Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިން އަންނަ މިންވަރު

ފުރަތަމަ ފަހަރަށް، އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން އަންނާނެ

2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޗައިނާގެ އިތުރު ތިން އެއަރލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 10:26
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާ ހަރަކާތްތައް -- ފޮޓޯ: ޔޫސުފް ސޮފްވާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާ ހަރަކާތްތައް -- ފޮޓޯ: ޔޫސުފް ސޮފްވާން

2024 ވަނަ އަހަރުގެ ތެރޭގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް ދެ މިލިއަން ފަހަނައަޅައި ދާނެކަމަށް އަންދާޒާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް ދެ މިލިއަން ފަހަނައަޅައި ދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި 2023 ވަނަ އަހަރާ އަޅައިބަލާއިރު، ބެޑްނައިޓްސް 7 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ. މިއާއެކު، އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އުފެންދުންތެރިކަން 6.6 އިންސައްތައަށް ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ. މިއީ 2016ގެ ފަހުން، (2020 ވަނަ އަހަރު ފިޔަަވައި) ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން އެންމެ ދަށްވާނެކަމަށް ލަފާކުރެވޭ އަހަރެވެ.

ބަޖެޓުގައި ބުނެފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މި ދާއިރާއަށް ކުރިމަތިވި އަޑިގަނޑުން އަރައިގަތުމަށް، 2021 ވަނަ އަހަރުން ފެށިގެން ހަލުއިކަމާއެކު މި ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރަމުން އައިނަމަވެސް، މި އަހަރަށްފަހު މި ސިނާއަތް މި ވަނީ އާންމު ހާލަތަށް ރުޖޫއަވެފައި ކަމަށެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ޔޫރަޕުގެ މާކެޓުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު، ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދަށްވެފައިވާކަން ފާހަގަކުރެވޭތީ އަންނަ އަހަރުގެ ތެރޭގައިވެސް ޔޫރަޕުގެ މާކެޓުތަކުން އިތުރު ކުރިއެރުންތަކެއް ފެނިދާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޗައިނާގެ އިތުރު ތިން އެއަރލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާތީ، ޗައިނާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލް 2025 ވަނަ އަހަރުގެ ތެރޭގައި އޮޕަރޭޓްކުރަން ފަށައި، ކުރީގެ އަހަރުތަކާ އަޅައިބަލާއިރު، މެދު ރާސްތާގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާ މިންވަރު، އާންމު މިންވަރަށްވުރެ ދެގުނަ މަތިވާނެކަމަށް ލަފާކުރެވެއެވެ. އެގޮތުން، 2025 ވަަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަންނާނެކަމަށް ލަފާކުރެވޭ މި ކުރިއެރުމާއެކު، 2026 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ.

ބަޖެޓުގައި ބުނެފައިވަނީ ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަނީ މެދުރާސްތާގައި އިތުރުވަމުން ކަމަށެވެ. އަދި މިއާއެކު، ބެޑްނައިޓްސް ކުރިއަރާ މިންވަރާ ދާދި އެއްވަރެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ވެސް މެދުރާސްތާގައި އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްރާއްޖޭގެ ފަތުރުވެރިކަންދައުލަތުގެ ބަޖެޓް 2024

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު