Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ ރައުޔު ފޯރަމް

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ދިއްދޫގައި ކުރިއަށް ގެންގޮސްފި

ހއ. އަތޮޅުގެ 13 ސްކޫލަކުން ޖުމްލަ 101 ކުދިން ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2023 | އަންގާރަ 09:18
ކުޑަކުދިންގެ ރައުޔު ފޯރަމްގެ ތެރެއިން

ކުޑަކުދިންގެ ރައުޔު ފޯރަމްގެ ތެރެއިން

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހއ.ދިއްދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ހއ. ދިއްދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތްތައް ފެށިގެން ދިޔައީ 26 އޮކްޓޫބަރު 2023 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ސެޝަނަކުންނެވެ. މި ސެޝަންގައި "ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި، ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުމާގުޅޭ މަޢުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދެވުނެވެ. އަދި ކުއްޖެއްގެ ޙައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓް ކުރާނެ ފަރާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ "ކުދިންގެ ރައުޔު" ސިލްސިލާގެ ހަތްވަނަ ފޯރަމް ވަނީ 28 އޮކްޓޫބަރު 2023 ގައި ހއ. އަތޮޅު ތައުލީމީ މަޒުކަޒުގައި ބާއްވާފައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި ހއ. އަތޮޅުގެ 13 ސްކޫލަކުން ޖުމްލަ 101 ކުދިން ބައިވެރިވިއެވެ. ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ.

މި ފަހަރުގެ ފޯރަމްގައިވެސް ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ފޯރަމްގައި ބައިވެރިވި ކުދިންވަނީ އެކުދިން އަނބުރާ ސްކޫލަށްގޮސް، ފޯރަމްއިން ދަސްވި މައުލޫމާތު އެހެން ކުދިންނަށް އަންގައިދިނުމުގެ ގޮތުން ކުރާނެ ކަންކަމުގެ އެކްޝަން ޕްލޭންއެއް އެކުލަވާލާފައެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕަރސަންހއ.ދިއްދޫ

އިތުރަށް ކިޔާލަން

15 އެޕްރީލު 2025

ބެލެނިވެރިންނަށް ނާންގާ އިސްކަންދަރު ސްކޫލުގެ 2 ޓީޗަރަކު ދަރިވަރުންތަކެއްގެ ބޮލާއި ތުނބުޅި މަތިމަސް ކޮށާލައިފި

15 އެޕްރީލު 2025
ބެލެނިވެރިންނަށް ނާންގާ އިސްކަންދަރު ސްކޫލުގެ 2 ޓީޗަރަކު ދަރިވަރުންތަކެއްގެ ބޮލާއި ތުނބުޅި މަތިމަސް ކޮށާލައިފި
30 ޖެނުއަރީ 2025

ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

30 ޖެނުއަރީ 2025
ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ
28 ޖެނުއަރީ 2025

ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖެނުއަރީ 2025
ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް
27 ޖެނުއަރީ 2025

ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި

27 ޖެނުއަރީ 2025
ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި
27 ޖެނުއަރީ 2025

އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!

27 ޖެނުއަރީ 2025
އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު