Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް

ނެޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ބާއްވައިފި

މި ކޮންފަރެންސުގައި މައިގަނޑު 5 މައުލޫއަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމާއި، ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޮކްޓޯބަރު 2023 | ހޯމަ 10:18
ނެޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސުގެ ބައިވެރިން

ނެޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސުގެ ބައިވެރިން

ނެޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2023 ބާއްވައިފިއެވެ.

މި ކޮންފަރެންސަކީ ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ)އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ބޭއްވި ކޮންފަރެންސެކެވެ. މިއީ މަސައްކަތުގެ މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް، މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އެޗްޕީއޭ އަދި އެމްއޭސީއެލް ގުޅިގެން ބޭއްވި މިފަދަ ފުރަތަމަ ކޮންފަރެންސެވެ.

މި ކޮންފަރެންސުގެ މަގުސަދަކީ، ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު އަދި ޕްރައިވެޓް ކުންފުނިތަކުގެ ދައުރާއި، މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް މިހާރު ކުރެވެމުންދާ މުހިންމު މަސައްކަތްތައް ހިއްސާ ކުރުމެވެ. މީގެ އިތުރުން ސްޓޭކް ހޯލްޑަރުންނާއި، އެންޖީއޯތަކާއި، އަމިއްލަ ފަރާތްތައް އެއްތަނަކަށް އެއްވެ، ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް އެކުލަވާލާ އުސޫލުތަކަށް އެފަރާތްތަކުގެ ޚިޔާލާއި ތަޖުރިބާ ހިއްސާކުރުމެވެ.

މި ކޮންފަރެންސުގައި މައިގަނޑު 5 މައުލޫއަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންދެވުނެވެ. އޭގެތެރޭގައި، މަސައްކަތުގެ ސްޓްރެސްގެ ސަބަބުން ސިއްހަތަށް ކުރާ އަސަރާއި، ސްޓްރެސް މެނޭޖްކުރާނެ ގޮތާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓް/އަނިޔާތަކުން ރައްކާތެރިވުންފަދަ މައުލޫތައް ހިމެނެއެވެ. އަދި ކުންފުނިތަކުން މަސައްކަތު މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ ރަނގަޅު މަސައްކަތްތައް، ބައިވެރިންނާ ހިއްސާކޮށް، މައުލޫމާތު ބަދަލުކޮށްފައިވެއެވެ.

މި ކޮންފަރެންސުގައި ޕެނަލިސްޓުންގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތު، އެމްއޭސީއެލް، މަސީ، އަދި ޕީއައިއެލްސީން ބައިވެރިވިއެވެ. މީގެ އިތުރުންވެސް މި ކޮންފަރެންސުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ތަންތަނުން ބައިވެރިވިއެވެ.

ނެޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސްހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
16 ޑިސެމްބަރު 2024

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

16 ޑިސެމްބަރު 2024
2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ
30 އޯގަސްޓު 2024

މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް

30 އޯގަސްޓު 2024
މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު