Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ޝަހްސު އޮޅުވާލީ ޕީއޭއިން އައިސް ތިބި މީހުން، ފާރިސްއެއް ނޫން: މައުމޫން

23 ޖުލައި 2017 | އާދީއްތަ 18:19

"ޕީޕީއެމް ވަނީ ޕީއޭ ކިޔާ ބަޔަކު އައިސް ހައިޖެކް ކޮށްފައި"

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 ޖުލައި 2017 | އާދީއްތަ 18:19
ރައީސް މައުމޫން އަބްދުލް ގައްޔޫމް

ރައީސް މައުމޫން އަބްދުލް ގައްޔޫމް

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދާއިރު، ޝަހްސު އޮވާލީ ފާރިސްއެއް ނޫން ކަމަށާއި ޕީޕީއެމްގައި ތިއްބެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ މީހުން ކަމަށް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ "ޕީއޭ ވަނީ ޕީޕީއެމް ހައިޖެކްކޮށްފައި" ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ މެމްބަރުން ޕީޕީއެމްގެ މެމްބަރުން ކަމަށް ހެދިގެން ޕާޓީގެ ތެރެއަށް ވަދެ، މަޖިލީހުން ގޮނޑިވެސް ހޯދާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެ ބޭފުޅުން އަމަލުކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފަށް ކަމަށެވެ.

" އަޅުގަނޑަށް ހީވަނީ، ޝަހްސު އޮޅުވާލުމުގެ ތުހުމަތު، އޮޅުވާލެއްވީ އެބޭފުޅުންހެން. ޝަހްސު އޮޅުވާލައިގެން،ހަގީގަތް ފޮރުވައިގެން، އެހެން ސިފައެއް ޖެހިގެން، އެހެން ގަމީހެއް ލައްވައިގެން، އެހެން ހެދުމެއް ތުރުކުރައްވައިގެން ވަޑައިގެން ރައްޔިތުންގެ ކުރިމަތީގައި ޕީޕީއެމްއޭ ކިޔައިގެން އެންމެންގެ ސަޕޯޓް ހޯއްދަވާ، ގޮނޑި ކާމިޔާބު ކުރުމަށްފަހު މިހާރު ވަނީ އަސްލަށް ރުޖޫއަވެފަ." ރައީސް މައުމޫން ވިދާޅުވި އެވެ.

އެހެންވެ، ޝަހްސު އޮޅުވާލުމުގެ ދައުވާ ކުރަންވީ ޕީޕީއެމްގައި ތިބި ޕީއޭ މީހުންނަށް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

"ޝަހްސު އޮޅުވާލި ބަޔަކީ އެއީ، ފާރިސް މައުމޫނެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކުނޫޒުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނަށް ޕީޕީއެމްގެ ރައީސޭ މުހާތަބު ކުރެއްވި ބޭފުޅާއަށް ވެސް ޝަހްސު އޮޅުވާލުމުގެ ދައުވާ ކުރުން އެކަށީގެންވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނަކީ ބޮޑު އަޣުލަބިއްޔަތާއެކު ޕީޕީއެމްގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. ޕީޕީއެމްގެ ރައީސް ކަމުން ވަކިވާނެފަދަ އެއްވެސް އަމަލެއް ހިންގާފަނުވާނެ ކަމަށާއި އެފަދަ ފިޔަވަޅެއްވެސް އެޅިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް އެމަނިކުފާނަށް "ޕީޕީއެމްގެ ރައީސް" އޭ ގޮވައިފި ނަމަ، ޝަހްސު އޮޅުވާލިކަމަށް ނިންމާފާނެ ކަމަށެވެ.

މިއަދު އެކަން ކުރިމަތިވެގެން އުޅެނީ ފާރިސް ކަަމަށް ބުނެ ޕީޕީއެމް އުފެއްދުމުގައި ފާރިސް އެންމެ އިސް ސަފުގައި ކުރެއްވި މަސައްކަތްތައް ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.

" ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަކީ، ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެކަކު. އިލެކްޝަންސް ކޮމިޝަނަށް ފުރަތަމަ 50 މެންބަރުންގެ ސޮޔާއި އެކު ދިޔައީވެސް ފާރިސް މައުމޫން. އެންމެ ފުރަތަމަ ޕީޕީއެމްގެ މުއައްސިސުގެ ގޮތުގައިވެސް ރަޖިސްޓްރީ ކޮށްފައިވަނީ ފާރިސް މައުމޫން." ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ފާރިސްއާމެދު އަމަލުކުރަމުން ގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް