Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލީ ޒާހިރު

ރަށުގައި ކުރި މަސައްކަތް ޤައުމީ ފެންވަރަށް، ކާމިޔާބީތައް އިންޓަ ސްކޫލާ ގުޅިފައި!

2019 ވަނަ އަހަރު އޮތް މުބާރާތުގައި ވެސް، އަދި މިއަހަރުގެ މުބާރާތުގައި ވެސް ތިން ބައެއްގެ އެންމެ މޮޅު ކޯޗަަކަށް ހޮވުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2023 | ހޮނިހިރު 06:36
ފ.އަތޮޅު މަދަރުސާގެ ކޯޗު އަލީ ޒާހިރު

ފ.އަތޮޅު މަދަރުސާގެ ކޯޗު އަލީ ޒާހިރު

ކުޅިވަރަށް އޮތް ލޯބި އެންމެ ބޮޑަށް ގުޅިފައި ވަނީ ވޮލީ ބޯޅައާ އެވެ. ރަށު ފެންވަރުގައި ފެށި މަސައްކަތް، ޤައުމީ ފެންވަރުގައި ވެސް ވަނީ ކޮށްފަ އެވެ. ވޮލީ ކޯޗިންގެ ތެރެއަށް ނުކުތުމުގެ ކުރިން އަލީ ޒާހިރު އަކީ ފ.އަތޮޅުގައި ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ. އެންމެ ފުރަތަމަ ވޮލީ ކުޅެން ފެށީ 1989 ވަނަ އަހަރު އެވެ. އޭރު ވޮލީ ކުޅެމުން އައި ސްކޫލުގައި އުޅެމުންނެވެ. އެންމެ ފުރަތަމަ ވޮލީ މުބާރާތަކަށް ކުރިމަތިލީ 1995 ވަނަ އަހަރު އޮތް އަތޮޅު މުބާރާތުގަ އެވެ. އޭރު ކުޅުނީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އަށެވެ. ސެޓަރެއްގެ ގޮތުގައި ކުޅެން ފެށި ނަމަވެސް، ސްޕައިކަރެއްގެ ގޮތުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވޮލީ ބޯޅައިގެ ކޯޗިންގެ ތެރެއަށް އަލީ ޒާހިރު ނިކުމެފައި ވަނީ ފީއަލީ ބަށި ޓީމުގެ ކޯޗެއްގެ ގޮތުގައި ކުރި މަސައްކަތުގެ ތެރެއިން އުފެދުނު ޝައުޤުވެރިކަމުގެ ސަބަބުން ވޮލީގެ ބޭސިކް ކޯޗިން ކޯހެެއް ފުރިހަމަކޮށް، 2011 ވަނަ އަހަރު އެވެ. އެއަށްފަހު ރަށު ފެންވަރުގައި އޮންނަ މުބާރާތްތަކާއި، އަތޮޅު ފެންވަރުގައި އޮންނަ މުބާރާތްތަކުގައި އެކި އެކި ޓީމުތަކަށް ކޯޗުކަން ކޮށްދެ އެވެ. ގިނަ ކާމިޔާބީތަކެއް ވެސް ހޯދި އެވެ. ދެ އަހަރު ފަހުން، 2013 ވަނަ އަހަރު ވަނީ އިންޓަނޭޝަނަލް ވޮލީބޯލް ކޯޗިން ކޯހެއް ފުރިހަމަކޮށްފަ އެވެ. އެއަށްފަހު ދެން ފެށީ ވޮލީގެ ތެރެއަށް ޒުވާން ކުޅުންތެެރިން ނެރުމުގެ މަސައްކަތެވެ.

މިއަހަރުގެ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ވެސް އެންމެ ފާހަގަކޮށްލެވުނު އެއް ކޯޗަކީ އަލީ ޒާހިރު އެވެ. ހަތަރު ޓީމެއް ގޮވައިގެން އައިސް މުބާރާތުގައި ވާދަކުރިއިރު، އޭގެ ތެރެއިން ތިން ޓީމަކުން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެންގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކެމެވެ. 16 އަހަރުން ދަށުގެ ފިރިހެން ޓީމަށް ލިބުނީ ތިން ވަނަ އެވެ. ފ.އަތޮޅު މަދަރުސާ އިން ޗެމްޕިއަންކަން ހޯދި ތިން ބައިގެ ވެސް އެންމެ މޮޅު ކޯޗަަކަށް ހޮވުނީ އަލީ ޒާހިރު އެވެ. މިއީ އިންޓަ ސްކޫލާ ކާމިޔާބީތައް ގުޅިފައިވާ އަލީ ޒާހިރު އަށް ޚާއްސަ ކާމިޔާބީ އެކެވެ. މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު އޮތް އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ވެސް އަލީ ޒާހިރު ވަނީ ތިން ބައެއްގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދައިފަ އެވެ. ތިން އަހަރަށް ފަހު، އަނެއްކާ ވެސް އެ ކާމިޔާބީ ލިބުމަކީ އޭނާ އަށް ޚާއްސަ ކަމެކެވެ.

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް އޮންނަ އަހަރެއް ނަމަ، އަލީ ޒާހިރުގެ މަސައްކަތަކަށް ވަނީ އެ މުބާރާތަށް ޓީމު ތައްޔާރު ކުރުމެވެ. އެންމެ ކުރިން ފެށިގެން ވެސް އަލީ ޒާހިރު ވޮލީގެ ތެރެއަށް ނިކުމެފައި ވަނީ، ޒުވާން ޖީލެއް ބިނާ ކުރުމުގެ ވަރަށް ބޮޑު އުންމީދުގަ އެވެ. މިއަދު އޭނާ އަށް އެ ހިތްހަމަ ޖެހުން އެބަ އޮތެވެ. އަލީ ޒާހިރު އަށް އޮތް ޔަގީންކަމަކީ، ވޮލީގައި އެއް ރަށަކުން އެންމެ ގިނަ ހުނަރުވެރި ކުޅުންތެރިން ނިކުންނާނެ އެއް ރަށަކަށް ފީއަލި ވާނެ ކަމުގެ ޔަގީންކަމެވެ. އޭރު ފެށި މަސައްކަތާއެކު، މިއަދު ވެސް އޭނާ ހުރީ އެ މަސައްކަތުގައި ކުރިއަށް ދިއުމުގެ އުންމީދުގަ އެވެ.

ވޮލީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު ގިނަ ކޯޗުން ބުނެފައިވާ ގޮތުގައި، ރަށް ފުށުގައި ވޮލީގެ ޒުވާން ޖީލެއް ބިނާ ކުރުމަށް އަލީ ޒާހިރު ކުރަމުން އަންނަނީ ވަރަށް ވަރުގަދަ މަސައްކަތެކެވެ. އެ މަސައްކަތުގެ ނަތީޖާ ރަނގަޅުވެ، ފެންވަރު ރަނގަޅު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދެމުން އަންނަކަން، މިއަހަރުގެ މުބާރާތުން ވެސް ފެނުނު ކަމަށް އެ ކޯޗުންް ބުނެ އެވެ. ޚާއްސަކޮށް ފ.އަތޮޅު މަދަރުސާގެ ހަތަރު ޓީމުގައި ވެސް ހުނަރުވެރި، އުންމީދީ ކުޅުންތެރިން ތިބި ކަމަށް އެ މީހުން ޤަބޫލު ކުރެ އެވެ. އެމީހުންގެ އެދުމަކީ ވެސް އެހެން ރަށްރަށުގައި، އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ.

އިންޓަ ސްކޫލް މުބާރާތުގައި އެންމެ ފުރަތަމަ ތައްޓެއް ކާމިޔާބު ކުރެވުނީ 2018 ވަނަ އަހަރު އެވެ. 19 އަހަރުން ދަށުގެ އުމުރުފުރާއިން އެ އަހަރު ތަށި ހޯދީ ފައިނަލްގައި ޣާޒީ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޣާޒީ ސްކޫލް ޓީމުގައި ނިސްބަތުން މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް، ފ.އަތޮޅު މަދަރުސާ އިން ތަށި އޭރު ހޯދީ އެންމެން "ސިއްސުވާލުމަށްފަހު" އެވެ. އެ ކާމިޔާބާއެކު ޖެހިގެން 2019 ވަނަ އަހަރު އޮތް މުބާރާތާ ކުރިމަތިލީ އައު ޓާގެޓުތަކާ އެކު އެވެ. ދުރާލާ މުބާރާތައް ތައްޔާރުވުންތައް ފެށީ ދެ އުމުރުފުރާއަކުން ހަތަރު ޓީމު ގޮވައިގެންނެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން، 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ހަތަރު ޓީމެވެ. އެ އަހަރު ވެސް ފ.އަތޮޅު މަދަރުސާ އިން ތިން ތަށި ކާާމިޔާބު ކުރި އެވެ. އެއީ ވޮލީގައި ފ.އަތޮޅު މަދަރުސާ އަށް ވެސް އަދި ޚާއްސަކޮށް ފީއައްޔަށް ވެސް ޚާއްސަ އަހަރަަކަށްވި އެވެ.

މިއަދު ވެސް އަލީ ޒާހިރުގެ އުންމީދަކީ އެ މަސައްކަތުގައި ދެމި ހުރުމެވެ. އަންނަ އަހަރުގެ އިންޓަ ސްކޫލު މުބާރާތަށް ދުރާލާ ތައްޔާރުވެ، ކާމިޔާބީ ތަކުރާރު ކުރުމަށް މަސައްކަތް ކުރުމެވެ. މިއަހަރުގެ މުބާރާތުގައި ވިދާލި އެ މަދަރުސާގެ ކުދިންނަށް، އިތުރު އެހެން ފުރުސަތުތައް ހޯދައި ދިނުމެވެ. އެކަމަށް ވެސް އަލީ ޒާހިރު އިސްނަގާނެ އެވެ.

ފ. ފީއަލިއަލީ ޒާހިރު (ފީއަލީ)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

07 ޑިސެމްބަރު 2025
ރައީސް މުއިއްޒުގެ ސަރުކާރާއެކު ފީއަލީގެ ތަރައްގީ އެއްކޮށް ހުއްޓިފައި، ސައިންސް ލެބް އިމާރާތް ކުރާ ބިމުގައި ވެސް ހައްދަނީ ކަރާ

ރައީސް މުއިއްޒުގެ ސަރުކާރާއެކު ފީއަލީގެ ތަރައްގީ އެއްކޮށް ހުއްޓިފައި، ސައިންސް ލެބް އިމާރާތް ކުރާ ބިމުގައި ވެސް ހައްދަނީ ކަރާ

21 ނޮވެމްބަރު 2025
ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު