Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސްޠީނު ފޯރަމް

ޤިޔާމަތާހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް ﷲ ވަނީ ބަޔާންކުރައްވާފައި – ޑރ. ސައްތާރު

މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2023 | ހުކުރު 06:29
ފަލަސްޠީނު ފޯރަމްގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވާހަކަ ދައްކަވަނީ

ފަލަސްޠީނު ފޯރަމްގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވާހަކަ ދައްކަވަނީ

ޤިޔާމަތާހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ބަޔާންކުރައްވާފައިވާކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

ޑރ. ސައްތާރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ފަލަސްޠީނު ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚާއި ޔަހޫދީންގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ޢަބްދުﷲ އާމިރުވަނީ ކިޔައިދެއްވާފައެވެ.

އެގޮތުން އިސްރާއީލަކީ ޔަޤޫބުގެފާނުގެ ލަޤަބެއްކަމަށް ވިދާޅުވެ، ޔަހޫދީންނަށް މިނަން ކިޔުނު ގޮތާއި ޔަހޫދީންނަކީ ކޮބައިކަން ޑރ. ސައްތާރުވަނީ ތަފްސީލީ ގޮތެއްގައި ކިޔައިދެއްވާފައެވެ.

އަދި ބަނީ އިސްރާއީލަށް ދެއްވި ނިޢުމަތްތަކާއި އެމީހުންގެ ފަސާދަކުރުމާއި،  އެމީހުން ހަދާފައިވާ ދޮގުތަކާގުޅޭ ގޮތުން ޤުރުުއާނާއި ސުންނަތުން ސާބިތުވާ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ސައްތާރުވަނީ ކިޔައިދެއްވާފައެވެ. ޑރ. ސައްތާރުވިދާޅުވީ އަދިވެސް އެމީހުންގެ ނުބައިކަން މިދަނީ ފެންނަމުންކަމަށާއި އެހެންނަމަވެސް  ޤިޔާމަތާހަމައަށް ދާންދެން ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ބަޔާންކުރައްވާފައިވާކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވީ ފަލަސްޠީނުގައިވާ މުޤައްދަސް ތަންތަނުގެ ހުރުމަތް ކަނޑާ އެތަނުގައިވާ މުސްލިމުންގެ ލޭ އޮހޮރުވަމުންދާ މިފަދަ ދަނޑިވަޅެއްގައި މިވާހަކަދެއްކުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

އައްޝައިޚް އާމިރު ވަނީ މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

ފަލަސްޠީނަކީ ވަރަށް ޤަދީމީ ތާރީޚެއްވާ ޤައުމެއްކަމާއި އެތައް ސަތޭކަ ފޮތެއްގައި އެ ޤައުމުގެ ތާރީޚް ލިޔެވިފައިވާކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގައި އެންމެ ފުރަަތަމަ ވަޒަންވެރިވެފައިވަނީ ޢަރަބި ޖަޒީރާއިން އައި ޤަބީލާތަކަކުންކަމަށާއި ފަލަސްޠީނުގެ ބިން މަޝްހޫރުވެފައިވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2600 އަހަރު ކުރިންކަމަށް ވިދާޅުވިއެވެ. އަދި އެ ބިން މަޝްހޫރުވެފައިވަނީ ކަންޢާނީންގެ ބިމުގެ ގޮތުގައިކަމަށާއި އޭރު ޔަހޫދީން އެތަނަށް ދާން ނުވެސް ފަށާކަމަށް ޝައިޚް އާމިރު ވިދާޅުވިއެވެ. ބަނީ އިސްރާއީލަށް  ފަލަސްތީނުގައި ވެރިކަމެއް ގާއިމްކުރެވިގެންދިޔައީ ދާއޫދުގެފާނުގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިހާރުގެ ޔަހޫދީންނަށް ފަލަސްޠީނަކީ ތިމަންމެންގެ ބިމެކޭ ބުނެވޭނެ ޖާގައެއް ނެތްކަން ސާބިތުކޮށްދެއްވަމުން، އެމީހުންގެ ދަޢުވާތަކަށް ބައްލަވައި ޝައިޚް ވިދާޅުވީ އެމީހުންގެ ދީނީ ހައްޤެއްވާކަމަށް އެމީހުން އެ ބުނާ ބުނުމަކީ ދެކޮޅު ނުޖެހޭ ބުނުމެއްކަމަށެވެ. ސަބަބަކީ މާތްﷲ ފޮނުއްވާފައިވާ ނަބީބޭކަލުންނަށް އެންމެ ހައްޤުކަން ބޮޑުވާނީ އެ ބޭކަލުންނަށް ތަބަޢަވާމީހުންކަމަށްވާއިރު އެ ރަސޫލުންނާއި ނަބިއްޔުންނަށް ފުރައްސާރަކޮށް، ގަތުލުކޮށް، އެ ރަސޫލުންނާއި ނަބިއްޔުންނަށް އީމާންނުވާބަޔަކު ދައްކާވާހަކައަކަށް ވުމުންކަމަށް ވިދާޅުވިއެވެ.

ކަންޢާނީން ފަލަސްތީނުގައި އުޅެން ފެށުމާއި ޢުމަރުގެފާނާއި ހަމައަށް އެ ދެމެދުގައި ހިނގިކަންތައްތަކަށް ބައްލަވަމުން، އެ ޤައުމުގައި ވެރިކަން ކުރެއްވި ގޮތް ޝައިޚް އާމިރު މި ފޯރަމްގައި ތާރީޚަށް ބައްލަވަމުން ތަފްސީލުކޮށްދެއްވިއެވެ.

އަދި މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ހިނގި ކޮންމެ ހަނގުރާމައެއްގައިިވެސް އިސްލާމްދީނުގެ ރިވެތި އަދަބު އަޚްލާގު މުސްލިމުން އަބަދުވެސް ދައްކާކަމަށް ވިދާޅުވިއެވެ.

ޒަޔަނިސްޓުންނަކީ އިސްތިއުމާރީ ބާރެއްކަމާއި ޔަހޫދީން ފަލަސްޠީނު ބިމަށް އަންނަންފެށީ ސަޙްޔޫނީ ހަރަކާތް 1897ގައި ފެށުނު ފަހުންކަމަށް ވިދާޅުވިއެވެ. އިސްރާއީލު އިޢުލާންކުރެވިގެން ދިޔައީ 1948ގައިކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. މި މުޤައްދަސް ބިމުގެ ދިފާޢުގައި މުސްލިމުން ވީ ގުރުބާނީއަށްވެސް ޝައިޚްވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މުސްލިމު ކޮމާންޑަރުންގެ ސިކުނޑިތަކުން ފަލަސްތީނު ނުދިޔަ ނަމަވެސް، މިއަދު މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއްކަމަށް ޝައިޚް ވިދާޅުވިއެވެ. ހަމައެކަނި ފަލަސްތީނުގެ ރައްޔިތުން، އެ ބިން މިނިވަންކުރުމަށް މަސައްކަތް ކުރަމުންދާތަން ފެނުމުން އިސްލާމީ އުންމަތް ބައިބައިވެފައިވާވަރު ފެނިގެންދާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ވެވެން އޮތްގޮތަކުން ފަލަސްޠީނަށް އެހީތެރިވުމަށް ވިދާޅުވަމުން ޝައިޚް ވަނީ މުދަލުން ވެވެން އޮތް އެހީއެެއް އަޅުގަނޑުމެން ވާންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ކުޑަކުދިންނަށާއި ސްކޫލުތަކުގައިވެސް ފަލަސްޠީނަކީ ކޮބައިކަން ކިޔައިދީ އަންގަންޖެހޭކަމަށާއި މިއީ ތަޢުލީމީ މަންހަޖުގައިވެސް އެކުލެވިގެން ބުނެދެވެން ޖެހޭކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މި ފޯރަމް ނިންމާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރުދެއްވުމަށް އެދި ކުރި ދުޢާއަކުންނެވެ.

ފަލަސްތީނުޣައްޒާއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު