޭސީގެ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ މީހުންނެވެ.

އައިއޭސީގެ ޓީމެއް ޣައްޒާގައި އޮތެއް ކަމަކު، ރައްޔިތުންނާ ހަމައަށް ޟަރުރީ ކަންކަން ފުރިހަމައަށް ގެނެސްދިނުމަށް އެޓީމުން ކުރަން ޖެހެނީ ނަފްސު ނުރައްކަލަށް ހުށަހެޅޭފަދަ ބިރުވެރި މަސައްކަތެކެވެ. އެއީ ޣައްޒާގައި ބައެއް ބޭރުގެ ޖަމިއްޔާތަކާއި އައިއޭސީއާ ތަފާތުވާ ހިސާބެވެ.

އައިއޭސީގެ މަގްސަދަކީ ނުރައްކަލަކަށް ހުށަހެޅިގެން ނަމަވެސް، އެ ކަންކަން އެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ޣައްޒާގެ ތެރޭގައި ހުންނަ އެފަދަ ވަސީލަތްތައް ލިބެން ހުންނަ ތަންތަނަށް ދިޔުމަށް އިސްރާއީލުން ގަސްތުގައި ހުރަސްއެޅުމަށް އެކި މަސައްކަތް ކުރި ނަމަވެސް، އައިއޭސީގެ ޓީމުގެ މެންބަރުން އެ ޚިދުމަތް އަދާކޮށްދެ އެވެ. އެއީ ޣައްޒާގެ ތެރޭގައި ތިބި ގިނަ އެހެން ބޭރުގެ ޖަމިއްޔާތަކުގެ ކިބައިގައި ހުރި ގާބިލްކަމެއް ނޫނެވެ. އަދި އެއީ އެ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި ވަސީލަތްތައް ބައްޓަން ކުރެވިފައި ހުރި ގޮތެއް ވެސް ނޫނެވެ.

އަޒްހަދު ވިދާޅުވީ ޣައްޒާގެ ބޭރުން އެތެރެވުމަކީ ބޭރުގެ އެހެން ޖަމިއްޔާތަކަށް ވެސް ކުރަން ވަރަށް ދަތި ކަމެއް ކަމެކެވެ. އެގޮތުން ޣައްޒާގެ ބޭރުން އެއްވެސް އެއްޗެއް އައިއޭސީއަށް ވެސް ނުވެއްދޭ ކަން އަޒްހަދު ފާހަގަ ކުރެއްވި އެވެ.

އެ ހުރިހާ ދައްޗަކާ އެކު ވެސް، އަޒްހަދު ފާހަގަ ކުރެއްވީ އައިއޭސީގެ ޣައްޒާގެ ޓީމުގެ މެންބަރުން ކުރާ ބުރަ މަސައްކަތެވެ.

ޣައްޒާގައި ހުންނަ އައިއޭސީގެ ގުދަނަކަށް ވެސް އިސްރާއީލުން މި ހަމަލާތަކުގެ ތެރޭގައި ބޮން އެޅި އެވެ. ނަމަވެސް އައިއޭސީގެ މެންބަރުންގެ އަޒުމަކީ އެ ޚިދުމަތް ފުރިހަމަ ކުރުމެވެ. ހޯދަނީ  ނުރައްކަލުގައި ނަމަވެސް ބަލަނީ އެ ޒިންމާ އަދާކުރާނެ ގޮތެކެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންޣައްޒާފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު