Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

މެސީގެ ތާރީޚީ ކާމިޔާބީ އިންޓަ މިއާމީގެ ކުޅުންތެރިން ފާހަގަކޮށްފި

އިންޓަ މިއާމީގެ ކޯޗާއި، ކޯޗިން އޮފިޝަލުންގެ އިތުރުން ކުޅުންތެރިން ހިމެނޭހެން ވަނީ މެސީ އަށް މަރުޙަބާ ކިޔައި، ހިތްވަރު ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ނޮވެމްބަރު 2023 | ބުދަ 02:29
އިންޓަ މިއާމީގެ ކުޅުންތެރިން މެސީ އަށް މަރުޙަބާ ކިޔަނީ

އިންޓަ މިއާމީގެ ކުޅުންތެރިން މެސީ އަށް މަރުޙަބާ ކިޔަނީ

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދި ތާރީޚީ ކާމިޔާބީ، އިންޓަ މިއާމީގެ ކުޅުންތެރިން ފާހަގަކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ މެސީ ވަނީ، ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ އެވޯޑު އަށް ވަނަ ފަހަރަށް ޙާސިލްކޮށްފަ އެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ އަށް ލިބުނު ޚާއްސަ ޝަރަފެކެވެ. މެސީ އަކީ އެންމެ ގިނަ އިން ބެލޮންޑިއޯ އެވޯޑު ހާސިލް ކުރި ކުޅުންތެރިޔާ އެވެ.

ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މެސީ އަށް ބެލޮންޑިއޯ އެވޯޑު ހަވާލު ކުރީ އޭނާ ކުޅެމުން އަންނަ އިންޓަ މިއާމީގެ އެއް ހިއްސާދާރު ކަމަށްވާ، އިންގްލެންޑުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ. އެ ރަސްމިއްޔާތަށްފަހު އަންގާރަ ދުވަހު މެސީ ވަނީ އެނބުރި މިއާމީ އަށް އައިސްފަ އެވެ. އެއާއެކު އިންޓަ މިއާމީގެ ކުޅުންތެރިން ވަނީ މެސީ އަށް ހޫނު މަރުޙަބާއެއް ކިޔައިފަ އެވެ. އިންޓަ މިއާމީގެ ކޯޗާއި، ކޯޗިން އޮފިޝަލުންގެ އިތުރުން ކުޅުންތެރިން ހިމެނޭހެން ވަނީ މެސީ އަށް މަރުޙަބާ ކިޔައި، ހިތްވަރު ދީފަ އެވެ. އަދި އަށް ނަންބަރު ދައްކުވައިދޭ ނިޝާނެއްގައި ކުޅުންތެރިން ވަނީ ސޮއި ކޮށްފަ އެވެ.

މެސީގެ ކާމިޔާބީ އިންޓަ މިއާމީގެ ކުޅުންތެރިން ފާހަގަކޮށްފައިވާއިރު، އެ ކާމިޔާބީ ކުލަބުގެ ފަރާތުން ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް ބެކަމް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އިންޓަ މިއާމީގައި މެސީ ހުއްޓާ އޭނާ އަށް ބެލޮންޑިއޯ އެވޯޑު ލިބުމަކީ ވަރަށް ޚާއްސަ ޝަރަފެއް ކަމަށެވެ.

މެސީ ވަނީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023 ގައި ބެލޮންޑިއޯ ހާސިލްކޮށްފަ އެވެ. މިއަހަރުގެ ބެލޮންޑިއޯ އެވޯޑު މެސީ ހާސިލްކުރީ ސްޕެއިންގެ ރޮޑްރީ، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ، ނޯވޭގެ އާލިން ހާލަންޑް، އަދި ފްރާންސްގެ ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ.

ބަލޮންޑޯ އެވޯޑްއިންޓަ މިއާމީލިއޮނެލް މެސީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
08 ސެޕްޓެމްބަރު 2025

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
21 އޯގަސްޓު 2025

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

21 އޯގަސްޓު 2025
ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު